ބުރާސްފަތި, 17 އޭޕްރިލް 2025

ދިވެހި ދަރީން ހޯދަމުން އަންނަ ކާމިޔާބީތައް – ފަޚުރުވެރިވުން ޙައްޤު

ތަރައްޤީއާއި ތަހުޒީބުގެ ދުވެލި މިއަދު މިވަނީ އަޅުގަނޑުމެންގެ ކާބަފައިންގެ ސިކުނޑި ތަކަށް ތަސައްވުރު ކުރެވޭ ވަރަށްވުރެ މާ ހަލުވިވެފައެވެ. ދުނިޔޭގެ ހަތަރުބިތުގައި ހިނގާ ކަންކަން އަޅުގަނޑުމެންނަށް ވަގުތުން ވަގުތަށް ފެނެއެވެ. މި ކުރި އެރުމާ އެކު އަޅުގަނޑުމެންގެ ދިވެހި ދަރީންވެސް އަންނަނީ ތަފާތު އެކި ދާއިރާތަކުން ކުރިއެރުން ހޯދަމުންނެވެ. އަދި އަދުގެ ކިޔަވާ ކުދިންވެސް އަންނަނީ އެކި ދާއިރާތަކުން ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަމުންނެވެ. މިކާމިޔާބީތަކަށް ފަޚުރުވެރިވުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ޙައްގެކެވެ.

ދުނިޔޭގެ ފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތް ތަކުގައި ދިވެހި ދަރިން ބައިވެރިވެ ހޯދަމުން އަންނަ ކާމިޔާބީއަކީ އަދު އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެކެވެ. ރާއްޖެ ތަމްސީލު ކުރުމަށް ވަކި އުމުރެއް ވަކި ފަންތިއެއް ވަކި ގިންތިއެއް ނެތްކަން މާޒީގައި ކުޅެފައިވާ ކުޅިވަރު މެޗްތަކުން އެކަމުގެ ހެކި އަޅުގަޑުމެންނަށް ލިބެއެވެ. އޭގެ އެއް މިސާލަކީ ސާފްޗެންޕިއަން ޝިޕުން ހޯދި ކާމިޔާބީއެވެ. އަނެއް މިސާލަކީ، 2019 ވަނަ އަހަރު މޮރިޝަސް ގައި ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ޓޭބަލްޓެނިސްގެ މުބާރާތެވެ.  މިއީ ރާއްޖޭގެ ކޮންމެ ދަރިއެއްގެ ހިތުގައި އުތުރި އަރާ ޖޯޝާއި ފޯރިއެވެ. ވުމާއެކު  ކުޅިވަރުގެ ރޮނގުން ހޯދާފައިވާ ކާމިޔާބީތަކަށް ބަލައިލުމުންވެސް ދިވެހި ދަރީން ހޯދައިދީފައިވާ ކާމިޔާބީތަކަކީ ކޮންމެ ދިވެހި ދަރިޔަކު ފަޚުރުވެރިވުން ޙައްޤު ކާމިޔާބީ ތަކެކެވެ.

ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައިވާއިރު ތަޢުލީމީ ރޮގުންވެސް ދިވެހި ދަރީން އަންނަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަމުންނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ނަންވިދާ ޔުނިވަރސިޓީ ތަކުގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ދިވެހިދަރިން ހިމެނޭކަމީ އަދު އަޅުގަނޑުމެން އަތްތިލަބަޑި ޖަހަންވީ ސަބަބެކެވެ. އަދި ކޮބައިތޯއެވެ. އެފަދަ ޔުނިވަރސިޓީތަކުން މުޅި ކޯހުން ރާއްޖޭގެ ދަރިވަރުން ފަޚުރުވެރި އެއްވަނަ ހޯދުމީ އަދު އަޅުގަނޑުމެންނަށް  އެކަމަކާ މެދު ތައުރީފުގެ ބަސްތައް އޮހޭ އެއްސަބަބެވެ. ވުމާއެކު ރާއްޖެއަށް ތަޢުލީމީގޮތުން ދިވެހިދަރިން ހޯދައިދޭ ކާމިޔާބީތަކަކީ ކޮންމެ ދިވެހި ދަރިޔަކު ފަޚުރުވެރިވުން ޙައްޤު ކަމެކެވެ.

މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަސިޓީގެ ޗާންސެލާ އެވޯޑް ހާޞިލްކުރި ގއ. މާމެންދޫ ޝިމްހާޒް އަލީ ސައީދު

އަޅުގަނޑުމެންގެ ކާބަފައިންނަކީ ބުރަ މަސައްކަތުން ދިރިއުޅުން ކޮޅަށް ޖަހާފައިވާ ބައެކެވެ. އެބައިމީހުންގެ އަތްތެރި މަސައްކަތުގެ ރީތި މިސާލުތައް އަޅުގަނޑުމެންނަށް މިހާރު ފެންނަނީ އާސާރީ ތަންތަނުންނާއި ތަކެތިންނެވެ. ފަތުރުވެރިން އާޝޯޚު ކުރުވަނީ އެމަސައްކަތް ތަކުން ފެންނަ ފުރިހަމަ ކަމުންނެވެ. ހުނަރުވެރިކަމާއެކު ކޮށްފައިވާ މަސައްކަތާމެދު ކޮންމެ ދިވެއްސަކުވެސް އަންތަރީސް ވެއެވެ. ދިވެހިންގެ ސަގާފަތް ދައްކައިދޭ ފުރިހަމަކަމީ އަޅުގަނޑުމެން ފަޚުރުވެރިވުން ހައްޤު ކާމިޔާބީތަކެކެވެ.

ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައި އޮތް މި ކުޑަ ކުޑަ ދިވެހި ރާއްޖެއަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ފާހަގަ ކޮށްލެވޭ ގައުމެކެވެ. ހުނަރުވެރި ކަމާއި ހުޅުވާލެވިފައިވާ ސިކުނޑިތައް ވެސް މިކަމުގެ ހެއްކަކަށް ފުދެއެވެ. މިކަމާމެދު ފަޚުރުވެރި ވަނީ ދިވެހި ދަރިން ކުޅިވަރުގެ ރޮގުން ކުރިއަރާ މަންޒަރު ފެނުމުންނެވެ. ހަމައެކަނި ކުޅިވަރެއް ނޫނެވެ. ތަޢުލީމީ ޤާބިލް އެތައް ދަރީންނެކެވެ. ހުނަރުވެރި އެތައް ޖީލުތަކެއް ކަޑައްތު ކޮށްފިއެވެ. މިއީ އަޅުގަނޑުމެން ތާއަބަދު އުފާކުރާ ދިވެހިންގެ ދިވެހި ޤައުމުގެ ދަރީންގެ ހިތްވަރެވެ. މި ހިތްވަރުން ހޯދާ ކާމިޔާބީތަކަކީ ކޮންމެ ދިވެހި ދަރިޔަކު ފަޚުރުވެރިވުން ޙައްޤު ކާމިޔާބީއެކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *