ބަރަކާތްތެރި ރަމަޟާން މަހު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 7، 8، 9، 10ގެ ކުލާސްތަކުގެ ކިޔެވުން ފެށޭ ގަޑިއަކީ 8:20 ކަމުގައި ހަމަ ޖައްސައިފިއެވެ. މިގޮތުން ގްރޭޑް 7 ގެ ދަރިވަރުން އާދީއްތަ، ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ސްކޫލަށް ހާޒިރުވާންޖެހޭ ގަޑިއަކީ، ހެނދުނު 8:20 ން 12:30 އަށެވެ. ބުރާސްފަތި ދުވަހު އޮންނާނީ އޮންލައިން ކުލާސްތަކެވެ. ގްރޭޑް 8 ގެ ދަރިވަރުން ސްކޫލްގައި ކިޔަވަން ޖެހެނީ ހޯމަ ދުވަހާއި ބުދަ ދުވަހުގެ 8:20 ން 11:55 އަށެވެ. 8 ގެ ދަރިވަރުންނަށްވެސް ބުރާސްފަތި ދުވަހު އޮންނާނީ އޮންލައިން ކުލާސްތަކެވެ. ގްރޭޑް 9 ގެ ދަރިވަރުން ސްކޫލްގައި ކިޔަވަން ޖެހެނީ އަދީއްތަ، އަންގާރަ، ބުރާސްފަތި ދުވަހުގެ 8:20 ން 11:55 އަށެވެ.
ގްރޭޑް 10ގެ ދަރިވަރުން ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ހަ ދުވަހު ސްކޫލްގައި ކިޔަވަން ޖެހޭނެއެވެ. އެއީ 8:20 ން 12:35 އެކެވެ. 10ގެ ދަރިވަރުންގެ އެސްއެސްސީ، އައިޖީއެސްސީ، އިމްތިހާން މެއި މަހުގެ 2 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާތީ އެކުދިންނަށް ކޮންމެ ރެއަކު 8:30 ންފެށިގެން 10:00 އަށް އިތުރުގަޑިތަކުގެ ކުލާސްތައް ކުރިއަށް ގެންދާނެއެވެ.