އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 7 ، 8 އަދި ގްރޭޑް 9ގެ ދަރިވަރުންނަށް މިޓާމުގެ ޔުނިޓް ޓެސްޓް ފެށިއްޖެއެވެ. ޔުނިޓް ޓެސްޓަކީ ކޮންމެ ޓާމެއްގެވެސް މިޑް-ޓާމް ބްރޭކްގެ ކުރިން ކިޔަވައިދެވޭ ބައިތަކުން ނެގޭ ޓެސްޓެކެވެ. އެގޮތުން މިއީ މިޓާމުގައި ނެގޭ ފުރަތަމަ ޔުނިޓް ޓެސްޓެވެ. ގްރޭޑް 7ގެ ދަރިވަރުންނަށް ޔުނިޓް ޓެސްޓު އޮންނާނީ 22 ފެބްރުއަރީން ފެށިގެން 2 މާޗްގެ ނިޔަލަށެވެ. ގްރޭޑް 8 އަދި 9ގެ ދަރިވަރުންނަށް ޔުނިޓް ޓެސްޓު އޮންނާނީ 22 ފެބްރުއަރީން ފެށިގެން 1މާޗުގެ ނިޔަލަށެވެ.
ހުރިހައި މާއްދާއަކުންވެސް ޓެސްޓު ނެގުމަށް ނިންމާފައިވާއިރު، ކޮންމެ ދުވަހަކު 2 ޓެސްޓު ނަގާގޮތަށް ވަނީ ޓައިމްޓޭބަލް ކުރެވިފައެވެ. އެގޮތުން ސެޝަންގެ ފެށޭ ގަޑީގައި އެދުވަހެއްގެ ފުރަތަމަ ޓެސްޓު ނަގާއިރު އެދުވަހުގެ ދެވަނަ ޓެސްޓު އޮންނާނީ ސެޝަންގެ ފަހު ޕީރިއެޑްގައެވެ. މިއީ ޔުނިޓް ޓެސްޓެއްކަމުން ހުރިހާ މާއްދާއަކުންވެސް ކަރުދާސް ތައްޔާރުކޮށްފައިވަނީ 35 މިނެޓާއި 40 މިނެޓަށް ފައްތައިގެންނެވެ.

ގްރޭޑް 7 ، 8 އަދި ގްރޭޑް 9ގެ ދަރިވަރުންނަށް މިއަދު ޔުނިޓް ޓެސްޓު ފެށިފައިވާއިރު، ޑީ.ޕީ.އީއިން އިންތިޒާމްކޮށްގެން ގްރޭޑް 10ގެ ދަރިވަރުންނަށް ކުރިއަށްގެންދާ އެސް.އެސް.ސީ ނަމޫނާ އިމްތިހާނުވެސް އިއްޔެ ވަނީ ފެށިފައެވެ.