އެއް ދުވަހެއްގެ އަސުރުން، އިރު ތިރިވަމުންދިޔަ ވަގުތެވެ. ރަށުން މާލެއަށް ކާށިކޮޅެއް ފޮނުވާނަމޭ ހިތައި، ރުކަށް އަރާ މީހަކު އަތުލައިގަނެގެން، އާދަނު އޭނާގެ ލިޔުއްވައިގެންއުޅޭ ގޮޔަށް ވަނެވެ.
އެންމެ ކާށި ހެޔޮ ރުއް ދައްކައިލަމުން، އެ ރުކަށް އަރައި ކާށްޓާއިގަބުޅި އިހަލެއް ބާލައިދޭން، ރުކަށް އަރާމީހާގާތު، އާދަނު ބުންޏެވެ. އާދަނު އެބުނި ރުކަށް އަރައި، ކާށި އިހަލަކާއި ގަބުޅި އިހަލެއް، ރުކުން ބާލަދިނުމުން، އެބޭލި އިހަލުގެ މަތީއިހާވެސް، ބާލަން އާދަނު އެދުނެވެ. އެވަގުތު އެ އިހުލުންނާއިހިން އޮތް އިހަލަން އޭނާ އަޅާން ފެށިއެވެ.
" އޭތް…! މިހާރު ތި އަޅަނީ ޅަ އެއްޗެހި! ޅަ އެއްޗެހިއެޅުން އަވަހަށް ހުއްޓާލާ. ރުކުގައި އޮތް ބެއަށް ގޮވައިލަމުން، އާދަނު ބުނެލިއެވެ.
" ބަލަ ހުރިހާ ހަރު އެއްޗެއްސެއް މިހާރު މިވަނީ އަޅާނިމިފަ! ހަރު އެއްޗެހި އަޅާ ނިމުމުން، ދެން އެޅޭ ޅަ އެއްޗެހި"، ރުކުގައި އޮތްމީހާ ޒުވާބު ދިނެވެ.
މި އަޑު އަހާން ހުރެފައި، ރުކުން ފޭބުމަށް އޭނާއަށް އިޝާރަތް ކުރިއެވެ. އެހިނދު ފަޔަށް ޅާނބު ހެޔޮވަރު ކޮށްލަމުން ރުކުން ތިރިއަށް ސޮހިމިތަން ބަލާން ހުރެފައި އޭނާއަށް އާދަނު ބުނެލިއެވެ.
"ކަލޭ ތިޔަބުނީ ތެދު ވާހަކަ އެކެވެ. ހަރު އެއްޗެހި އަޅައި ނިމުމުން ދެން އެޅޭނީ ޅަ އެއްޗެހި". މިފަހަރު އެރީގެ ގޮތުގައި މިތަނުން ކަލޭ ނަގަންވާނީ ޅަ އެއްޗެހި. މި ކާށިކޮޅު، ކޮންމެހެންވެސް މާލެއަށް ފޮނުވާން އެބަޖެހޭ"…. ރުކަށްއެރި މީހާ، މިގޮތާއި އެއްބަސްވެ، ގަބުޅިތައް ހަތަރެތިން ކޭލިޖަހާން ފެށިއެވެ.
2 Responses
ގިނަގިނައިން މިކަހަލަ ލިޔުންތައް ގެނެސް ދިނުން އެދެން.
ތެދެއް ހަމަ، ގިނަ ފަހަރު އެޅެނީ ޅައެއްޗެހި