މެއި ޖޫން ގައި އޭލެވެލް އިމްތިހާން ބާއްވަން ނިންމައިފި

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މެއި ޖޫން އެޑެކްސެލް އިމްތިހާން ނުބާއްވަން މިއަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު އިނގިރޭސި ވިލާތުން ނިންމުމަށްފަހު މިހާރު އެއިމްތިހާން ބާއްވަން ނިންމައިފިއެވެ. އެކަމާގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރ ޢައިޝަތު ޢަލީ ވިދާޅުވީ  ހަމަ ޖައްސާފައި އޮތް ތާވަލާ އެއްގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އިމްތިހާން އޮންނާނެ ކަމުގައެވެ.

މިގޮތަށް ހަމަޖެހުމާގުޅިގެން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވިދާޅުވީ، ކޮވިޑްހާލަތާ ގުޅިގެން އެންމެ ފުރަތަމަ އެޑެކްސެލް އިން ފެބްރުއަރީމަހުގެ 3 ވަނަ ދުވަހު އޮތީ، މޭ ޖޫން ގައި އޮންނަ އިމްތިހާން، އިމްތިހާނެއް ގޮތަށް ނޯންނަ ގޮތަށް ނިންމާފައިކަމުގައެވެ.  އެހެންނަމަވެސް މިހާރު ރާއްޖޭގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާއި އަދި އެހެނިހެން ކަމާބެހޭ ފަރާތްތަކުން ކުރެއްވި މަޝްވަރާތަކަށްފަހު އިމްތިހާން ކުރިއެކޭވެސް އެއްގޮތަށް މޭ ޖޫން ގައި އޮންނަ ގޮތަށް އަނެއްކާވެސް ނިންމާފައިވާ ކަމަށް ޞަލާޙް ވިދާޅުވިއެވެ.  މިކަމާ ބެހޭ ތައްޔާރީތައް އަޙްމަދިއްޔާގައި ކުރިއަށް އެބަދެއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް … ފޮޓޯ: ހަރުޝާ

" އަޙްމަދިއްޔާއިން ދަރިވަރުންނަށް އިމްތިހާންގެ އެޕްލިކޭޝަން ޕްރޮސެސް މިވަނީ ފަށާފައި. އިމްތިހާންގައި ބައިވެރިވާން އެދޭފޯމް އިއްޔެއިން ފެށިގެން ސްކޫލް އޮފީހުން ދޫކުރަން ފަށައިފި. އިމްތިހާންގެ ވަގުތު މިހާރު ވަރަށް ބޮޑުތަން ކުޑަތަންވެފައި އޮތީމަ ކުރިއާ ޚިލާފަށް ވަރަށް ކުޑަމުއްދަތެއް މިލިބެނީ އިމްތިހާންގެ ކަންތައްތައް ނިންމަން. އެހެންވީމާ ހުރިހާ ދަރިވަރުންވެސް ބެލެނިވެރިންވެސް އިމްތިހާންގެ އެޕްލިކޭޝަން ކަނޑައެޅިފައި ހުންނަ ވަގުތުތަކަށް ފުރިހަމަކުރުމަށްފަހު ފޯމްތަކާ އަދި އެހެނިހެން ވެސް ބޭނުންވާ ޑޮކިޔުމެންޓްތައް ސްކޫލަށް ގަޑިއަށް ހުށައެޅުއްވުމުގައި ފަރުވާތެރިވުމަކީ، އަޅުގަނޑުމެންގެ ވަރަށްބޮޑު އިލްތިމާސެއް." ޞަލާޙް ވިދާޅުވިއެވެ.

އިމްތިހާން ކެންސަލްވެގެން ދިއުމަކީ، ވަރަށް ގިނަ ދަރިވަރުންނާއި އަދި ބެލެނިވެރިންގެވެސް ވަރަށްބޮޑު ކަންބޮޑުވުމެއްކަމާއި އެހެން ނަމަވެސް މިހާރު އަނެއްކާވެސް އިމްތިހާން ބޭއްވޭގޮތް ވުމާއެކީގައި އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ސްކޫލުން ހަމަ މެދުކަނޑާނުލައި ކުރިއަށް ގެންދިޔަ އެކްސްޓްރާ ކުލާސްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެކަމާއި ހަމައެހެންމެ ކުރިއަށް މިއޮތް ސެމިސްޓާ ބްރޭކް ތެރޭގައިވެސް ދަރިވަރުން އިމްތިހާނަށް ތައްޔާރު ކުރުމުގެ ގޮތުން ސްކޫލްގައި ކުލާސްތައް ރޭވިގެންދާނެކަމަށް ޞަލާޙް ވިދާޅުވިއެވެ.

މިއަހަރު ސްކޫލްގައި ބޭއްވި އިމްތިހާނެއްގައި އޭލެވެލް ދަރިވަރުން… ފޮޓޯ ހަރުޝާ

މި އަހަރުފެށުނީއްސުރެ ގްރޭޑް 11 ، 12 އަށް އަހްމަދިއްޔާގައި ކިޔަވައިދެމުން ގެނަދިޔައީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށެވެ. ގްރޭޑް 11 ގެ ކުދިންނަށް 11 އިގެ ސިލްބަސް ފެށިގެން ދިޔައީ މިދިޔަ އަހަރުގެ މާޗް މަހުންފެށިގެންނެވެ. ކޮވިޑާހެދި ކުޑަ ދުވަސްކޮޅަކަށް ސްކޫލްގައި ކިޔަވައިދިނުން މެދުކެނޑިގެން ދިޔުމުން، 11 އަދި 12ގެ ކުލާސްތަކަށް ކިޔަވައިދޭންފެށީ އޮންލައިންކޮށެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުންފެށިގެން މެދުކެނޑުމެއްނެތި ފިޒިކަލް ކުލާސްތަކާއި އޮންލައިން ކުލާސްތައް ވަރަށް ބާރަށް ކުރިއަށް ގެންދެވުނެވެ. ޑިސެމްބަރު މަހު ލިބުނު ބްރޭކަށް މެދުކަނޑާލުމަށްފަހު މިއަހަރުގެ ޖެނުއަރީ 10 އިންފެށިގެން ކުލާސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަހަރު ސްކޫލްގައި ބޭއްވި އިމްތިހާނެއްގައި އޭލެވެލް ދަރިވަރުން… ފޮޓޯ ހަރުޝާ

"މިއަހަރު ފެށުނީއްސުރެ ކުރިއަށް މިގެންދަނީ ކޮންމެ ދުވަހަކުވެސް ފިޒިކަލް ކުލާސްތައް ރޭވިގެން. ހަމައެއާއެކު ހޮނިހިރު ދުވަހުވެސް ފުދޭވަރަކަށް ގިނަ އެކްސްޓްރާ ކުލާސްތައް ރޭވިގެން މިދަނީ. އެހެންވީމާ އަޅުގަނޑުމެން ނުދަންނަވާނަން އަޅުގަނޑުމެންނަކަށް ވަކި ތައްޔާރީ ކަންކަން ކުޑައެކޭ ކުރިންވެވުނުލެއް. އެހެންނަމަވެސް ކޮންމެވެސްވަރެއްގެ ގޮންޖެހުންތަކެއް މިކަމުގައި ކުރިމަތިވި ކޮވިޑްގެ ސަބަބުން އޮންލައިންކޮށް ކުލާސްތައް ނަގައިދެން ޖެހުމާ އަދި ހަމައެހެންމެ ފިޒިކަލް ކުލާސްތައް ނަގަންޖެހުނީމާ. އަދި އެކްސަޓްރާ ކުލާސްތައް އަޅުގަނޑުމެންނަށް ޝެޑިއުލް ކުރުމުގައި ދިމާވި ދަތިތަކާހުރެ. އެނޫންގޮތަކަށް ދަންނަވާކަމަށްވަނީނަމަ ހަމަ ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ތައްޔާރުވަމުންނޭ މިދަނީ.  ހަމައެހެންމެ ކުރިއަށް މިއޮތް ދުވަސްތަކުގައި އިމްތިހާނާމެދު މިއޮތް ދެމަހެއްހާދުވަހުގެ ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް ބާރަށް އިމްތިހާނުގެ ތައްޔާރީތައް ކުރިއަށް ގެންދާނީ.  ޞަލާޙް ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ މެއި ޖޫން ގައި އޮންނަ އިމްތިހާންގައި ބައިވެރިވުމަށް މިމަހުގެ 11ގެ ކުރިން އެޕްލިކޭޝަން ހުށަހަޅާން ޖެހޭނެކަމަށެވެ. އެ އިމްތިހާންގެ ނަތީޖާ ލިބޭނީ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ފުރިހަމަ ވަރަށް މުހިއްމު މައުލޫމާތުތަކެއްް މިޚަބަރުން ލިބިއްޖެ. އަހުމަދިއްޔާއަކީ އަބަދުވެސް 1ވަނަ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *