ބުރާސްފަތި, 17 އޭޕްރިލް 2025

އޭލެވެލް އިމްތިހާނުގެ ކަރުދާހެއް ލީކުވީ ރާއްޖެއަކުންނޫން: އެޑިއުކޭޝަން

އޭލެވެލް އިމްތިހާނުގެ ކަރުދާހެއް ލީކުވެފައިވަނީ، ރާއްޖެއަކުން ނޫންކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

އޭލެވެލްގެ ބައެއް ކަރުދާސްތައް ލީކުވެފައިވާ ކަމުގެ އަޑުތައް އެރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ އެދުވަހު އޮތް ފިޒިކްސް ކަރުދާހެވެ. އަދި ހުކުރު ދުވަހު އޮތް މެންދުރުފަހު އޮތް ބަޔޮލޮޖީ ކަރުދާސްވެސް ލީކު ވެފައިވާކަމުގެ އަޑުތަކެއްވަނީއަރާފައެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުޞޫލުތަކާއެއްގޮތަށް ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްދާ ކަމުގައެވެ.  އަދި ރާއްޖޭގެ އެއްވެސް ސެންޓަރަކުން މި އިމްތިހާނުގެ ކަރުދާހެއް ލީކުވެފައި ނުވާ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ވަނީ ދީފަ އެވެ.

މިނިސްޓްރީން ބުނީ މިއިމްތިހާންގެ ބައެއް ކަރުދާސްތައް ރާއްޖެއިން ބޭރުގެ ބައެއް އޮންލައިން ޕްލެޓްފޯމް ތަކުން ލީކުކުރަމުންދާ ކަމުގެ ވާހަކަ ދެކެވޭކަމުގައެވެ. އެމަޢުލޫމާތު ލިބުމާގުޅިގެން އެޑެކްސެލްއިން މިމައްސަލަ މިހާރު ބަލަމުންދާކަމުގައި އެޑިޔުކޭޝަންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.  އަދި އެޑެކްސެލް އިން އަންގަންދެން މިހާރު ތާވަލް ކުރެވިފައިވާ ގޮތަށް ރާއްޖޭގައި އޭލެވެލް އިމްތިހާން ކުރިޔަށްދާނެކަމަށްވެސް އެޑިޔުކޭޝަންއިންވަނީ އަންގާފައެވެ.

އޭލެވެލް އެޑެކްސެލް އިމްތިހާން ފަށާފައިވަނީ މިދިޔަ ހޯމަދުވަހުއެވެ. މިއަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓިފިކެޓް (އެޗްއެސްސީ) އިމްތިހާނު ބާއްވަން ހަމަޖައްސާފައިވަނީ އޭ ލެވެލް އަދި އޭ އެސް ލެވެލް އިމްތިހާނު ނިމުމަށްފަހު އެއްމަސް ފަހުންނެވެ. އެއީ 13 ޖޫން އިން 17 ޖޫންގެ ނިޔަލަށެވެ.

އޭލެވެލް އިމްތިހާން ގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން 403 ދަރިވަރުން ބައިވެރިވެއެވެ. މިއަހަރު މުޅިރާއްޖެއިން އިމްތިހާންގައި ބައިވެރިވެފައިވަނީ 2821 ދަރިވަރުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *