އޭލެވެލް ފަހު އިމްތިހާން މިއަދު ފެށިއްޖެ

މޮކް އެގްޒާމް ގެ ބަދަލުގައި ގްރޭޑް 12 ގެ ދަރިވަރުންނަށް ދެވޭ ކޮންޓެންޓް އިމްތިހާން މިއަދު ފެށިއްޖެއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވިދާޅުވީ، މިގޮތަށް ހަމަޖެއްސީ އެޗްއެސްސީ އެޑެކްސެލް އިމްތިހާން ތައް 24 އެޕްރީލަށް އަވަސް ކޮށްފައިވާތީ ދަރިވަރުންނަށް އިމްތިހާނަށް ތައްޔާރުވުމަށް ލިބޭ ވަގުތުކޮޅު ކުޑަވުމާގުޅިގެން ކަމުގައެވެ.

" ސްކޫލުން ކުރިން މޮކް އިމްތިހާން ރާވާފައިވާ ގޮތުގެ ބަދަލުގައި އެޑެކްސެލް އިމްތިހާން ވެސް މިފަހަރު އޮންނަ ގޮތަށް ކޮންޓެންޓް އެސެސްމެންޓް ތަކެއް ކިޔަވައި ދިނުމުގެ ތެރެއިން ނެގިގެން ދަރިވަރުންނަށް އިމްތިހާން ދެވެމުން މިދަނީ. އިމްތިހާން ފަށާ ގޮތަށް މިއޮތީ 4 އެޕްރީލް ގައި. އިމްތިހާނާ އެކީގައި ކުލާސްތައްވެސް ހަމަ ކުރިއަށްދާނެ. ސްކޫލް ކޮންޓެންޓް އިމްތިހާން ތައް ނިމޭނީ 19 އެޕްރީލް ގައި. ދެން އެލިބޭ ހަފްތާއެއް ދެހަފްތާ ތެރޭގައިވެސް ސްކޫލްގައި ދަރިވަރުން އެޑެކްސެލް އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ކުލާސްތައް ސްކޫލްގައި ކުރިއަށް ގެންދާނެ. ދަރިވަރުން މި ލިބިފައި އޮތް ކުރު މުއްދަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ގޮތުން އެޑެކްސެލް އިމްތިހާނަށް ދަރިވަރުން ތައްޔާރު ކުރުމުގައި ވީހާވެސް ގަޑި ނުގެއްލޭނެ ފަދަ އިންތިޒާމެއް ހަމަ ޖެއްސުމުގެ ގޮތުން ސްކޫލުން އިމްތިހާންގެ ފޯމެޓަށް މިހާރު މިވަނީ ބަދަލު ގެނެވިފައި. " ޞަލާޙް ވިދާޅުވިއެވެ.

މިއަހަރުގެ ދިވެހި އިސްލާމް އިމްތިހާންވެސް ކުރިން އޮތް ތާރީޚަށްވުރެ މިހާރުވަނީ އަވަސް ކޮށްފައެވެ. މިހާރު މި އިމްތިހާން އޮންނާނީ 13 ޖޫން 17 ޖޫންއަށެވެ.  ޞަލާޙް ވިދާޅުވިގޮތުގައި ދިވެހި އިސްލާމް ކިޔަވާ ދަރިވަރުންގެ މޮކް އެގްޒާމް މިއަހަރު އޮންނާނެއެވެ. މިހާރުއޮތީ އެޕްރީލް މޭގައި މިއޮންނަ އެޑެކްސެލް އިމްތިހާނަށްފަހު ބާއްވާ ގޮތަށް ބަދަލު ކޮށްފައެވެ. އެހެންވީމާ ގްރޭޑް  12 ގެ ދަރިވަރުންނަށް އެޑެކްސެލް އިމްތިހާން ހަމަ ނިމޭހިސާބުން ހަފްތާއެއްގެ ކިޔެވުމަށްފަހު ދިވެހި އިސްލާމް މުޠާލިޢާ ކުރުމަށް ވަގުތު ކޮޅެއް ދިނުމަށްފަހު ދިވެހި އިސްލާމްގެ މޮކް އެގްޒާމް ކުރިއަށްދާނެއެވެ. ގްރޭޑް 11 ގެ ކުދިންނަށް އެޑެކްސެލް އިމްތިހާން ނިމުމަށްފަހު އެކުދިންނަށްވެސް ގްރޭޑް 12ގެ ޓޮޕިކް ތަކާއި ދިވެހި އިސްލާމް ގެ ކުލާސްތައް ނަގައިދިނުމަށްފަހު އެޗްއެސްސީ އިމްތިހާން ރާވާފައި އޮންނަ ހިސާބުގައި އެކުދިންނަށް ސްކޫލްގެ މޮކް އެގްޒާމް ވެސް ކުރިއަށްދާނެއެވެ. ދިވެހި އިސްލާމް ޓެސްޓްތަކަށް ދަރިވަރުންނަށް ވަގުތު އެބަލިބެއެވެ.  ދިވެހި އިސްލާމް ޓެސްޓްވެސް ނެގިގެންދާނީ ޓެސްޓް ގޮތަށް މޮކް އެގްޒާމް އެހެންޏާވެސް ސްކޫލްގައި ނަގާ އުޞޫލުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާގުޅިގެން ފުދޭވަރަކަށް ކުލާސްތައް ނެގުމުގައި ފުދޭވަރެއްގެ ދަތިތަކާ ކުރިމަތިވިކަމަށް ޞަލާޙް ސަރ ގަބޫލު ކުރައްވައެވެ.

" ބައެއް ދަރިވަރުން ދޭތެރެ ދޭތެރެއިން ކަރަންޓީނަށް ދިޔުމާ އަދި ހަމަ އެހެންމެ ބައެއް ޓީޗަރުންވެސް ކަރަންޓީނު ވުމާއި މިކަހަލަ ދަތިތަކެއް ކުރިމަތިވެގެން ދިޔަ.  އަޅުގަނޑުމެންނަށް މިދިޔަ އަހަރުވެސް ފުދޭވަރެއްގެ ބޮޑު ވަގުތެއް ކަރަންޓީނުގައި ނުވަތަ ފުރަ ބަންދުގައި ހޭދަވުމާއި ގުޅިގެން ކިޔަވައިދިނުން ހަމައެކަނި އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހުނު. އެހެންވީމާ ވަގުތު ތަކެއް ދަރިވަރުންނަށް ކޮންމެ ގޮތެއްވިޔަސް ގެއްލިގެން ހިނގައްޖެ.  އެހެންނަމަވެސް އަޅުގަނޑުމެން މިއަހަރު ޖެނުއަރީގައި ސްކޫލް ފެށުމާއި ގުޅިގެން ކޮންމެ ހަފްތާ ބަންދާއެކު ވަރަށް ރަނގަޅަށް ކުލާސްތައް ކުރިއަށް ގެންދެވިފައި މިވަނީ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަން ލިބިފައިވާ ވަގުތު ކޮޅަކީ އެންމެ އެކަށިގެންވާ ވަގުތު ނޫންކަން. އަދި ހަމަ އެހެންމެ އެޑެކްސެލްއިން އިމްތިހާން އަވަސް ކުރުމާއި ގުޅިގެން ލިބިފައި އޮތް ވަގުތު މިހާރު މިއޮތީ ކޮންމެވެސް ވަރަކަށް ކުރުވެސް ވެފައި." ޞަލާޙް ވިދާޅުވިއެވެ.

ޞަލާޙް ވިދާޅުވިގޮތުގައި އެޑެކްސެލް އިންވެސް ކުރިއަށް ގެންދަނީ ކޮންޓެންޓް އެގްޒާމެއްގެ ގޮތުގައެވެ. އެހެންވެ ސްކޫލުންވެސް ކޮންޓެންޓް އެގަޒާމަކަށް ބަދަލުވީމާ ކޮންމެވެސް ވަރަކަށް ވަގުތުތަކެއް އިތުރަށް ލިބެއެވެ.  އެހެންޏާ މޮކް އެގްޒާމެއް ކުރިއަށްދާއިރު ސްކޫލުގައި ކުލާސްތަކެއް އެއްވެސް ވަރަކަށް ކުރިއަކަށް ނުދާނެއެވެ. އެހެންނަމަވެސް މިހާރު މިނަގައިދޭ އިމްތިހާން ކުލާސްތަކުގައި ކިޔަވައި ދިނުމާއެކު ކުރިއަށްދާނެއެވެ. މިގޮތަށް ބަދަލު ކުރުމުން ދަރިވަރުންނަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *