ބުރާސްފަތި, 17 އޭޕްރިލް 2025

2021-2020ވަނަ އަހަރުގެ ފަހު އިމްތިހާން މެއި 30ގައި ފަށަނީ

މާލެ ސަރަހައްދުގެ ސްކޫލްތަކާއި ކޮވިޑް 19ގެ ވޭދަނަތައް ފާހަގަކުރެވިފައިވާ ސްކޫލްތަކުގެ ގްރޭޑް 9 އެއްގެ ފަހު އިމްތިހާނު 30 މެއި 2021 އަށް ފަސްކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ. މިނިސްޓްރީއިން ރާއްޖޭގެ ހުރިހައި ސްކޫލުތަކަށް ފޮނުވާފައިވާ މެމޯގައި ބުނެފައިވަނީ ދިރާސީ އަހަރެއް ނިމިގެންދާއިރު ދަރިވަރުންނަށް ހާސިލްވީ މިންވަރު ވަޒަންކުރުން މުހިއްމު ކަމަށެވެ. އެހެންކަމުން ގްރޭޑް 9ގެ ދަރިވަރުން ސްކޫލަށް ހާޒިރުވެ އިމްތިހާނުތަކުގައި ބައިވެރިވާގޮތަށް އިމްތިހާނުތައް ރޭވިގެން ދާނެއެވެ. މީގެ ކުރިން މި ސެމެސްޓަރގެ އިމްތިހާނު މެއި 22ގައި ފަށަން ތާވަލް ކުރެވިފައި ވީނަމަވެސް، މި ގެނެވުނު ބަދަލާއެކު ދެން އިމްތިހާނު ފެށޭނީ މެއި 30ވަނަ ދުވަހުއެވެ.

ގްރޭޑް 9ގެ ދަރިވަރުން ސްކޫލަށް އައިސް އިމްތިހާނު ހަދާގޮތަށް ހަމަޖެހިފައި އޮތްނަމަވެސް ގްރޭޑް 7 އަދި 8 ގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގައި ޓީޗަރ ބޭސްޑް އެސެސްމަންޓް ބޭނުންކުރުމަށް މިނިސްޓްރީގެ މެމޯގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން މި ގްރޭޑްތަކުގެ އިމްތިހާނު ރޭވިގެންދާނެ ގޮތްތަކާމެދު މިހާރުދަނީ މަޝްވަރާ ކުރެވެމުންނެވެ. އަދި މިކަންކަން ހަމަޖެހުމާއެކު ބެލެނިވެރިންނާއި ދަރިވަރުންނާ ހިއްސާކުރެވޭނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *