ގްރޭޑް 7 އަދި 8 ގެ ޔުނިޓް ޓެސްޓް ދެހަފްތާއެއްހާ ދުވަހަށް މެދު ކަނޑާލުމަށްފަހު އަންނަ އަންގާރަ ދުވަހު ގްރޭޑް 7 އަށް އަދި ބުދަ ދުވަހު ގްރޭޑް 8 އަށް ފަށާ ގޮތަށް ހަމަޖައްސައިފިއެވެ. ޔުނިޓް ޓެސްޓްތައް މެދުކަނޑާލީ ކޮވިޑް ކޭސްތައް މާލޭގައި ފެތުރޭ ނިސްބަތް އިތުރުވުމާ ގުޅިގެން ގްރޭޑް 8 ން ދަށުގެ ކުލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމުމާ ގުޅިގެންނެވެ. ދެހަފްތާއަށް ފަހު މިއަދުވަނީ ކިޔެވުން ފެށިފައެވެ.
ގްރޭޑް 7 ގެ ނުނަގާ ބާކީ އޮތީ 5 ޓެސްޓެވެ. އެއީ ސޯޝަލް ސްޓަޑީޒް، އިންގްލިޝް، ކޮންބައިން ސައިންސް، ހިސާބު އަދި ޤުރުއާނެވެ. ގްރޭޑް 8 ގެ ބާކީ އޮތީ 5 ޓެސްޓެވެ. އެއީ ފިޒިކްސް، އިކޮނޮމިކްސް، އިންގްލިޝް ލިޓްރޭޗަރ ގުރުއާން އަދި ހިސާބެވެ.
މިދުވަސް ތަކުގައި ޔުނިޓް ޓެސްޓް ނެގި ކަމުގައިވިޔަސް އާއްމުކޮށް ކިޔެވުން ކުރިއަށް ގެންދާނެއެވެ. ގްރޭޑް 7 ގެ ދަރިވަރުންގެ ކިޔެވުން އޮންނަ ގަޑިއަކީ، ހެނދުނު 7:30 ން 11:50 އަށެވެ. ގްރޭޑް 8 ގެ ދަރިވަރުންގެ ކިޔެވުން އޮންނަ ގަޑިއަކީ، ހެނދުނު 7:30 ން 11:15 އަށެވެ.