އަންހެނުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ކަނބަލުންނަށް

މިއަދު ފާހަގަ ކުރާ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި މަސައްކަތް ކުރައްވާ އެންމެހާ ކަނބަލުންނަށް ޕްރިންސިޕަލް މުޙައްމަދު ރަޝީދު ފޮނުއްވައިފިއެވެ. ޕްރިންސިޕަލް ފޮނުއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ ކޮންމެ ދުވަހަކީވެސް ޚާއްޞަ ދުވަހެއްނަމަވެސް މިއަދަކީ ވަކިން ޚާއްޞަ ދުވަހެއް ކަމެވެ. ކޮންމެ ދުވަހަކީވެސް ތިޔަ ކަނބަލުން މި މުޖްތަމަޢަށާއި ތިޔަ ކަނބަލުންގެ ޢާއިލާ ތަކަށާއި މަސައްކަތް ކޮށްދެއްވާ ތަނަށް ކޮށްދެއްވާ ނުހަނު އަގުހުރި މަސައްކަތްތައް ދެނެގަނެ ބަލައިގަނެ އަގުވަޒަންކުރަންވީ ދުވަހެއްކަމެވެ. އެހެންކަމުން މިޚާއްޞަ ދުވަހު ތިޔަ ކަނބަލުންގެ ޚިދްމަތްތަކާއި އަގުހުރި މަސައްކަތް ފާހަގަ ކުރައްވާ ކަމުގައެވެ.

" މިއަހަރުގެ އަންހެނުންގެދުވަހުގެ ތީމަށް ބަލާލާއިރު އެންމެ ފާހަގަ ކުރެވޭ ކަމަކީ، ތިޔައިން ކޮންމެ ކަނބަލެއްގެ އިސްވެ މަސައްކަތްކުރުމުގެ ކުޅަދާނަ ކަމެވެ. ތިޔައިން ކޮންމެ ކަނބަލަކީވެސް އެބޭފުޅެއްގެ އާއިލާއާއި މަސައްކަތުގެ ޒިންމާތައް ނުހަނު ޝައުގުވެރިކަމާއެކު ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިބަލިމަޑުކަމުގެ ހާލަތުގައިވެސް ތިޔަ ކަނބަލުން އެންމެ ފުރިހަމައަށް މަސައްކަތުގައި ބައިވެރިވެލައްވައިފީމުއެވެ. ތިޔަ ކަނބަލުންނަކީ އެއްވެސް ފަސްޖެހުމެއްނެތި ކުރީސަފުގައި މަސައްކަތް ކުރައްވާ އެންމެ މުހިއްމު ބަޠަލުންނެވެ." ޕްރިންސިޕަލް ވިދާޅުވިއެވެ.

2019 ވަނަ އަހަރު އަޙްމަދިއްޔާގައި މަސައްކަތް ކުރެއްވި ބައެއް މުއައްޒަފުން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ހަމަ މިފުރުޞަތުގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ އެންމެހާ ކަނބަލުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވިއެވެ. އަދި ދިވެހިރާއްޖޭގެ އެންމެހާ ކަނބަލުންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ހުރިހާ ކަނބަލުންނަށް ވެސް ދުވަހުގެ ތަހުނިޔާ ޕްރިންސިޕަލް ފޮނުއްވިއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތެރެއިން 66 އިންސައްތައަކީ ކަނބަލުންނެވެ.  212  މުވައްޒަފުން މަސައްކަތް ކުރައްވާއިރު 139 މުވައްޒަފުންނަކީ ކަނބަލުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *