އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 9،8،7 ގެ ދަރިވަރުން ސްކޫލަށް އައިސް ކިޔަވާ ގަޑިތަކަށް މާދަމާއިން ފެށިގެން ބޮޑު ބަދަލެއް ގެނެސްފިއެވެ.
މިގޮތުން އެންމެ ބޮޑު ބަދަލެއް ގެނެވުނީ ގްރޭޑް 7 އަދި 8 ގެ ކުލާސްތަކުގެ ގަޑި ތަކަށެވެ. މާދަމާއިން ފެށިގެން ގްރޭޑް 7 އަދި 8 ގެ ދަރިވަރުން ސްކޫލަށް އައިސް ކިޔަވަން ޖެހޭނީ ހަފްތާއަކު 4 ދުވަހުއެވެ. އެއީ އާދީއްތަ، ހޯމަ، އަންގާރަ، އަދި ބުދަ ދުވަހުއެވެ. 7 ގެ ދަރިވަރުން ސްކޫލަށް ހާޒިރުވާންޖެހޭ ގަޑިއަކީ ހެނދުނު 7:30 ން 11:15 އަށެވެ. 8 ގެ ދަރިވަރުން ސްކޫލަށް އައިސް ކިޔަވަން ޖެހޭ ގަޑިއަކީ، ހެނދުނު 10:00 ން 12:15 އަށެވެ. 7 އަދި 8 ގެ ދަރިވަރުން ބުރާސްފަތި ދުވަހު ސްކޫލަށް ހާޒިރުވާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި އެދުވަހު 8:00 އިން ފެށިގެން 12:45 އަށް އެކުދިންނަށް އޮންނާނީ އޮންލައިން ކުލާސްތަކެވެ.
މީގެ އިތުރުން ގްރޭޑް 9 ގެ ކުލާސްތަކުގެ ގަޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން 9 ދަރިވަރުން އާދިއްތަ، ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ސްކޫލްގައި ކިޔަވައިދޭނީ ހެނދުނު 6:50 ން 9:20 އަށެވެ. އެކަމަކު ބުރާސްފަތި ދުވަހު ހެނދުނު 6:50 ން 12:25 އާ ހަމައަށް ކިޔަވައިދޭނެއެވެ.
މާދަމާއިން ފެށިގެން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް 12 އާހިސާބަށް ހުރިހާ ދަރިވަރުން ކިޔަވަމުން ގެންދާނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
އަޙުމަދިއްޔާ ގައި ފޮތުން ކިޔަވައި ދިނުމުގެ އިތުރުން އިތުރު ޙަރަކާތް ފަދަ ކުދިން އޮގަނައިޒު ކޮށްގެން ބާއްވާ މިނީ ޖަލްސާ ތައް ބާއްވަން ދަސްކޮށް ދިނުން ވަރަށް މުހިންމު ކަމަށް ދެކެން.