39 ވަނަ އަހަރީ ދުވަހުގެ އުފާވެރި ތަހުނިޔާ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 39 ވަނަ އަހަރީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަޙްމަދިއްޔާގެ އެންމެހާ ދަރިވަރުންނާއި ބެލެނިވެރިންނާއި ހީވާގި މުދައްރިސުންނަށާއި މުވައްޒަފުންނަށް ދަންނަވަމެވެ.

މީގެ 39 އަހަރު ކުރިން މިދުވަހު، 21 ފެބްރުއަރީގައި ހުޅުވުނު މި ތަޢުލީމީ ހިޔާވަހި، މިއަދާ ހަމައަށް މާތްﷲގެ ރަހުމަތުން ކުރިއަރާ ތަޢުލީމީ ކާމިޔާބީތައް ހޯދަމުންދާކަމީ އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރާކަމެވެ.

އަހްމަދިއްޔާ މިއަދު މިވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ސްކޫލްތަކުގެ ތެރޭގައި ފައިތިލަ ސާބިތުކޮށްފައެވެ. ތަޢުލީމީ ނާރެހުގައި ބަލާލި ކޮންމެ ދިމާއެއްގައި އަހްމަދިއްޔާގެ ވިދުންގަދަ ކުލަ ބަބުޅަ ބަބުޅާ އެބަހުއްޓެވެ. މިއީ އަޅުގަނޑުމެން އެންމެން މިއަދު އިއްތިފާގުވާ ހަގީގަތެކެވެ. އަދި މިއީ މުޅި އަޙްމަދިއްޔާގެ އާއިލާ ފަޚުރުވެރިވެ އުފާކުރާކަމެއްވެސް މެއެވެ.

39 ވަނަ އަހަރީ ދުވަހާ އަޅުގަނޑުމެން ކުރިމަތިލީއިރު، މުޅިދުނިޔެ މިވަނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައެވެ. އާދެ، ކޮވިޑް 19ގެ ބަލިމަޑު ކަމުގައި ކިޔަވައިދިނުމުގައި ގޮންޖެހުންތައް ކުރިމަތިވެ، ދަރިވަރުންގެ އެހެން ހުރިހާ ޙަރަކާތްތަކެއް ހުއްޓާލަން ޖެހިފައެވެ. މީގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައެވެ. ކިޔެވުމުގެ ބޭރުން ހިންގާ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތުން ދަރިވަރުންވަނީ މަޙްރޫމް ވެފައެވެ. މިއީ، މީން ޒަމާނެއްގައި އަޅުގަނޑުމެން ދެކުނު ކަމެއްނޫނެވެ. އުފާވެރި ސްކޫލް މާޙައުލު ކޮވިޑް 19 ގެ ސަބަބުންވަނީ މާޔޫސްވެފައެވެ.

އާދެ، ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ އެތަކެއް ޢިބުރަތެއް ވާނެއެވެ. އެހެންކަމުން މިކަމުންވެސް އަޅުގަނޑުމެން މިއަދު ޢިބްރަތް ހާޞިލްކޮށް ކަންކަން ދަސްކުރަން ޖެހޭނެއެވެ. ޒިންމާދާރުވެ، ނަމޫނާ ދައްކަން ދަސްކުރަންވާނެއެވެ.

މިއަދު ފާހަގަކުރާ އަހަރީ ދުވަސް އެހެން އަހަރުތަކުގައި ފާހަގަ ކުރެވުނު އުފާވެރިކަމާ އެންމެންގެ ބައިވެރިވުން ނެތްކަމުގައި ވިޔަސް، މިއަދަކީ ހަމަ އެފަދަ އުފާވެރި ދުވަހެކެވެ. އަޅުގަނޑުމެން އެންމެން މިއަދު މިއުފަލުގައި ބައިވެރިވަމާތޯއެވެ.

އަޙްމަދިއްޔާގެ ނަމަކީ މިއަދު އާނަމެއްނޫނެވެ. މިދިވެހި ގައުމުގައި ފަރިތަ މަޝްހޫރު ނަމެކެވެ. މިފަދަ މަޝްހޫރު ތަނަކަށް އަޙްމަދިއްޔާ ވެގެންދިޔައީ އެތައް ބައެއްގެ ގުރުބާނީއާއި ހިތްވަރުގަދަ ބުރަ މަސައްކަތުންނެވެ. ވުމާއެކު އަޙްމަދިއްޔާގެ މިއުފާވެރި އަހަރީ ދުވަހުގެ ތަހުނިޔާ ސްކޫލްގެ ޕްރިނަސިޕަލްކަން ކުރައްވާފައިވާ ބޭފުޅުންނަށާއި މިސްކޫލްގެ އިސް މަގާމްތައް ފުރުއްވާފައިވާ އެންމެހާ ބޭފުޅުންނަށާއި އަދި މިސްކޫލަށް އެކިގޮތްގޮތުން ޚިދްމަތް ކުރައްވާފައިވާ ފަރާތްތަކަށް ދަންނަވާލުމަކީ އަޅުގަނޑަށް ލިބޭ މަތިވެރި ޝަރަފެކެވެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެން މިކުރާ މަތިވެރި މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް އަބަދުވެސް އެކަލާންގެ މަތިވެރި ނިޢުމަތް މިންވަރުކޮށް ކާމިޔާބު ލިބިލިބި ހުރުމެވެ.

7 Responses

  1. އަޙްމަދިއްޔާގެ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ބޭފުޅުންނަށް އަރިސްކުުރަަން

  2. Ahmadhiyyaa schoolge 39 vanaharee dhuvahuge thahniyaa schoolge enmmehaa muvahzzafun adhi
    mudhahrrisunnah ariskuran

  3. އަޙްމަދިއްޔާ 39 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެންމެހާ މުދައްރިސުންނާއި ދަރިވަރުންނަށް ފޮނުވަމެވެ.

  4. އަހަރީ ދުވަހުގެ ތަހުނިޔާ ޕްރިންސިޕަލަށާއި ހުރިހާ ޓީޗަރުންނަށް ފޮނުވަމެވެ.

  5. Ahmadhiyya in kiyevi adgi kiyavamundhaa hurihaa dharivarunnaai teacherunnah aharee dhuvahuge thahuniyaa fonuvameve.

  6. Thahuniyaa Principal ah. Thi ee alhugaduge loabivaa principal eve. Alhugadu meehakah hadhaidhinee Ahmadhiyya eve.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *