އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސްކޫލް ބޯޑު ބައްދަލުވުމެއް އިއްޔެ ބާއްވައިފިއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ ބޯޑުގައި މައިގަނޑުގެ ގޮތެއްގައި މަޝްވަރާކުރެވުނީ، ސްކޫލްގެ ބައެއް މުހިއްމު މައްސަލަތަކާގުޅޭ ގޮތުންކަމުގައެވެ. އިއްޔެ ބޭއްވުނު ބައްދަލުވުމަކީ މިއަހަރުގެ 2 ވަނަ ބައްދަލުވުންކަމާއި މިބައްދަލުވުމުގައިވެސް ސްކޫލްގެ ބައެއް މުހިއްމު ކަންކަމާބެހޭގޮތުން ބޯޑުގައި މަޝްވަރާކުރެވި ގޮތްތަކެއް ނިމިފައިވާކަމުގައެވެ.

" މައިގަނޑު ގޮތެއްގައި ސްކޫލް ހިންގުމުގެ ބައެއްކަހަލަ ސިޔާސަތުތަކާއި އަދި ސްކޫލްގެ ފަރާތުން ބޯޑަށް ހުށަހަޅައިގެން ނިންމަންޖެހޭ ބައެއް މުހިއްމު ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނީ." ރަޝީދު ވިދާޅުވިއެވެ.
ސްކޫލްގެ ބޯޑު ބައްދަލުވުންތައް ޢާއްމުކޮށް އޮންނަނީ މަހަކު އެއްފަހަރުއެވެ. ރަޝީދު ވިދާޅުވީ ސްކޫލްގެ ޕްރިންސިޕަލް ބައެއް ކަންކަމާ ބޯޑާ މަޝްވަރާކުރަން ބޭނުންވެއްޖެ ހިނދެއްގައި މަހެއްގެ ތެރޭގައި ކިތައްމެ ގިނަ ބައްދަލުވުންތަކެއްވެސް ބޭއްވިދާނެކަމުގައެވެ. އެގޮތުން މާދަމާވެސް ބޯޑާ މަޝްވަރާ ކުރަންޖެހޭ މުހިއްމު ކަމެއްއޮތުމާއެކީގައި މާދަމާ ހަވީރު 4 ޖަހާއިރުވެސް މިބޯޑުގެ ބައްދަލުވުމެއް އޮންނާނެކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
އަހްމަދިއްޔާގެ ހުރިހާ ކަމެއްވެސް އަންނަނީ ވަރަށް ތަރުތީބު ވެގެން. މަޝްވަރާގެ ރީތި އުސޫލުން. އަހަރެންނަކީ ވެސް ބެލެނިވެރިއެއް.