އަޙްމަދިއްޔާއަށް ހުޅުމާލެއިން ބިމެއް ލިބޭތޯ މަސައްކަތްކުރަނީ

އަޙްމަދިއްޔާގެ އިތުރު ގޮތްޕެއް ހުޅުމާލޭގައި އެޅުމާ ބެހޭގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢައިޝަތު ޢަލީ އާއި އަޙްމަދިއްޔާގެ ސްކޫލް ބޯޑުގެ މެންބަރުން ބައްދަލު ކޮށްފިއެވެ. މި ބައްދަލުވުން ބޭއްވީ 14 ފެބްރުއަރީ 2021 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގައެވެ. މިއީ، ހުޅުމާލޭގައި އަޙްމަދިއްޔާގެ ސްކޫލެއް އިމާރާތްކުރުމަށް ބިމެއް ލިބޭނެގޮތެއް ހޯދުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދުގެ އިތުރުން ބޯޑުގެ ބައެއް މެންބަރުންނާއި އެޑިޔުކޭޝަން މިނިސްޓަރާއި އެމިނިސްޓްރީގެ  އިސްބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިބައްދަލުވުމާބެހޭ ގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ މިއީ ސްކޫލް ބޯޑުގެ މެންބަރުން ފާޅުކުރެއްވި ޚިޔާލަކާ ގުޅިގެން ބައްދަލުކޮށްލެއްވި ބައްދަލު ކޮށްލެއްވުމެއް ކަމުގައެވެ.  މިބައްދަލުވުމުގައި އަހްމަދިއްޔާއިން އަލަށް ހުޅުމާލޭގައި ފަށަން ޚިޔާލުކުރާ ސްކޫލާގުޅޭ މަޢުލޫމާތު މިނިސްޓަރާއި ވަރަށް ތަފްޞީލުކޮށް ދެންނެވުނުކަމުގައެވެ.

އަޙްމަދިއްޔާ ސްކޫލްބޯޑު މެންބަރުން އެޑިޔުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުވުން…. ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

"މިކަމާގުޅިގެން މިނިސްޓަރ ހުރީ ވަރަށް ބޮޑަށް އެކަން އަޙްމަދިއްޔާއަށް ކޮށްދެއްވާ ގޮތަށް. އަޙްމަދިއްޔާއިން އެކަމާގުޅޭ ފުރިހަމަ ލިޔުންތައް ޕްރޮޕޯސަލެއްގެ ސިފައިގައި ތައްޔާރުކުރުމަށްފަހުގައި މިނިސްޓްރީއަށް ހުށައެޅުމުން އެކަމަށް މިނިސްޓްރީއިން ވެދެވެންހުރި ހުރިހާ އެހީތަކެއް ވެދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވި. އަޅުގަނޑުމެން މަސައްކަތް މިކުރަނީ، ވީހާވެސް އަވަހަކަށް އެ ޕްރޮޕޯސަލް ތައްޔާރު ކޮށްފައި އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅަން. ހުށަހެޅީމާ ދެން އޭގެ ފަހުގައި ދެންހުރި މަރުހަލާތަކުގެ މަސައްކަތް ފެށިގެންދާނީ." ޕްރިންސިޕަލް ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދަކީ ހަމަ މިފަދަ ކޮންމެ މުނާސަބަތެއްގައި ވެސް މިކަހަލަ ވާހަކަތައް ދެކެވެމުން ދާއިރުގައި ސްކޫލްގެ ޖާގައާ ދޭތެރޭގައި ކޮންމެވެސް ކަހަލަ ރަނގަޅުގޮތެއް މެދުވެރިވެގެން ދިޔުން. އަޅުގަނޑު މިދައްކާ ވާހަކަ އެހެން ބޭފުޅުންނާ ހަމައަށްވެސް އަދި އަޅުގަނޑުމެންނަށް ސްކޫލަށް އެހީތެރިވެދެއްވާ އަދި އަޅުގަނޑުމެންގެ ސްކޫލާ ދޭތެރޭގައި ހެޔޮގޮތްގޮތަށް ވިސްނާ ވަޑައިގަންނަވާ އެންމެހާ ބޭފުޅުންނަށްވެސް އިވިވަޑައިގަންނަވާނެ ކަމަށް." ޕްރިންސިޕަލް ރަޝީދު

 

އަޙްމަދިއްޔާއިން ހުޅުމާލޭގައި ސްކޫލެއް އެޅުމަށް މަސައްކަތް ކުރެވެމުންދަނީ އަޙްމަދިއްޔާގައި ޖާގައިގެ ދަތިކަން ވަރަށް ބޯޑަށް ދިމާވެފައިވާތީއެވެ. މިނޫހަށް ދެއްވާފައިވާ އިންޓަވިޔުއެއްގައި ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ އަޙްމަދިއްޔާއަކީ، ނާސަރީއިން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދޭ ސްކޫލަކަށްވެފައި ސްކޫލްގެ އާބާދީ ކިތަންމެ ބޮޑަސް ސްކޫލްގެ ޖާގައިގެ ދަތިކަމަކީ ސްކޫލަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން ކަމުގައެވެ. އެހެންކަމުން ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ވާހަކައަކީ ހަމަ ތަކުރާރުކޮށް އަބަދުވެސް ދައްކަމުންގެންދާ ވާހަކައެއްކަމުގައާއި އަދި މިއުޅެނީ އެކަމަށް އެދެވޭ ހައްލެއް އަދި ނުލިބިގެން ކަމުގައެވެ.

އަޙްމަދިއްޔާ ސްކޫލްބޯޑު މެންބަރުން އެޑިޔުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުވުން…. ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

"އަޅުގަނޑު އުއްމީދަކީ ހަމަ މިފަދަ ކޮންމެ މުނާސަބަތެއްގައި ވެސް މިކަހަލަ ވާހަކަތައް ދެކެވެމުން ދާއިރުގައި ސްކޫލްގެ ޖާގައާ ދޭތެރޭގައި ކޮންމެވެސް ކަހަލަ ރަނގަޅުގޮތެއް މެދުވެރިވެގެން ދިޔުން. އަޅުގަނޑު މިދައްކާ ވާހަކަ އެހެން ބޭފުޅުންނާ ހަމައަށްވެސް އަދި އަޅުގަނޑުމެންނަށް ސްކޫލަށް އެހީތެރިވެދެއްވާ އަދި އަޅުގަނޑުމެންގެ ސްކޫލާ ދޭތެރޭގައި ހެޔޮގޮތްގޮތަށް ވިސްނާ ވަޑައިގަންނަވާ އެންމެހާ ބޭފުޅުންނަށްވެސް އިވިވަޑައިގަންނަވާނެ ކަމަށް." ސްކޫލްގެ އަހަރީ ދުވަހު މިނޫހަށްދެއްވި އިންޓަވިޔުއެއްގައި ޕްރިންސިޕަލް ވިދާޅުވިއެވެ.

އަޙްމަދިއްޔާ ސްކޫލްބޯޑު މެންބަރުން އެޑިޔުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުވުން…. ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ޕްރިންސިޕަލް ވިދާޅުވީ، އަޙްމަދިއްޔާއަށް އިތުރު ޖާގައެއް ލިބިއްޖިއްޔާ އަހްމަދިއްޔާ މިހާރު މިހޯދާ ކާމިޔާބީގެ އިތުރުން ހަމަ ސަތޭކަ ޕަސެންޓް ކާމިޔާބީ ސްކޫލަށް ލިބިގެންދާނެކަމުގައެވެ. އުއްމީދަކީ މި ޖާގައިގެ ދަތިކަން ކައިރި މުސްތަގުބަލެއްގައި ހައްލުވެ އަޙްމަދިއްޔާ ވެސް ހަމަ ހިންދެމިލައިގެން ކުރިއަށްދެވޭނެކަހަލަ ގޮތެއް ފެނިގެންދާނެ ކަމުގައެވެ.

 

4 Responses

  1. އަހުމަދިއްޔާ އަކީ މުޅި ރާއްޖެއިންވެސް 1 ވަނަ ސްކޫލް. މިހާރުވެސް ޖާގަ އޮންނަނީ ފުލްވެފައި. ހުޅުމާލޭގައި ސްކޫލް އަލައިފި ނަމަ ސްކޫލަށް ޖާގައިގެ މައްސަލަ ހައްލުވީ، ސްކޫލްށް ވަންދަން ކެތް މަދުވެފަ ތިބި ބެލެނިވެރިންނަށްވެސް ފުރުޞަތު ހޯދައިދެވުނީ

  2. ތިޔަ ސްކޫލަކީ، މުޖުތަމަޢުއަށް ގިނަވެ ވިއްސި ވިހާލިވެ ވިޔާނުދާ މަގުތަކަށް ގޮސްގޮސް ތިބި އެތައް ކުދިންތަކަކަށް ތަޢުލީމާއި ތަރުބިއްޔަތު ލިއްބުވައިދިން ސްކޫލެއް! އެތައް ކުދިންނަކަށް ރަން ވަނަތަކެއް ހޯދައިދިން ސްކޫލެއް. އަދިވެސް ދަނީ އެގޮތުގައި.

  3. އަހްމަދިއްޔާގެ ތިޔަ ކަންތައް ކާމިޔާބު ވާނެކަމާމެދު ޝައްކެއްނުކުރަން. ތިއީ މުޅި ރާއްޖެއަށް ނަމޫނާ ދައްކަައިދީފައިވާ ސްކޫލެއް. އެތައް ކުދިންނެއް ކިޔަވަން ބޭނުންވެފައިވާ ސްކޫލެއް. އަހްމަދިއްޔާއަށް އަބަދުވެސް ކުރިއެރުމަށް އެދެން.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *