އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ހެދި އަޙްމަދިއްޔާ ހަނދާނީ ގެލެރީ މިއަދު ހުޅުވިއްޖެއެވެ. މިގެލެރީ ހުޅުއްވައިދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. މިރަސްމިއްޔާތުގައި ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.

މިފަދަ ގެލެރީއެއް ހުޅުވުމުގެ ބޭނުމެއްކަމުގައި ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، މިސްކޫލްގެ ދަރިވަރުންނަށާއި އަދި ޚާއްޞަކޮށް މިސްކޫލަށް ޒިޔާރަތް ކުރައްވާ މެހްމާނުންނަށް މިސްކޫލް މިއީ ކޮން ގޮތަކަށް އުފެދިގެން އައި ސްކޫލެއްކަމާއި މިސްކޫލްގެ ތާރީޚާއި އަދި މިހާހިސާބަށް މިސްކޫލް ހޯދާފައިވާ ކާމިޔާބުތައް އެއްތަނަކުން ފެންނަ ގޮތަށް ހުރުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ވިސްނިވަޑައިގެން ކުރެއްވި މަސައްކަތެއްކަމުގައެވެ. އަދި މިރަސްމިއްޔަތުގައި މިސްކޫލް އުފެދިގެން އައިގޮތާއި ސްކޫލް ހޯދާފައިވާ ކާމިޔާބީ ތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މި ގެލެރީ ހެދުމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
2 Responses
ދިވެހި ރާއްޖެ ދުށް އެންމެ މޮޅު އެއް ޕުރިންސިޕަލް މަރުޙޫމު ޙަސަން މާހިރުގެ ދަރިވަރު އަލްފާޟިލު މުޙައްމަދު ރަޝީދު އަކީ މިހާރު ރާއްޖޭގަ ހުންނެވި އެންމެ ހިންގުންތެރި އެއް ޕުރިންސިޕަލް ކަމާމެދަކު ޝައްކެއް ނެތެވެ. ރަޝީދުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ސިފައަކީ މަޑުމައިތިރި ކަމާއި ރިވެތި އަޚުލާޤެވެ.އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލު ޖަރީވެފައި ވަނީ އެ އަޚުލާޤުންނެވެ.
އަހުމަދިއްޔާގެ ކިޔެވުމަށް މޮޅު ކުދިން ތިއްބަސް ކިޔެވުމަށް ދަށް އެހެން ކަންކަމަށް މަސައްކަތްތެރި ކަންފަދަ ކުޅިވަރު ފަދަ ކުދިންގެ ޝައުޤު ހުންނަ ހުނަރުތައް ކުރިއެރުވުމަށް އިތުރަށް މަސައްކަތް ކުރަން ޖެހެއެވެ.