ނިމިގެންދިޔަ ފެބްރުއަރީ މަހުގެ 22ގައި ގްރޭޑް 7 އަދި 8އަށް ފެށިގެންދިޔަ ޔުނިޓް ޓެސްޓު މެދުކަނޑާލައިފިއެވެ. މިގޮތަށް މެދުކަނޑާލީ ކޮވިޑް ކޭސްތައް މާލޭގައި ފެތުރޭނިސްބަތް އިތުރުވުމާ ގުޅިގެން ގްރޭޑް 8ން ދަށުގެ ކުލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމުމާ ގުޅިގެންނެވެ. މިގޮަތަށް އެންގުމާއެކު ކުރިން ނަގަމުން އައި ޔުނިޓް ޓެސްޓު މެދުކަނޑާލައި އޮންލައިންކޮށް ކިޔަވައިދިނުން ވަނީ ފަށާފައެވެ.
ޔުނިޓް ޓެސްޓު މެދުކަނޑާލިއިރު ގްރޭޑް 8ގެ ދަރިވަރުންގެ ޔުނިޓް ޓެސްޓުގެ ބާކީ 4 މާއްދާއެއްގެ ޓެސްޓު އަދި ގްރޭޑް 7ގެ ދަރިވަރުންގެ 5 މާއްދާއެއްގެ ޓެސްޓެއް ނަގަން ޖެހެއެވެ. މީގެ ކުރިން އޮންލައިންކޮށް ޔުނިޓް ޓެސްޓެއް ނަގާފައިވީނަމަވެސް މިސެމިސްޓަރގެ ޔުނިޓް ޓެސްޓުތައް ސްކޫލުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމާއި މިޓެސްޓުތައް ނަގާނެ ތާރީޚެއް ފަހުން ދަރިވަރުންނަށް އަންގާނެކަމށް ސްކޫލުން މައުލޫމާތު ދެއްވައެވެ.