ބުރާސްފަތި, 17 އޭޕްރިލް 2025

ދެވަނަ ޓާމުގެ މިޑް ބުރޭކް – އިތުރުގަޑިތައް މެދު ނުކެނޑި ކުރިއަށް

2021ވަނަ އަހަރުގެ ޖަނަވަރީ 14ގައި ފެށުނު ދެވަނަ ޓާމުގެ މިޑް ބްރޭކަށް ސްކޫލްގެ ކިޔަވައިދިނުން މެދުކަނޑާލައިފިއެވެ. ޕްރީ-ޕްރައިމަރީން ފެށިގެން ގްރޭޑް 7 އަދި 8ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް އޮތް ހަފްތާއަށް މެދުކަނޑާލާފައި ވީނަމަވެސް ކުރިއެކޭ އެއްގޮތަށް ގްރޭޑް ނުވައެއް، ދިހައެއް އަދި އެގާރަ ބާރައިގެ ކިޔެވުން ކުރިއަަށް ދާނެއެވެ.

ކުރިއަށް އޮތް ހަފްތާއަކީ ސެމިސްޓަރ ބްރޭކް ހަފްތާކަމުން، ގްރޭޑް ނުވައެއްގެ ދަރިވަރުންނަށް ޚާއްޞަ އިތުރުގަޑިތަކެއް ރާވާފައިވާކަމަށް ސްކޫލްގެ ސީނިޔަރ އެސިސްޓެންޓު ޕްރިންސިޕަލް އަދި ހެނދުނު ދަންފަޅީގެ އިންޗާޖް އަލީ އާސިމް ވިދާޅުވިއެވެ. މާޗް 7ން މާޗް 11އަށް ކުރިއަށް ގެންދާ މި ކްލާސްތަކަކީ އެކި މާއްދާތަކުން އިތުރު އެހީ ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ހޯދައިދިނުމަށް ރާވާފައިވާ އިތުރުގަޑިތަކެކެވެ.

"ވަރަށް ގިނަ ކުދިން އެބަތިބި ސްކޫލަށް ނާދެވޭ ފަދަ ހާލަތްތަކުގައި ގޭގައި. ބައެއް ކުދިންނަކީ ކަރަންޓީނުގައި ތިބެން ޖެހުމުގެ ސަބަބުން ބައެއް ފިލާވަޅުތައް ގެއްލިފައި ތިބި ކުދިން. އެކުދިންނަށްވެސް މިކުލާސްތަކުގައި ރަޖިސްޓްރީ ވެގެން ޓީޗަރުންގެ އެހީ ހޯދުމުގެ ފުރުޞަތު އެބައޮތް" އާސިމް ފާހަގަކުރެއްވިއެވެ.

އިތުރު ގަޑިތައް ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު ނުވަޔަކާ ބާރައާ ދެމެދުގެ ވަގުތުތަކުގައެވެ. މި ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީ ކުރުމަށް މިހާރުވަނީ ހުޅުވާލާފައެވެ. މާޗް 07ވާ އާދީއްތަ ދުވަހު މި ކުލާސްތައް ފެށުމަށް ހަމަޖެހިފައިވާއިރު ގުރޭޑް އެގާރަ އަދި ބާރައިގެ ދަރިވަރުންނަށްވެސް ގަވާއިދުން އިތުރު ގަޑިތައް ކުރިއަށް ދާނެކަމަށް ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް އަދި މެންދުރު ފަހުގެ ދަންފަޅީގެ އިންޗާޖް މޫސާ ޞަލާޙް ހާމަކުރެއްވިއެވެ. މި ކުލާސްތަކަކީ މޭ/ޖޫން ގައި އޮންނަ އިމްތިހާންތަކަށް ދަރިވަރުން އިތުރަށް ތައްޔާރުކުރުމަށް ބާއްވާ ކުލާސްތަކެއްކަން މޫސާ ޞަލާޙް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *