ބުރާސްފަތި, 24 އޭޕްރިލް 2025

8،7 ގެ ދަރިވަރުން އަނެއްކާވެސް ސްކޫލަށް

ގްރޭޑް 7 އަދި 8 ގެ ދަރިވަރުން 14 މާޗް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން ސްކޫލަށް ހާޒިރުވާގޮތަށް އެޑިޔުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ. 8،7 ގެ ދަރިވަރުން ސްކޫލަށް ހާޒިރުވިޔަސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ހަފްތާއަށް މާލެ ސަރަހައްދުގެ ސުކޫލުތަކުގައި އެލްކޭޖީއިން ފެށިގެން ގުރޭޑް 6 އަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ އެޗްޕީއޭއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށްވެސް ބުންޏެވެ.

މިއަހަރު ޖެނުއަރީ 10 ގައި ހުރިހާ ގްރޭޑްތަކަށް ސްކޫލްގައި ކިޔަވައިދެމުން ދަނިކޮށް ކޮވިޑް19ގެ ކޭސްތައް ކޮންޓްރޯލް ނުވާތީ، ގްރޭޑް 6 އިން ފެށިގެން ދަށް ގްރޭޑުތަކުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމީ ފެބްރުއަރީ 12 ވަނަ ދުވަހު އެވެ. އަދި އޭގެ 2 ހަފްތާ ފަހުން 28 ފެބްރުއަރީއިން ފެށިގެން ގްރޭޑް 7 8 ގެދަރިވަރުންނަށްވެސް އޮންލައިންކޮށް ކިޔަވައިދޭން ފެށުނެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން ގްރޭޑް 7 ން ފެށިގެން 12 ގެ ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔެވުން ކުރިއަށް ގެންދާނެއެވެ.

2 Responses

  1. ހާދަ އުފާވެރި ޚަބަރެކޭ. ގޭގަތިބެތިބެ ފޫހިވެއްޖެ.

  2. ހާދަ ދުވަހެއް ވެއްޖޭ ބޭރަށް ނުދެވޭތާ. ސްކޫލަށްދެވޭތީ ވަރަށް ބޮޑަށް އުުފާވޭ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *