އިމްތިހާން ފަސްކުރަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހަމަވާނެ

މިއަހަރު ގްރޭޑް 12 ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އޮކްޓޯބަރ ނޮވެމްބަރ ގައި ބާއްވާ އޭލެވެލް އިމްތިހާން ގައި ބައިވެރިވުމުގެ ފުރުޞަތު ދޭން އެޑިޔުކޭޝަން މިނިސްޓްރީއިން ނިންމުމާގުޅިގެން  އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެކަމަށް ބޭނުންވާ ދަރިވަރުން ސްކޫލަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފާއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވިދާޅުވީ، އިމްތިހާން އޮކްޓޯބަރަށް ފަސްކުރުމަށް ބޭނުންވާ ދަރިވަރުންނާއި އެޕްރީލްގައި އިމްތިޙާން ހަދަން ބޭނުންވާ ދަރިވަރުން ފޯމަކުން އެކަން ސްކޫލަށް ހުށަހަޅަން ޖެހޭނެކަމުގައެވެ. މިހާރު ސްކޫލް އޮފީހުން ފޯމް ލިބެން ހުންނާނެކަމާއި ފޯމް ހުށަހަޅަން ޖެހޭ  އެންމެ ފަހު ތާރީޚަކީ  އެޕްރީލް މަހުގެ 5 ވަނަ ދުވަސްކަމުގައިވެސް ޞަލާޙް ވިދާޅުވިއެވެ.

އެޑިޔުކޭޝަން އިން ބުނީ މިހިނގާ 2021 ވަނަ އަހަރުގެ އެޕްރީލް މެއި ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާންގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް އެކުދިން ބޭނުންނަމަ މިހާރު އެޕްލިކޭޝަން ވިތުޑްރޯ ކުރުމަށްފަހު މިއަހަރު އޮކްޓޯބަރު  ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުޞަތު ދޭގޮތަށް ނިންމާފައިވަނީ އޭލެވެލް އިމްތިހާން އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވަން އެޑެކްސެލްއިން ނިންމުމާގުޅިގެން ކަމުގައެވެ.

އެޑިޔުކޭޝަނުން ބުނީ އޭލެވެލް އިމްތިހާން ވިތުޑްރޯ ކުރާ ދަރިވަރުންނަށް ސްކޫލް ނަމުގައި އަލުން ބައިވެރިވެވޭނެ ކަމަށާއި މިގޮތަށް ވިތުޑްރޯ ކުރެވޭނީ އައިއޭއެލްގެ މާއްދާތައްތަކުން އެކަނި ކަމަށެވެ. އަދި އެޗްއެސްސީ އިމްތިހާން ހަދާ ދަރިވަރުންނަށް އެ އިމްތިހާނު މިހާރު ތާވަލް ކުރެވިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީއިން މިހާރުވަނީ ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލަރޝިޕް ދިނުމުގައި އެޕްރީލް މެއި ނުވަތަ އޮކްޓޯބަރ ނޮވެމްބަރު ގެ ތެރެއިން ދަރިވަރު ބައިވެރިވާ އިމްތިހާނުގެ ނަތީޖާއަށް ބެލުމަށް ނިންމާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *