ބުރާސްފަތި, 24 އޭޕްރިލް 2025

އޭލެވެލް އިމްތިހާން މިއަދު ފަށައިފި

ރާއްޖޭގައި އޭލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ. މި އިމްތިޙާނުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ބައިވެރި ވެފައިވަނީ  403 ދަރިވަރުންނެވެ. މިއަދު އެންމެ ފުރަތަމަ އޮތީ ޕިއޯ މެތަމެޓިކްސް 1 އެވެ. އަދި ބަޔޮލޮޖީ ކަރުދާހެއްވެސް މިއަދު އޮންނާނެއެވެ.

ކުރިން މިއިމްތިހާން ފަށާގޮތަށް އޮތީ މެއިމަހުގެ 5 ވަނަ ދުވަހުއެވެ.  ނަމަވެސް އޭލެވެލް އިމްތިހާން އަދި އޭއެސް ލެވެލް އިމްތިހާންތަކުގެ ތާވަލަށް އެ އިމްތިހާނު ފޯރުކޮށްދޭ އެޑެކްސެލް އިން ގެނައި ބަދަލާ ގުޅިގެން އިމްތިހާން ފަށާދުވަސް އަވަސްކޮށް އެޕްރީލް މަހުގެ 26 ވަނަ ދުވަހު އިމްތިހާން ފަށާ ގޮތަށް ހަމަޖެއްސީއެވެ. މި އިމްތިހާން އަންނަ މޭ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އިމްތިހާން ހޯލަށް ވަނުމުގެ ކުރިން ސްޓޭޓްމެންޓް އޮފް އެންޓްރީ ޗެކް ކުރަނީ…. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މިއަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓިފިކެޓް (އެޗްއެސްސީ) އިމްތިހާނު ބާއްވަން ހަމަޖައްސާފައިވަނީ އޭ ލެވެލް އަދި އޭ އެސް ލެވެލް އިމްތިހާނު ނިމުމަށްފަހު އެއްމަސް ފަހުން ނެވެ. އެއީ 13 ޖޫން އިން 17 ޖޫންގެ ނިޔަލަށެވެ.

އޭލެވެލް އިމްތިހާން ގައި މިއަހަރު މުޅިރާއްޖެއިން ބައިވެރިވެފައިވަނީ 2821 ދަރިވަރުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *