ބުރާސްފަތި, 17 އޭޕްރިލް 2025

ގްރޭޑް 12އިގެ ނަމޫނާ އިމްތިހާން މާޗް 18،17 ގައި ބާއްވަނީ

ގައުމީ މަންހަޖުގެ ކީ ސްޓޭޖް 5 ގެ އާ ސިލަބަހަށް ގެނެވުނު ބަދަލާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 12 އެއްގައި ކިޔަވާ ދަރިވަރުންނަށް ދިވެހިބަސް އަދި އިސްލާމީ ތަރުބިއްޔަތު މިދެމާއްދާއިން ދެވޭ ނަމޫނާ އިމްތިހާނު މިމާޗް މަހުގެ 17 ވާ ބުދަ ދުވަހާއި 18 ވާ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސުން ހަމަޖައްސައިފިއެވެ.  17 ވަނަ ދުވަހު 9:00 އިން 11:00 އަށް އޮންނާނީ އިސްލާމީ ތަރުބިއްޔަތު ކަރުދާސް 2 އެވެ. ކަރުދާސް 1 އޮންނާނީ ހަމަ އެދުވަހުގެ މެންދުރުފަހު 2:00 އިން 15:30 އަށެވެ.  ދިވެހިބަސް ކަރުދާސް 1 އޮންނާނީ 18 ވަނަ ދުވަހުގެ 9:00 އިން 11:00 އަށެވެ. ކަރުދާސް 2 އޮންނާނީ އެދުވަހުގެ 2:00 އިން 4:00 އަށެވެ. މިއިމްތިހާން ކުރިއަށް ގެންދާނީ އިމްތިހާންތައް ކުރިއަށް ގެންދިއުމަށް އެޑިޕާޓްމެންޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށެވެ.

ގްރޭޑް 12 އިގެ ދަރިވަރުން އިމްތިހާނެއް ހަދަނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މި އިމްތިހާނު މިދެވެނީ ދިވެހި އަދި އިސްލާމް މާއްދާގެ ސިލަބަހަށާއި ދަރިވަރުންގެ ފޮތަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވާތީއެވެ. ސިލަބަހަށް ގެނެވުނު ބަދަލާއެކު ފުރަތަމަ އިމްތިޙާން ހަދާ ދަރިވަރުންނަކީ މިހާރު ގްރޭޑް 12 ގައި ކިޔަވާ ދަރިވަރުން ކަމުގައިވާތީ އެޗްއެސްސީ އިމްތިހާނަށް ދަރިވަރުންނަށް ތައްޔާރުވާން ފުރުޞަތު ދިނުމުގެ ގޮތުންނެވެ. މި އިމްތިހާނު މާކު ކުރާނީ އެސްކޫލަކަށް ކިޔަވައިދޭ މުދައްރިސުން ކަމަށް ޑިޕާޓްމެންޓް އޮފް އެގްޒޭމިނޭޝަންސުން މަޢުލޫމާތު ދެއްވައެވެ.

އެޗްއެސްސީ އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގައި ތަފާތު ޕްރޮގްރާމް ތަކެއް ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *