އަޙްމަދިއްޔާގެ 39ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އަަހުމަދިއްޔާގެ 39ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްޞަ އެސެމްބްލީއަކާއެކު ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ކޮވިޑް19ގެ މިހާލަތުގެ ސަބަބުން ރަސްމީއްތާޔު ބާއްވާފައިވަނީ ގައިދުރުކަމަށް ސަލާމުކަން ދީގެންނެވެ. ގުރުއާނުގެ ބަރަކާތުން ފެށި މި ރަސްމިއްޔާތުގައި ސްކޫލުގެ ދިދަ ނަންގަވައިދެއްވީ ޕްރިންސިޕަލް މުހައްމަދު ރަޝީދާއި ސާނަވީ ކެޕްޓަން އަންޖަލް މުހައްމަދު އަގީލެވެ. އަދި ހައުސްތަކުގެ ދިދަ ނެގީ އެހައުސްއެއްގެ ކެޕްޓަނުންނެވެ.

ހައުސްތަކުގެ ދިދަ ނަގާދިނީ ހައުސްތަކުގެ ކެޕްޓަނުން

މި ރަސްމިއްޔާތުގައި ސްކޫލުގެ ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި އަޙްމަދިއްޔާގެ ހަޔާތުން  ފާއިތުވެގެން ގޮސްފައިވާ 39 އަހަރުގެ ތެރޭގައި ތަފާތު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ތައުލީމީ ރޮނގުންނާއި ކުޅިވަރުގެ ރޮގުން ހޯދާފައިވާ މަތިވެރި ކާމިޔަބީތައް ދެމެހެއްޓުމަށްޓަކައި ސްކޫލުގެ އެންމެހައި ބޭފުޅުން އަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި މިހާރު ހޯދިފައިވާ ކާމިޔާބީ އަށްވުރެ މަތީކާމިޔާބީ ތަކެއް ހޯދުމަށް ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރުމަށް ޕްރިންސިޕަލް ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ހަމައެހެންމެ ރާއްޖޭގެ އެހެން ސްކޫލް ތަކަށް ތަޢުލީމީ ގޮތުން ހޯދިފައިނެތް އެތައް ކާމިޔާބީތަކެއް ހޯދިފައިވާތީ އެކަން ހަނދާނަށްގެނެސް އެފަދަ ނަތީޖާތަކެއް ކުރިމަގުގައިވެސް ހޯދުމަށް ޢަޒުމް ކަނޑައެޅުމަށް ސްކޫލުގެ ޕްރިންސިޕަލް ވަނީ ގޮވާލައްވާފައެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު

މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހާލަތަށް އިޝާރަތްކުރައްވައި ޕްރިންސިޕަލް ރަޝީދު ވިދާޅުވީ ތަފާތުވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭ ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ އަވަސް މުސްތަޤްބަލެއްގައި ކުރިއެކޭ އެއްގޮތަށް އަޅުގަނޑުމެން ކުލާސްރޫމްތަކުގައި ދަރިވަރުންނާ ބައްދަލުކޮށް ކިޔަވައިދިނުން. އަދި އެހެންމެ ދަރިވަރުންގެ އިތުރު ޙަރަކާތްތައް ފެށިގެންދިއުން.  އަޙްމަދިއްޔާ އަބަދުވެސް މަސައްކަތްކުރާނީ ދަރިވަރުންގެ ކުރިއެރުމާއި ކާމިޔާބީއަށް.   މާތްﷲގެ ވާގިފުޅާއެކު މިސްކޫލަށް އިތުރު ކާމިޔާބު ހޯދައިދިނުމުގައި އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މިސްކޫލްގެ ބެލެނިވެރިންނަށް އަރުވަން. މިއުފާވެރި އަހަރީ ދުވަހުގެ ހެޔޮ އެދުމާއީ ތަޙްނިޔާ އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށްވެސް ދަންނަވަން." އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ޕްރިންސިޕަލްގެ އިތުރުން އަހްމަދިއްޔާގެ މަތީ ސާނަވީ ކެޕްޓަން، ގްރޭޑް 12 އެޗްގެ ދަރިވަރު މުހައްމަދު އަޔާޝް އަލީވެސް ވަނީ ދުވަހާ ގުޅޭގޮތުން ޝުއޫރުފާޅުކޮށްފައެވެ. އަދި މީގެ އިތުރުން އަހަރީ ދުވަހުގެ ޚާއްޞަ ކޭކު ފެޅުންވެސް އޮތެވެ. ކޭކު ފަޅުއްވާދެއްވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދެވެ.

އަހްމަދިއްޔާގެ ޕްރިންސިޕަލް އަހަރީ ކޭކު ފަޅުއްވައި ދެއްވަނީ

މި އެސެމްބްލީ ނިމިގެން ދިޔައީ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއަކުންނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިހާލަތުގައިވެސް އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރި ކަމަށް ފެނޭ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *