އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގުރޭޑް 10ގެ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކޮންމެ އަހަރަކުވެސް ތަފާތު ޕްރޮގްރާމް ތަކެއް ހިންގެއެވެ. ކޮންމެ އަހަރަކުވެސް އިމްތިހާނާ ކައިރިވުމުން ތަފާތު ވޯކްޝޮޕް ތަކާއި ކޭމްޕްތައް ދަނީ ބާއްވަމުންނެވެ. މިގޮތުން މިއަހަރުވެސް ވޭތުވެދިޔަ ހަފްތާ އާއި މިހަފްތާ ވެސް ސައިންސްގެ މާއްދާތަކުންނާއި ދިވެއްސާއި އިސްލާމުންވަނީ ކޭންޕުތައް ބާއްވާފައެވެ.
ސައިންސްގެ މާއްދާތަކުން ކޭންޕު ބޭއްވުމުގެ ބޭނުމާބެހޭގޮތުން ފިޒިކްސް ޑިޕާޓްމެންޓްގެ ފަރާތުން މޫސާ ޞަލާޙް ވިދާޅުވީ، ސައިންސް ފިޒިކްސް ކެމިސްޓްރީ ބަޔޮލޮޖީ މާއްދާގެ އޯލެވެލް ދަރިވަރުން ބައިވެރިވާ އަލްޓަނޭޓިވްޓް ޕްރެކްޓިކަލް ޕޭޕަރގެ ޕްރެކްޓިކަލް ބައިތައް ދަރިވަރުންނަށް ވަރަށް ބޮޑަށް ދަސްވެފައިވާނޭ ކަމުގައެވެ.

" އެކްސްޕެރިމެންޓެއް ހަދަންވާގޮތް ނޫނިއްޔާ އެކްސްޕެރިމެންޓެއް އިތުރަށް ރަނގަޅު ކުރާނެގޮތް އަދި ހަމަ އެހެންމެ އެކްސްޕެރިމެންޓެއް ހެދުމުގައި ދަރިވަރުންނަށް ކުރިމަތިވާ އުނދަގޫތަކާއި ދަތިތަކާއި އެކަންތައް ހައްލުކުރާނެގޮތް އެކްސްޕެރިމެންޓްތައް އަމަލީ ގޮތުން ދަރިވަރު ހެދުމުން ދަރިވަރަށް ވަރަށް ބޮޑަށް ދެނެގަނެވޭގޮތް އެބަވޭ، އެހެންވީމާ އެމަގުޞަދުގައި އަޅުގަނޑުމެން ކޮންމެ އަހަރަކުވެސް ސައިންސް ކޭންޕު ސްކޫލްގައި މިބާއްވަނީ." ޞަލާޙް ސަރ ވިދާޅުވިއެވެ.
ޞަލާޙް ސަރ ވިދާޅުވީ. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅުކަމަށާއި ދަރިވަރުންގެ ކޮމެންޓްވެސް، ދަރިވަރުންގެ ފަރާތުން ލިބޭ ޚިޔާލުތައްވެސް ވަރަށް ރަނގަޅުކަމުގައެވެ. އަދި އެކޭމްޕްތަކުގެ އެކްސްޕެރިމެންޓްތަކުގައި ދަރިވަރުން ބައިވެރިވުމަކީ ދަރިވަރުންވެސް ވަރަށް ކުރާހިތުން ކުރާކަމެއް ކަމާއި، ސެލެކްޓެޑް އެކްސްޕެރިމެންޓްތަކެއް މިހާރު މިހަދަނީ އިމްތިހާން ކަރުދާހުގައި އާއްމުގޮތެއްގައި އަހާ ސުވާލުތަކަށް ބިނާކޮށް ދަރިވަރުންނަށް ވީހާވެސް އިމްތިހާނާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމުގައެވެ.
މި ފަދަ ކޭންޕުތަކުގެ ސަބަބުން ދަރިވަރުންނަށް ކުރަނީ ކިހާވަރެއްގެ ފައިދާއެއްބާވައެވެ.

" ވަރަށް ބައިވަރު އެއްޗެހިތަކެއް އެނގިގެންދިޔަ. ކުރިން އޮޅުން ނުފިލާހުރި ބައިވަރު އެއްޗެހިތަކެއް އޮޅުންފިލައިގެން ދިޔަ. ޖަވާބު ލިޔަން ފަސޭހަވެގެންދާނެ. ޖަވާބު ލިޔާނެ ގޮތްތައް މިހާރު ވަރަށްބޮޑަށް އެނގިއްޖެ. އެކްސްޕެރިމެންޓް ކަހަލަ އެއްޗެހި ހަދާފަ ހުރީމަ އެނގޭނެ އެކްސްޕެރިމެންޓް ލިޔަންޖެހުނީމަ ކިހިނެއްކަން ލިޔާނީ، ދެން ދިވެހި އިސްލާމްގައިވެސް އެނގުނު އެއްޗެހީގަވެސް ޖަވާބު ކިހިނެއް ލިޔުނީމަކަން މާކުސް ގިނައިން ލިބޭނީ" ގްރޭޑް 10އޭގެ ދަރިވަރު ފާޠިމަތު މަޒާޔާ ޔޫސުފް ބުންޏެވެ.
" މިއިން އަޅުގަނޑުމެންނަށް އެންމެ ބޮޑު ފައިދާއަކަށްވަނީ އިމްތިހާނުން އަންނާނެފަދަ ސުވާލުތަކާއި ޖަވާބުދޭންވީ ރަނގަޅު ގަވާއިދުތައް އަޅުގަނޑުމެންނަށް ކިޔައިދޭތީ. ސައިންސް މާއްދާގެ ކޭންޕުތަކުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ފައިދާތަކަކީ އަޅުގަނޑުމެންނަށް އެ ޕްރެކްޓިކަލް އެގުމާއެކީ، އަޅުގަނޑުމެންނަށް އެބަ އެނގޭ އެގްޒާމްގައިވެސް ހަދާނެ ރަނގަޅުގޮތް. ޕްރެކްޓިކަލްތަކުގެ ޕޭޕަރުތައް ރަނގަޅަށް އޮޅުންފިލުވާލަދެވޭތީ. އުނދަގޫތަކާއި އޭގައިވެސް ރަނގަޅަށް ހަދަންވީގޮތް ތަކާއި އޭގައި ބޭނުންކުރަންވީ އުސޫލުތައްވެސް އެބަ އިނގޭ." ގްރޭޑް 10އެފް ގެ ދަރިވަރު މުހައްމަދު ޝައިހާން އަޙްމަދު ޝަފީގު ބުންޏެވެ. ޝައިޚާން ބުނީ، ދިވެހި އިސްލާމުންވެސް ހަރަކާތްތަކުގެ ރިވިޝަންތަކާއި ސުވާލުތަކަށް ޖަވާބުދޭންޖެހޭ ފުރިހަމަ ރަނގަޅުގޮތް ކޭންޕުން އެނގުނު ކަމުގައެވެ.
ކޭންޕާ ގުޅޭ ގޮތުން 10އީގެ ދަރިވަރު މުޙައްމަދު އަލްތަފް އިބްރާހީމް ބުނީ، ސައިންސް ކޭންޕުތަކުންނާއި ސެޝަންތަކުން އިމްތިހާނުތަކުގައި އަންނާނެ ފަދަ ސުވާލުތަކާއި އިމްތިހާނާގުޅޭ ވަރަށް މުހިއްމު މައުލޫމާތުތަކެއް ލިބުނު ކަމުގައެވެ. ސައިންސް ކޭންޕުތަކުން ސުވާލުތަކަށް ޖަވާބުދޭނެ ގޮތާއި ބައެއްސުވާލުތަކަށް ޖަވާބުތައް ބައްޓަންކުރަން ޖެހޭ ގޮތް ރަނގަޅަށް ކިޔައިދިން ކަމުގައެވެ.

އިސްލާމް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ކޭންޕުގެ ސަބަބުން އެންމެ ފަހުވަގުތު މުހިއްމު ހުރިހައި ފިލާވަޅު އެއްތަނެއްގައި ތިބެ މުޠާލިޔާ ކޮށްލުމަކީ ކާމިޔާބު ގޮތެއް ކަމަށާއި މިކަމުގެ ސަބަބުން ވަގުތު ސަލާމަތްވެ އިތުރަށް ކިޔަވަން ވަގުތުވެސް ލިބޭކަމަށެވެ. އަދި މޮކް އެގްޒާމްގައި ތަންކޮޅެއް ދަށުން ލިބޭ ދަރިވަރުންވެސް ކޭމްޕުގައި ބައިވެރިވެ، ކޭމްޕުން ލިބޭ ފިލާވަޅުތަކުގެ އަލީގައި ނަތީޖާއަށް އެދެވޭ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާކަން ވެސް ފާހަގަކުރެވޭ ކަމަށެވެ.

ދިވެހި ޑިޕާޓްމަންޓުން ފާހަގަ ކުރާގޮތުގައި، މިކޭންޕު މިއަހަރު ބާއްވަންޖެހޭ އެންމެ މުހިއްމު ސަބަބަކީ، އެސް.އެސް.ސީ އިމްތިހާންގެ ސިލަބަހަށާއި ސުވާލު ކަރުދާހަށް މިއަހަރު ވަރަށް ބޮޑު ބަދަލު ތަކެއް އައިސް ފައިވާތީ، އެ ބަދަލުތައް އެންމެ ފަހު ވަގުތުވެސް ދަރިވަރުންގެ ހަނދާނުގައި ބެހެއްޓުމެވެ. އަދި ސުވާލު ކަރުދާހަށް ޖަވާބު ދިނުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދީ ޢަމަލީ މަސައްކަތް ތަކެއް ކުރުވުމެވެ.
ގްރޭޑް 10ސީގެ އާމިނަތު މައިހާ ޝިހާމް ބުނީ މިކޭންޕުގެ ސަބަބުން ސުވާލުތައް އަންނާނެ ގޮތްތައް ވަރަށް ރަނގަޅަށް އެނގުނުކަމުގައެވެ.
"ޖަވާބުތައް އިބާރާތް ކުރަންވީ ގޮތްތައް ވަރަށް ރަނގަޅަށް ކިޔައިދިން. ފޮތުގައި ނެތް ތަންތަނުން ސުވާލުއަތުވެދާނެތީ އެކަންތައްތަކަށްވެސް އަލިއަޅުވާލި. އެއީ ކައްފާރާގެ ވާހަކަވެސް ފޮތުގައެއްނެތް. އެކަމަކު އިސްލާމްގައި އެތަކެތި ކިޔައިދިން ވޯކްޝޮޕްގައި." މައިހާ ބުންޏެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކެޕްޓަން ގްރޭޑް 10ބީގެ ދަރިވަރު އަންޖަލް މުޙައްމަދު އަގީލްބުނީ، މިކޭންޕުތަކުގެ ސަބަބުން އިމްތިހާން ތަކަށް ޖަވާބުދޭން މާބޮޑަށް ފަސޭހަވާނެ ކަމުގައެވެ. ކޭންޕުގައި އެމަސައްކަތްކުރުމުން ހަނދާންހުރީމާ ދަސްކުރުމަށްވެސް ފަސޭހަވި ކަމުގައެވެ.

"އެކި އެކި ޕޭޕަރުތައް ހަދާގޮތާއި އެޕޭޕަރުތަކަށް ސުވާލުދޭގޮތްތައް ކިޔާދިނީމާ އިމްތިހާނުގައި އެސުވާލުތަކަށް ޖަވާބުދޭންވެސް އިތުރަށް ފަސޭހަވޭ. އަދި އިތުރު މައުލޫމާތުވެސް ކުދިންނަށް އެނގިގެންދޭ. ނޭނގޭ ކަންތައްތައް ޓީޗަރުން ގާތު އަހައި އޮޅުންފިލުވައިގެން މާބޮޑަށްވެސް ފަސޭހަވެގެންދޭ. ކޭންޕުގައި ބޮޑަށް ސީދާ އަމާޒުކޮށްފައިވަނީ ސުވާލުތަކަށް ޖަވާބުދޭގޮތް ކިޔައިދިނުން ކަމަށްވެފައި އެހުރިހާ އެއްޗެއް ކިޔައިދިނީމާ އެކުދިންނަށް ވަރަށްބޮޑު ލުއިކަމެއް ލިބޭނެ." އަންޖަލް ބުންޏެވެ.
ސްކޫލްގެ ޑެޕިޔުޓީ ކެޕްޓަން ގްރޭޑް 10 ޖީގެ ދަރިވަރު އާދަމް ނާއިޝް ނަސީމް ބުނީ، މިކޭންޕުގެ ސަބަބުން ވަރަށްބޮޑު ފައިދާއެއް ލިބުނު ކަމުގައެވެ.

"އަޅުގަނޑުމެންނަށް ނޭގޭ އެއްޗެތި ވަރަށް ބޮޑަށް އެނގޭ އިމްތިހާނުގައި ޖަވާބު ދިނުމުގައި އަސްލު ކިޔަވާ އިރަކު ނޭގޭނެ ޖަވާބު ދޭނެ ގޮތެއް. މިހާރު އެނގޭ ސީދާ ސުވާލަށް ޖަވާބުދޭން." ނާއިޝް ބުންޏެވެ.
ގްރޭޑް 10ޑީ ގެ ލަޔާން މުހައްމަދު ރަޝީދު ބުނީ މިކޭންޕުން ސުވާލުތަކަށް ޖަވާބުދޭންޖެހޭގޮތް ވަރަށް ރަނގަޅަށް އެގިގެންދިޔަކަމާއި ފިލާވަޅުގައި ނޭނގިހުރި އެއްޗެހި ނޭގޭ ބައިތައްވެސް އިތުރަށް އެނގުނު ކަމުގައެވެ. ފޮތުގައި ނުހުންނަ އިތުރު މައުލޫމާތުތައްވެސް އެނގުނުކަމަށާއި ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އިތުރު އެހީތެރިކަމެއް ލިބުނު ކަމުގައެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ސްކޫލާއި ބެލެނިވެރިން ގުޅިގެންކުރާ ބުރަ މަސައްކަތުގެ ނަތީޖާ ވޭތުވެދިޔަ އަހަރުތަކުގައި ލިބިފައިވަނީ ވަރަށްވެސް ފަހިކޮށެވެ.