ބުރާސްފަތި, 17 އޭޕްރިލް 2025

ވެކްސިން ފުރިހަމަނުކުރާ މީހުން ސްކޫލްތަކަށްވަނުން މަނާކޮށްފި

އަންނަމަހުން ފެށިގެން ސުކޫލުތަކަށް ވަދެނުކުމެ އުޅެވޭނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީސްމީހުންނަށް އެކަނި ކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގައިފިއެވެ.

ވެކްސިން ނުޖަހާ ޓީޗަރުންނާއި، އެހެނިހެން މުވައްޒަފުންނާއި، ވެކްސިން ޖެހޭ އުމުރުގެ ސްކޫލްގެ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ސްކޫލަށް ވަދެ ނުކުމެވޭނީވެސް ވެކްސިން ފުރިހަމަކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި، ކޯވިޑް-19އިން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަށް ފުރިހަމަ ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *