މިއަދަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 39 ވަނަ އަހަރީ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް އަހަރީ ދުވަސް އަޙްމަދިއްޔާ ގައި ފާހަގަ ކުރަނީ ވަރަށް ކުލަގަދަ ގޮތެއްގައެވެ. އަދި ކާމިޔާބު އެތައް ހަރަކާތްތަކެއް ކޮންމެ އަހަރަކުވެސް ހިންގައެވެ. މިއަހަރުގެ އަހަރީ ދުވަހު ކުރަން ރޭވިފައިހުރި ހަރަކާތްތަކާ ގުޅޭގޮތުން "އަޙްމަދިއްޔާ 1982″ އޮންލައިން ނޫހުގެ ފަރާތުން ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާ ބައްދަލުކޮށް މަޢުލޫމާތު އޮޅުންފިލުވީމެވެ.
މިއަދު މިފާހަގަކުރެވެނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 39 ވަނަ އަހަރީ ދުވަސް. އަހަރީ ދުވަހާއި ގުޅިގެން ކޮންކަހަލަ އިޙްސާސް ތަކެއްތޯ ފާޅު ކުރެވެނީ.
މިއަހަރުގެ އަހަރީދުވަސް ހަގީގަތުގައި އަޅުގަނޑުމެންނާ ކުރިމަތިލީ މުޅި ދުނިޔެއަށްވެސް ކޮވިޑް 19 ގެ ބަލިމަޑުކަން އޮތް ދުވަސްވަރެއް ކަމުގައިވާތީ އަޅުގަނޑުމެން 39 ވަނަ އަހަރުގެ އަހަރީދުވަސް ފާހަގަކުރަން ބޭނުންވާ ކުލަގަދަކޮށް މިއަހަރު ފާހަގަ ކުރެވެން ނެތްކަން އަޅުގަނޑު ވަރަށް ހިތާމައާއެކު ފާހަގަކުރަން. ވޭތުވެދިޔަ އަހަރުގެ އަހަރީ ދުވަސް އަޅުގަނޑުމެން ނިންމާލީ މިއަހަރު 39 ވަނަ އަހަރީ ދުވަސް އެއަށްވުރެ ކުލަގަދަ ކޮށް ފާހަގަ ކުރުމުގެ ނިޔަތުގައި. އެހެންނަމަވެސް ވޭތުވެދިޔަ 2020 ވެސް މިދިޔައީ އަހަރީ ދުވަހަށްފަހު. އަޅުގަނޑުމެން ސްކޫލުން އުއްމީދުކުރި ގޮތަކަށްނޫން. ހަމަ އަޅުގަނޑު ކުރިން ފާހަގަ ކުރިހެން ކޮވިޑް 19ގެ ސަބަބުން ސްކޫލްގައި ޢާއްމު ގޮތެއްގައި ހިންގާ ހުރިހާ ހަރަކާތެއްވެސްވަނީ ހުއްޓާލެވިފައި. ހަމަ 2020ގެ އަހަރުގެ ހަދާންތަކުގެ ތެރޭގައި ހަމަ އަޅުގަނޑުމެންނާ އަނެއްކާ 39ވަނަ އަހަރީދުވަސް ވެސް މި ކުރިމަތިލީ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މިއަހަރުގެ އަހަރީ ދުވަސް ކޮންގޮތަކަށްތޯ ފާހަގަ ކުރައްވަނީ؟
އަހަރީ ދުވަހަކީ ކޮންމެ އަހަރަކު އެއްފަހަރު އަންނަ ދުވަހެއްކަމަށްވާތީ އަދި ކޮވިޑްގެ ބަލިމަޑުކަން އަދި މިވަގުތު އޮތް ކަމުގައިވިޔަސް އެޗްޕީއޭ އާ އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވާލާފައިވާ އުސޫލްތަކުގެ ތެރެއިން ކޮންމެވެސް ވަރަކަށް 21 ފެބްރުއަރީ ވާ އާދީއްތަ ދުވަހުގެ ހެނދުނު ސްކޫލްގައި އަޅުގަނޑުމެން ކުޑަކުޑަ ރަސްމިއްޔާތެއް ކުރިއަށް ގެންދާނަން. އެއީ، އެޗްޕީއޭ އާ އަދި އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަޅުއްވަން އަންގަވާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް . އެއީ ކުޑަ އެސެމްބްލީ އެއް. އަދި އެއެސްބްލީގައި ހަމައަޅުގަނޑު ކޮންމެވެސް ވަރަކަށް ދުވަހާ ގުޅޭ ގޮތުން ކޮންމެވެސް ކަހަލަ މެސެޖެއް ދަރިވަރުންނަށާއި މުދައްރިސުންނަށާއި އަދި ސްކޫލަށް ދޭނަން އަދި ހަމައެއާ އެކީގައި ރަސްމީ ގޮތެއްގައި ސްކޫލްގެ ދިދަ ނެގުން އޮންނާނެ. މާ ބޮޑު ހަރަކާތްތަކެއް އަޅުގަނޑުމެންނަށް ނުބޭއްވުނަސް އަހަރީ ދުވަސް އެއީ ކޮން ދުވަހެއްކަން ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މި ހުރިހާ ފަރާތް ތަކަށް ވެސް އިހުސާސްވާގޮތަށް އަޅުގަނޑުމެން ސޯޝަލް މީޑިއާއަށް އަދި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން އަހަރީދުވަސް ޕްރޮމޯޓް ކުރުމުގެ މަސައްކަތްތަކެއް ކުރާނީ.
ކުރީއަހަރުތަކޭ އެއްގޮތަށް މިފަހަރު އާކަންތަންތަކެއް ތަޢާރަފް ކުރައްވަންތޯ؟
މިފަހަރު ޖުމްލަގޮތެއްގައި އާކަމެއް އަޅުގަނޑުމެން ތަޢާރަފެއް ނުކުރަން. އެހެންނަމަވެސް އަޅުގަނޑުމެން މިފަހަރު ތަޢާރަފް ކުރަމުން އައި އެއްކަމެއް މިސްކޫލްގެ ކާމިޔާބީތައް ފާހަގަކޮށްދޭ ޚާއްޞަ ގެލެރީއެއް ހުޅުވުން. އެހެން ނަމަވެސް ކަންދިމާކުރިގޮތުން އަޅުގަނޑުމެންގެ ބައެއް މުއައްޒަފުންނާއި އަދި އެކަމާ ގުޅުންހުރި ބައެއް ފަރާތްތައް މިވަގުތު ކަރަންޓީނުގައިވެސް ތިބުމާއެކީގައި އެގެލެރީ ހުޅުވުންވެސް އަޅުގަނޑުމެން ކުޑަތަންކޮޅެއް ލަސްކޮށްލާފައި އެއޮތީ. އެންމެ ޚާއްސަ އެއް އިވެންޓެއްގެ ގޮތުގައި އަހްމަދިއްޔާ 21 ފެބްރުއަރީ 1982 ން 21 ފެބްރުއަރީ 2021 އަށް ދަތުރުކުރި އިރުގައި، އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން އެގެލެރީ ހުޅުވުން އަޅުގަނޑުމެން އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައިބެލީ. އެހެންނަމަވެސް މިކަމާގުޅިގެން އަޅުގަނޑުމެންނަށް އިތުރަށް އެހެންކަމެއް ނުބެއްވޭތީ ގެލެރީވެސް މިވަގުތު ހުޅުވުން ކުޑަ ތަންކޮޅެއް ފަސްކޮށްލާފައިއެއޮތީ.

39 އަހަރުގެ ތެރޭގައި އަޙްމަދިއްޔާއަށް ލިބުނު އެންމެ ބޮޑުކާމިޔާބީ ތަކެއްގެ ގޮތުގައިފާހަގަ ކުރައްވާ ކަންތައްތަކަކީ ކޮބައިތޯ؟
އަހްމަދިއްޔާގެ 39 ވަނައަހަރާ ހަމައަށް އަޅުގަނޑުމެން މިކުރިމަތިލީ އިރުގައި ސްކޫލަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އަޙްމަދިއްޔާ، އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވުން. އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަދި ހަމައެއާއެކީގައި އަޙްމަދިއްޔާ ފެށިގެން މިހާހިސާބަށް އައި އިރުގައި އަޙްމަދިއްޔާ ތަރައްގީކުރެވިފައި މިއޮތް މިންވަރު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. ސަބަބަކީ، އަޙްމަދިއްޔާއަކީ މިހާރު ނާސަރީން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލެއް. އެއީ ރާއްޖޭގައި މަދުވާނެ އަދި ޚާއްޞަކޮށް މާލޭގައި މިވަގުތަކު ނެތް ނާސަރީން ފެށިގެން ގްރޭޑް 12 އާ ހަމައަށް ހުރިހާ ގްރޭޑެއްގައި ކިޔަވައިދޭ ސްކޫލެއް. އެއީ ވަރަށްބޮޑު މައިލްސްޓޯންއެއް ހަގީގަތުގައި. އަޙްމަދިއްޔާގެ މިކާމިޔާބީގެ ތެރޭގައި ފާހަގަ ކޮށްލަން. އެއީ މިވަގުތު މާލޭގައިހުރި އެންމެ ބޮޑު އެއް ސްކޫލެއްގެ ގޮތުގައި އަޙްމަދިއްޔާ ފާހަގަވެގެން ދިއުން. އެއީ ނާސަރީން ފެށިގެން ގްރޭޑް 12 އަށް ހުރިހާ ގްރޭޑަކަށް ކިޔަވައިދޭ ސްކޫލަކަށް ވެގެންދިޔުން. އެއީ އެއް ކަންތައް. އަނެއް ކަމަކީ އަޅުގަނޑުމެންގެ ސްކޫލްގެ ކާމިޔާބީތައް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި މިހާތަނަށްވެސް އަހަރުން އަހަރަށް އަޅުގަނޑުމެންނަށް މި ލިބެމުންމިދާ ކުރިއެރުން އަދި ސްކޫލާ ދޭތެރޭގައި އާއްމުން ދެކޭގޮތް، އެތަސައްވުރު ދުވަހެއް ދުވަހަކަށް ވުރެ ރަނގަޅުވެގެން ދިއުން. ހަގީގަތުގައި މިހާ ހިސާބަށް އައި އިރުގައި އަޅުގަނޑަށް ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ކާމިޔާބީ ނޫނީ ކާމިޔާބީތައް. ހަމަމިއާއެކީގައި ވޭތިވެދިޔަ 2019 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނުގެ ނަތީޖާއަށް ބަލާލާ ކަމަށް ވަންޏާ އަހްމަދިއްޔާގެ ތާރީޚުގައި މިހާތަނަށް އަޅުގަޑުމެންނަށް ލިބުނު އެންމެ މޮޅު އެއް ނަތީޖާ. އެއީ އޯލެވެލްގެ ކުރައިޓީރިޔާ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެގެންނެވި ބަދަލުތަކާއެކީގައި މިފަހަކަށް އައިސް އަޙްމަދިއްޔާއިން ހޯދި އެންމެ މުހިއްމު އެއް ކާމިޔާބީ. އެއީ 50 ކުދިން ނެޝެނަލް ޓޮޕް ޓެން ގައި ހިމެނިފައި އަދި ހަމަ އެއާއެކީގައި އަޙްމަދިއްޔާގެ 3 ދަރިވަރަކު 8 މާއްދާއިން އޭ ސްޓާރ ހޯދައިގެން މުޅި ރާއްޖެއިން 1 ވަނަ ހާޞިލް ކޮށްފައި އޮތުން. އެއީ މިހާތަނަށް އަޅުގަނޑަށް މިފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ކާމިޔާބީ. އެހެންވީމާ އަޙްމަދިއްޔާގެ އަމާޒަކީ އިރާދަކުރެއްވިއްޔާ އަޙްމަދިއްޔާއިން ކިޔަވާ ކޮންމެ ކުއްޖަކީވެސް އަޙްމަދިއްޔާގެ ދޮރޯށީން ނުކުމެގެންދާއިރު މިފަދަ ކުލަގަދަ ކާމިޔާބީތަކެއް ހޯދައިގެން ތަޢުލީމީ ގޮތުންނާއި އަދި އުފެއްދުންތެރިކަމުގެ ގޮތުން މޮޅެތި ދަރިވަރުންތަކަކަށް ވެގެންދިޔުން.

ވޭތުވެ ދިޔަ ތަނުގައި ކުރިމަތިވި ގޮންޖެހުން ތަކަކީ ކޮބައިތޯ؟
ސްކޫލްގެ އެންމެ ބޮޑު އެއްގޮންޖެހުމަކީ ސްކޫލަކީ އަޅުގަނޑު ދެންނެވި ފަދައިން ނާސަރީއިން ފެށިގެން 12 އަށް ކިޔަވައިދޭ ސްކޫލަކަށްވެފައި ސްކޫލްގެ އާބާދީ ކިތަންމެ ބޮޑަސް ސްކޫލްގެ ޖާގައިގެ ދަތިކަން މިއީ އެންމެބޮޑު އެއް ގޮންޖެހުމަކީ. އެހެންވީމާ ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ވާހަކައަކީ އަޅުގަނޑު ހަމަ ތަކުރާރުކޮށް ހަމަ އަބަދުވެސް ދައްކަމުންގެންދާ ވާހަކައެއް. އަދި ހަމަ އަޅުގަނޑުމެން މިއުޅެނީ އެކަމަށް އެދެވޭ ހައްލެއް ނުލިބިގެން. ދެން އަޅުގަނޑު އުއްމީދަކީ ހަމަ މިފަދަ ކޮންމެ މުނާސަބަތެއްގައި ވެސް މިކަހަލަ ވާހަކަތައް ދެކެވެމުން ދާއިރުގައި ސްކޫލްގެ ޖާގައާ ދޭތެރެގައި ކޮންމެވެސް ކަހަލަ ރަނގަޅުގޮތެއް މެދުވެރިވެގެން ދިޔުން. އަޅުގަނޑުގެ މިއިންޓަވިޔު ނޫނީ އަޅުގަނޑު މިދައްކާ ވާހަކަ އެހެން ބޭފުޅުންނާ ހަމައަށްވެސް އަދި އަޅުގަނޑުމެންގެ ސްކޫލަށް އެހީތެރިވެދެއްވާ އަދި އަޅުގަނޑުމެންގެ ސްކޫލާ ދޭތެރޭގައި ހެޔޮގޮތްގޮތަށް ވިސްނާ ވަޑައިގަންނަވާ އެންމެހާ ބޭފުޅުންނަށްވެސް އަޅުގަނޑު މިދަންނަވާ ވާހަކަ އަޑު އިވިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރަނީ. އެހެންވީމާ ސްކޫލްގެ ޖާގައަކީ ހަމަ ހަގީގަތުގައި މިވަގުތު މިސްކޫލަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން. މިސްކޫލަށް ތަނަވަސް ޖާގައެއް ލިބިއްޖިއްޔާ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މިހާރު މިހޯދާ ކާމިޔާބީގެ އިތުރުން ހަމަ ސަތޭކަ ޕަސެންޓް ކާމިޔާބީ އަޅުގަނޑުމެންގެ ސްކޫލަށް ލިބިގެންދާނެ. ސަބަބަކީ މިސްކޫލްގެ ތެރޭގައި ދަރިވަރުންނަށް ފޯރުކޮށްދެންޖެހޭ ފުރުޞަތުތައް ފޯރުކޮށް ދިނުމުގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގަ. މިހާރު މިސްކޫލްގައި އަޅުގަނޑުމެން މިގެންގުޅެނީ ހަމައެއްކުލާހުން ދަރިވަރުން ނިކުތީމާ އަނެއް ކުލާހަށް ވައްދާއުސޫލުން. އެހެންވީމާ އެކުލާސް ރޫމް ތަކުގައިހުރި ޖާގައިގެ ދަތިކަމާއި ކުދިން މިތާގެ އެތެރޭގައި ގެންގުޅެންޖެހޭލެއް ދަތިކަމުން އަޅުގަނޑުމެންނަށް މިހާރު ކުރެވެމުންދާ މަސައްކަތުގައި އިތުރު ކަންތައްތަކެއް ކުރެވޭކަށެއް ނެތް އިތުރު ޖާގައެއް ލިބިގެން ނޫނިއްޔާ. އުއްމީދަކީ މި ގޮންޖެހުން، ޖާގައިގެ ދަތިކަން ކައިރި މުސްތަގުބަލެއްގައި ހައްލުވެ އަޙްމަދިއްޔާ ވެސް ހަމަ ހިންދެމިލައިގެން ކުރިއަށްދެވޭނެކަހަލަ ގޮތެއް ފެނިގެންދިއުން.
ކޮބައިތޯ ކުރިމަގުގައި ސްކޫލްގެ ތަސައްވަރަކީ.
އަހްމަދިއްޔާގެ ކުރިމަގުގެ ތަސައްވަރަކީ ހަގީގަތުގައި އަހްމަދިއްޔާގެ އުފެދުމުގެ މައިގަނޑު އަސާސަކީ ތަޢުލީމް ޚިދްމަތެއްގެ ގޮތުގައި ފޯރުކޮށްދިނުން. އެހެންވީމާ އަހްމަދިއްޔާގެ މުސްތަގުބަލްގެ އަމާޒަކީވެސް ވީހާވެސް ގިނަ ދަރިވަރުންނަށް، ވީހާވެސް ގިނަ ފަރާތްތަކަކަށް އަޙްމަދިއްޔާއިން ތައުލީމް ވީހާވެސް ބޮޑަށް ފޯރުކޮށް ދެވޭނެ ނިޒާމެއް ގާއިމުކުރުން. ހަމައެއާއެކީގައި އަހްމަދިއްޔާއިން ދަރިވަރުވާ ކޮންމެ ކުއްޖަކީވެސް އެއީ ގައުމަށް ފައިދާހުރި ކުއްޖެއްގެ ގޮތުގައި ބިނާ ކުރެވި އެކުދިންގެ ފައިދާ މުޅި ދިވެހި ގައުމަށް ލިބިގެން ދިއުން. އުއްމީދު މިކުރަނީ އަހްމަދިއްޔާ އަކީ ތަޢުލީމީ ޖީލެއް ބިނާކުރާނޭ ސްކޫލަކަށް ވެގެންދިޔުން. ހަމައެއާއެކީގައި އަޙްމަދިއްޔާގެ ދަރިވަރުންނަކީ ރާއްޖޭގެ ކޮންމެ ދިމާއަކުންވެސް ފާހަގަކޮށްލެވޭ ފަދަ މޮޅެތި ދަރިވަރުންތަކެއްގެ ގޮތުގައި ފާހަގަވެގެން ދިޔުން.
މިއުފާވެރި މުނާސަބާތުގައި އިތުރަށް ފާހަކޮށްލާނެ ކަންތައްތަކަކީ ކޮބައިތޯ؟
މި އުފާވެރި އަހަރީ ދުވަހުގެ މުނާސަބަތުގައި އަޙްމަދިއްޔާއަށް މޮޅެތި އަދި ބޮޑެތި ކާމިޔާބީތައް ހޯއްދަވައިދެއްވާ އަހްމަދިއްޔާގެ ހީވާގި މުދައްރިސުންނަށާއި އަޙްމަދިއްޔާގެ ސީނިއަރ މެނޭޖްމެންޓްގައި މަސައްކަތް ކުރައްވާ އެންމެހައި އިސް ބޭފުޅުންނަށާއި އަޙްމަދިއްޔާގެ އިދާރީ އެންމެހައި ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި ހަމަ އެބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން އަޙްމަދިއްޔާގެ ކުރިމަގަށް އަޅުގަނޑު ބޭނުންވާ ވާހަކަ މިފުރުޞަތުގައި ދަންނަވާ އެބޭފުޅުން އަޙްމަދިއްޔާއަށްޓަކައި އެކޮށްދެއްވާ އަގުހުރި މަސައްކަތް އަޅުގަނޑު ފަށްފަށުން ފާހަގަކޮށް އެބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ އުއްމީދަކީ ހަމަ އަޅުގަޑުމެންނާއެކީގައި މިހާރުވެސް މިސްކޫލްގައި މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުންވެސް އަދި މުދައްރިސުންވެސް އަދި އެސްއެމްޓީ ގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންވެސް އަދި އިދާރީ މުވައްޒިފުންވެސް މިކަހަލަ އެކުވެރި މާހައުލެއްގައި ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނާ އެކީގައި އަޙްމަދިއްޔާ ކުރިއަށް ގެންދިއުމުގައި މަސައްކަތް ކުރެއްވުން. އެހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަން. އަދި އަޙްމަދިއްޔާ މިހާ ހިސާބަށް ގެނައުމުގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށްވެސް މިއުފާވެރި އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން.
ވަރަށް ބޮޑަށް ޝުކުރިއްޔާ!
6 Responses
އަޙްމަދިއްޔާ އަކީ އަބަދުވެސް ނަންބަރު1 ސްކޫލް.
ޕްރިންސިޕަލަކީ މުޙައްމަދު ރަޝީދަކީ ސްކޫލަށް ލިބޭ ކޮންމެ ރީތި ނަމެއްގެ މޭސް ތިރިޔާ. ރަޝީދު އަޙްމަދިއްޔާ ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފި
އަޙްމަދިއްޔާ އަކީ ވަރުގަދަ ފަހުލަވާނުންތަކެއް އަބަދުވެސް އުފައްދާ ސްކޫލެއް.
ވަރަށް ފުރިހަމަ އިންޓަވިޔުއެއް. ގިނަ މައުލޫމާތުތަކެއް ހާމަވެގެން ހިގައްޖެއެވެ. ރަޝީދު ސަރ އަކީ ހަމަ ބެސްޓެވެ.
އަޙްމިދިއްޔާ އިން ކިޔެވި ހުރިހާ ދަރިވަރުންނަކީވެސް ގައުމަށް ފައިދާހުރި ދަރިންތަކަކަށްވަނީ ހަދައި ދީފައެވެ. އަޚްލާގު ރަނގަޅު ދަރިންތަކެކެވެ. ޝުކުރިއްޔާ އަޙްމަދިއްޔާ!
ކާމިޔާބީއަކީ މަސައްކަތްކުރުވީމާ ލިބޭ އެއްޗެކެވެ. އަޙްމަދިއްޔާއިން ކާމިޔާބީ ހޯދާފައިވަނީ ގަދައަށް މަސައްކަތް ކޮށްގެންނެވެ.