އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގުރޭޑް 10ގެ ސައިންސް ސްޓްރީމްގައި ކިޔަވާ ދަރިވަރުންގެ ސައިންސް މާއްދާތަކަށް ޚާއްޞަކޮށްގެން "ސައިންސް ކޭމްޕް"ގެ ނަމުގައި ކޭމްޕެއް ފަށައިފިއެވެ. އަަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ލެބޯޓްރީގައި ކުރިއަށް ދާ މި ކޭމްޕުގައި މިއަދު ފަށާފައިވަނީ ފިޒިކްސް މާއްދާގެ ބައިތަކެވެ. މިއަދާ މާދަމާވެސް ފިޒިކްސް ކޭމްޕު ކުރިއަށްދާނެއެވެ.
މިފަދަ ކޭމްޕެއްގެ މައިގަނޑު މަޤްޞަދަކީ މާއްދާގެ ފިލާވަޅުތައް މުޠާލިޔާ ކުރުމާއި އިމްތިހާނުގެ ކުރިން، ސައިންސް މާއްދާގެ އަމަލީ ބައިތައް ދަރިވަރުންނާއެކު ފަރިތަކުރުންކަމަށް މާއްދާގެ ޓީޗަރުން ފާހަގަކުރެއެވެ.
ސައިންސް މާއްދާތައްކަމަށްވާ ފިޒިކްސް، ބައިލޮޖީ އަދި ކެމިސްޓްރީ މި ތިން މާއްދާގެ އޯލެވެލް އިމްތިހާނުގައި "ޕްރެކްޓިކަލް ޕޭޕަރެއް" ހިމެނިފައި އޮވެއެވެ. މިފަދަ ކޭމްޕެއްގެ ސަބަބުން ދަރިވަރުންނަށް އަމަލީ ތަޖުރިބަތައް ލިބޭނަމަ ޕްރެކްޓިކަލް ޕޭޕަރުގެ ސުވާލުތަކަށް ޖަވާބުދޭން ފަސޭހަ ވެެގެންދާނެއެވެ.



މިހާރު ކުރިއަށްދާ ސައިންސް ކޭމްޕުގައި ބައިލޮޖީ އާއި ކެމިސްޓްރީ ކޭމްޕްވެސް އޮންނާނެއެވެ.