ބުރާސްފަތި, 24 އޭޕްރިލް 2025

އެޗްއެސްސީ އިމްތިޙާންވެސް އަވަސްކޮށްފި

ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާން 13 ޖޫން އިން 17 ޖޫންގެ ނިޔަލަށް ބައްވާ ގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ހަމަ ޖައްސައިފިއެވެ. ކުރިން މިއިމްތިހާން ބާއްވާ ގޮތަށް ހަމަޖައްސާފައިވަނީ 27 ޖޫން އިން 30 ޖޫން އަށެވެ.

އެމިނިސްޓްރީއިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ވަނީ ދިވެހިރާއްޖޭގައި ހަދާ އޭލެވެލް އިމްތިހާން އަދި އޭއެސް ލެވެލް އިމްތިހާންތަކުގެ ތާވަލަށް އެ އިމްތިހާނު ފޯރުކޮށްދޭ އެޑެކްސެލް އިން ވަނީ ބަދަލު ގެނެސްފައިކަމާއި މިހާރު އެ އިމްތިހާނު ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ކަމުގައެވެ. ކުރިން އޭލެވެލް އިމްތިހާން ބާއްވާ ގޮތަށް އެޑެކްސެލްއިން ހަމަ ޖައްސާފައިވަނީ، މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީއިން ބުނީ މިބަދަލު ގެނެވިފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އާއި މަޝްވަރާ ކުރުމެއްނެތި ކަމުގައެވެ. އަދި މިތާރީޚް ބަދަލުކުރެވޭތޯ އެޑެކްސެލްއާއެކު ކުރެވުނު މަޝްވަރާތަކުން މިކަމަށް އަލިމަގެއް ފެނިފައިނުވާ ކަމުގައެވެ.

މިބަދަލާގުޅިގެން އެޗްއެސްސީ އިމްތިހާނު ބާއްވަން ހަމަޖައްސާފައިވަނީ އޭ ލެވެލް އަދި އޭ އެސް ލެވެލް އިމްތިހާނު ނިމުމަށްފަހު އެއްމަސް ފަހުން ނެވެ. އެއީ 13 ޖޫން އިން 17 ޖޫންގެ ނިޔަލަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *