އެސް.އެސް.ސީ އިމްތިހާނު ފެށިއްޖެ.

ގްރޭޑް 10ގެ ދަރިވަރުންގެ ބޮޑު އިމްތިހާނު މިއަދު ފެށިއްޖެއެވެ. މިއަދު ފަށާފައިވަނީ އެސް.އެސް.ސީ އިމްތިހާނެވެ. އައި.ޖީ.ސީ.އެސް.ސީ އިމްތިހާނުގެ ކަރުދާސްތައް މޭ ހަތަރެއްގައި ފެށޭނެއެވެ.

މިހާރު ގުރޭޑް 10ގައި ކިޔަވާ ދަރިވަރުންގެ އިމްތިހާނު 2020ގެ އޮކްޓޫބަރުގައި ފަށާގޮތަށް ކުރިން އޮތްނަމަވެސް މިހާރު ފެތުރިފައިމިވާ ކޮވިޑްގެ ހާލަތުގެ ސަބަބުން އިމްތިހާނުތައްވަނީ މުއްދަތެއް ނެތްގޮތަށް މެދުކަނޑާލާފައެވެ.  2020ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނެރުނު ސާކިއުލާއަކުން މިގޮތަށް ނިންމާފައިވީނަމަވެސް ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭނަމަ އިމްތިހާނުތައް ބޭއްވޭނެކަމަށް ކެމްބްރިޖް އިން ވަނީ ފަހުން އަންގާފައެވެ.

އިމްތިހާނު ހެދުމަށް އަޙްމަދިއްޔާގެ ދަރިވަރުންކޮޅެއް ހޯލަށް ވަންނަނީ – އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އެހެންކަމުން އިމްތިހާނުތައް މެއި/ޖޫން އަށް ތާވަލްކޮށް އެސް.އެސް.ސީ އިމްތިހާނުތައްވެސް މިދުވަސްވަރަށް ތާވަލްކުރިއެވެ. އެގޮތުން މިހާރު ކުރިއަށް ދާ އިމްތިހާނުގައި އިސްލާމް މާއްދާ އޮންނާނީ މިއަދާއި މާދަމާގައެވެ. އަދި ދިވެހި މާއްދާގެ އިމްތިހާނު އޮންނާނީ މޭ އަށެއް އަދި ނުވައެއްގައެވެ.

މިއަދު ފެށިގެން ކުރިއަށްދާ އިމްތިހާނުގައި، ކޮވިޑަށް ޕޮޒިޓިވްވެގެން އައިސޮލޭޓްކުރާ އަދި ކަރަންޓީންކުރާ ދަރިވަރުންނަށް އިމްތިހާނު ދިނުމުގައި އަމަލުކުރާނެ އުސޫލެއް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑި.ޕީ.އީ)އިން ވަނީ ކަނޑައަޅާފައެވެ. މިގޮތުން އައިސޮލޭޝަންގައި ތިބި ދަރިވަރުން އިމްތިހާނު ހެދުމަށް ހަމަޖެހިފައިވަނީ ޑީ.ޕީ.އީ އިން ކަނޑައަޅާ ވަކި ހޯލެއްގައެވެ. އެހެންނަމަވެސް ކަރަންޓީނުގައި ތިބި ދަރިވަރުން އިމްތިހާނު ހެދުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އެދަރިވަރަކު ކިޔަވަމުންދާ ސްކޫލުގައެވެ.

މާލޭގައި އައިސޮލޭޓް ކޮށްފައިވާ ދަރިވަރުން އިމްތިހާނު ހޯލަށް ގެންދާނީ އެޗްޕީއޭގެ ބެލުމުގެ ދަށުންނެވެ. އުސޫލުގައި ބުނާގޮތުން އައިސޮލޭޓްކޮށްފައިވާ ދަރިވަރުން އިމްތިހާނު ނިންމުމަށް ފަހު އެ ކެންޑިޑޭޓަކު އައިސޮލޭޓްކޮށްފައިވާ ތަނަކަށް ގެންދަން ޖެހޭނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *