އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 7 އަދި 8 ގެދަރިވަރުންނަށް "މިޑްޓާމް" ޗުއްޓީގެ ތެރޭގައި އޮންލައިން ކުލާސްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢަލީ އާސިމް ވިދާޅުވީ މިއީ ފިލާވަޅުތަކުން ހާސިލްކުރާން ބޭނުންވާ ވަރަށް ހާޞިލް ނުކުރެވިހުރި ދަރިވަރުންނަށް އެހީތެރިވެދިނުމުގެ ގޮތުން ބާއްވާ ކުލާސްތަކެއް ކަމުގައެވެ. ޚާއްޞަކޮށް ކަރަންޓީންވުން ކަހަލަ ސަބަބުތައް މެދުވެރިވެފައިވާދަރިވަރުންނަށް ވެސް މިކުލާސްތަކުގެ ސަބަބުން ވަރަށްބޮޑު އެހީތެރިކަމެއް ލިބޭނެ ކަމުގައެވެ. މިކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ނަންނޯޓްކުރުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. މިކުލާސްތައް މާދަމާއިން ފެށިގެން މިހަފްތާގެ ނިޔަލަށް ކުރިއަށް ގެންދެވޭނެ ކަމަށް އާސިމް ސަރ ވިދާޅުވިއެވެ.

7، 8 ގެ ކުލާސްތައް މާދަމާ ކުރިއަށް ގެންދަން ނިންމިއިރު އިއްޔެއިން ފެށިގެން ގްރޭޑް 10ގެ "މޮކްއެގްޒާމް" ވަނީ ފަށާފައެވެ. އަދި ގްރޭޑް 9 ގެ ދަރިވަރުންނަށް އިތުރުގަޑީގެ ކުލާސްތައް ސްކޫލްގައި މިއަދުންފެށިގެން ކުރިއަށް އެބަދެއެވެ. އަދި ވަރަށް ގިނަ ދަރިވަރުން ކުލާސްތަކަށް ހާޒިރުވަމުން ދެއެވެ. ކުލާސްތަކަށް ދަރިވަރުން ފޮނުވުމަށް ބެލެނިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް ދަނީ ލިބެމުންނެވެ. މި ކުލާސްތައް ކޮންމެ ދުވަހަކު 9:00 ންފެށިގެން 11:30 އަށް ކުރިއަށްދާނެއެވެ.
3 Responses
ކުލާސްތައް ކުރިއަށް ގެންދަވާތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!
ޗުއްޓި ތެރޭގައި ކުލާސްތައް ބޭއްވުމަކީ، އެހެން އެއްވެސް ސްކޫލަކުން ކުރާކަމެއް ނޫނެވެ. އަހްމަދިއްޔާ އިން ތިޔަ ދައްކަނީ އެހެން ސްކޫލްތަކަށް ނަމޫނާއެކެވެ.
ވަރަށް ތައުރީފު ހައްގު މަސައްކަތްތަކެއް އަހުމަދިއްޔާއިން ތިޔަ ކުރަނީ. ޓީޗަރުންގެވެސް ޗުއްޓީ ވަގުތުތައް ކުދިންގެ ކުރިއެރުމަށް ތިޔަ ހޭދަކޮށްލަނީ. ޝުކުރިއްޔާ އަހުމަދިއްޔާ. ކުރިއަށް އަހުމަދިއްޔާ…