ޕްރައިމަރީގެ ދަރިވަރުންނަށް ޚާއްޞަ ކުއިޒެއް ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 39 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ޕްރައިމަރީގެ ދަރިވަރުންނަށް ޚާއްޞަ ކުއިޒެއް ކުރިއަށް ގެންގޮސްފިއެވެ. މިކުއިޒްގައި މި ސްކޫލްގެ ގްރޭޑް 1 ން ފެށިގެން 6 އާއި ދެމެދުގެ ގިނައަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރައިމަރީގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ވިދާޅުވިގޮތުގައި މިފަދަ ކުއިޒެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤުޞަދަކީ ދަރިވަރުންނަށް ސްކޫލާއި ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ މިންވަރެއް ބެލުމުގެ އިތުރުން ކުރިން ނޭނގޭ އައު މަޢުލޫމާތުތަކެއް ހޯދުމުގެ ފުރުޞަތު ދިނުމެވެ.

މި ކުއިޒްގައި އަޙްމަދިއްޔާގެ އެހާރާއި މިހާރުގެ އެކިއެކި ކަންކަމާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތުން ތަފާތު ވައްތަރުގެ ސުވާލުތައް ހިމެނިފައިވެއެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޕްރައިމަރީގެ ދަރިވަރުންނަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން މިކުއިޒް ކުރިއަށް ގެންދެވިފައިވަނީ އޮންލައިންކޮށެވެ. އަދި ކުއިޒުން އެކި ކުލާސްތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުން ޙަވާލުކުރެވިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *