އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހުރިހާ ގްރޭޑަކަށް ސްކޫލްތައް ހުޅުވާލަން ނިންމައިފި

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ އެލްކޭޖީ އިން ފެށިގެން މަތީގެ ހުރިހާ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މިއަހަރު ޖެނުއަރީ 10 ގައި ހުރިހާ ގްރޭޑްތަކަށް ސްކޫލްގައި ކިޔަވައިދެމުން ދަނިކޮށް ކޮވިޑް19ގެ ކޭސްތައް ކޮންޓްރޯލް ނުވާތީ، ގްރޭޑް 6 އިން ފެށިގެން ދަށް ގްރޭޑުތަކުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމީ ފެބްރުއަރީ 12 ވަނަ ދުވަހު އެވެ. އަދި އޭގެ 2 ހަފްތާ ފަހުން 28 ފެބްރުއަރީއިން ފެށިގެން ގްރޭޑް 8،7 ގެދަރިވަރުންނަށްވެސް އޮންލައިންކޮށް ކިޔަވައިދޭން ފެށުނެވެ. 8،7 ގެ ދަރިވަރުންނަށް ސްކޫލްގައި ކިޔަވައިދޭން ފެށީ މާޗް މަހުގެ 14 ވަނަ ދުވަހުންފެށިގެންނެވެ.

މިއަދު އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ޙާޟިރުކޮށްގެން ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *