ފުޅާ ދާއިރާއެއްގައި ސިހުރުގެ ކަންތައް ހިނގަމުންދާއިރު، މިފަދަ ނުބައި އަމަލެއް މި ހިންގަނީ ކީއްކުރަން ކޮން ބޭނުމެއްގައިތޯ ބަލައިލުމަކީ މުހިންމު ކަމެކެވެ.
ރާއްޖޭގައި ފަންޑިތަ ސިހުރު ހަދަމުންދާ ބޭނުންތަކަށް ބަލައިލާއިރު، ދެ މީހެއްގެ ދެމުދުގައި ލޯބި ޖެއްސުމަށާއި، ދެމަފިރިން ވަރި ކުރުމަށް ސިހުރު ހަދާފައި އެބަހުއްޓެވެ. މިފަދަ ސިހުރަށް ދިވެހިން ކިޔައި އުޅެނީ އިސްތިރި ވަރިތޮޅިއެވެ. ކިޔެވުމަށް މޮޅު ކުދިން ކިޔަވާ ހިތް ކެނޑުވުމަށާއި، ކިޔެވުމަށް ދަށް ކުދިން ކިޔަވާ ހިތް ޖެއްސުވުމަށް ވެސް ސިހުރުހަދައެވެ. މިފަދަ ބައެއް ސިހުރުތައް ނުއަތަށް ގޮސް ދަރިންގެ ކުރިމަގަށް އޭގެ ނޭދެވޭ އަސަރުކޮށްފައި ހުރީ މަދެއްކޮށެއް ނޫނެވެ. ކިޔެވުން ހަލާކުކޮށްލުމަށް ވަރަށް ގިނަ ފަހަރު ސިހުރުހަދާފައި ވަނީ ވަރަށް ކައިރި އާއިލީ މެންބަރުންނެވެ. ހަސަދަވެރިކަމުގެ އަލިފާންރޯވެ، އެކަކަށް ވުރެ އަނެކަކު މޮޅުވާތަން ބަލަން ކެތް ނުވެ މި ކުޑަކުޑަ ދިވެހި މުޖުތަމައުގައި މި ފަދަ ނުރައްކާތެރި ސިހުރަކީ ދެބެންގެދެދަރި މީހުންނާއި ޚުދު އެއްބަނޑުއެއްބަފާ މީހުންގެ މެދުގައި ވެސް ހަދާ ސިހުރުކަމަށް ވުމީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެކެވެ. ދިވެހި ސަގާފަތުގައި ސިހުރުހަދާ އެހެން ބޭނުންތަކުގެ ތެރޭގައި ދުނިޔަވީ މަންފާ ހޯދުމާއި، އަނެކާގެ ކުރިއެރުވުން ހުއްޓުވުމަށާއި، ވިޔަފާރިއަށް ހުރަސްއެޅުމަށާއި، މަސްވެރިކަމުގެ ކަންކަމުގައާއި، ސިޔާސީ ގޮތުން ބާރުވެރިވުމަށް ވެސް ސިހުރުހަދާފައި އެބަހުއްޓެވެ. މިދިޔަ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ގދ. އަތޮޅުގެ ރަށެއްގައި ބައެއްގެ ދަނޑުވެރިކަންކުރާ ދަނޑެއް ހޯދުމަށް އަންހެން ސިހުރުވެރިއަކު ސިހުރު ހެދި މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ.
އިސްވެ ދެންނެވިފަދަ އެތައް ކަމަކަށް ދިވެހި ސަގާފަތުގެ ތެރޭގައި ސިހުރުގެ ބޭނުންހިފާއިރު، އަދި ޒަމާނުއްސުރެ މި ނުބައި ޢަމަލު މި ސަގާފަތުގެ ތެރޭގައި އޮތް އިރު، މިއީ ކިހިނެއް ކޮންގޮތަކަށް ކުރާ ކަމެއްތޯ ބެލުމަކީ މުހިއްމު ކަމެކެވެ. އަބްދުލް މުއީދު ޙަސަން (2008) ހާމަކުރައްވާ ގޮތުގައި ސިހުރު ހަދަން ބޭނުންވާ މީހާ އެންމެ ފުރަތަމަ ޞިޙުރުވެރިން ގާތުގައި އެމީހަކު އެ ބޭނުންވާ ސިހުރެއް ހަދައިދިނުމަށް އެދެއެވެ. މިކަން ކުރަނީ އާއްމުކޮށް އެ ސިހުރުވެރިޔާ ކައިރިއަށް ގޮސްގެންނެވެ. ސަބަބަކީ ސިހުރުހެދުމަކީ ރާއްޖޭގައި ކުށަކަށްވާތީ ދިވެހިން މިކަން ކޮށް އުޅެނީ ވަރަށް ސިއްރުން ކަމަށްވާތީ، ސިހުރުވެރިޔާ އާ އެކު ކުރެވޭ އެއްވެސް މުއާމަލާތެއް އިތުބާރުނުކުރެވޭ މީހަކަށް ފޯރަން ބޭނުންނުވާތީއެވެ. އެހިސާބުން ސިހުރު ހަދާ މީހާ، ސިހުރު ޖައްސަންބޭނުންވާ މީހާއާ ބެހޭ މުހިއްމު މައުލޫމާތުތައް ކަމަށްވާ ނަމާއި މަންމަގެ ނަން ފދަ މައުލޫމާތު ހޯދުމަށްފަހު ސިހުރު ޖައްސަން ބޭނުންވާ މީހާގެ ބޮލުން އިސްތަށްޓާއި އެމީހާގެ ނިޔަފަތި، އަންނައުނު އަދި ތަސްވީރު ފަދަ ތަކެތި ހޯދައެވެ. ދިވެހިރާއްޖޭގައި އާންމުކޮށް ސިހުރުހަދަނީ ބިމުގައި ވަޅުލައިގެން ކަމަށްވީ ނަމަވެސް، ތަފާތު އެކި ބާވަތްތަކުގެ ތަކެތި ބޭނުންކޮށްގެން އިންސާނުންގެ ސިފައަށް ތަކެތި ހަދައިގެން އެއަށް ތޫނު އެއްޗެއް ހަރައިގެންނާއި، ފެނުގައި ސިހުރު ބަހައްޓައިގެން ވެސް ސިހުރުހަދައެވެ. ފެނަށް ކިޔަވައިގެން އެ ފެން ބޯންދީގެން ވެސް ސިހުރުހަދައެވެ. އާންމުކޮށް ސިހުރުވަޅުލަނީ ގޭގެ މައި އޮޅީގަ އާއި ގޯތީގެ ހަތަރު ކަނުގައެވެ. މީގެއިތުރުން އެކި ބާވަތްބާވަތުގެ ކާބޯތަކެއްޗަށް ކިޔަވާފައި، ސިހުރުޖައްސަން ބޭނުންވާ މީހާއަށް އެތަކެތި ކާންދީގެން ވެސް ސިހުރުހަދައެވެ. މި ގޮތްތަކުގެ ތެރެއިން އެ ސިހުރަކީ ބިމުގައި ވަޅުލާ ސިހުރެއްތޯ ނުވަތަ ފެނުގައި ބަހައްޓާ ސިހުރެއްތޯ ކަނޑައަޅައި، ސިހުރު ހެދުމަށްޓަކައި ސިހުރު ހެދޭ ފަރާތުގެ ނަމާއި އެ މީހާގެ މަންމަގެ ނަން ހޯދުމަށްފަހު ނަމުގެ އަކުރުތައް ގުނައެވެ. އަދި އެ ދެ ނަމުގެ އަކުރުތައް ބަލައިގެން، އަލިފާނުގެ ވަހަކީ ޖިންނި ޝައިތާނުންނަށް މުހިއްމު ވަހަކަށް ވާތީ ޖިންނިއަށްޓަކައި ސިހުރުވެރިޔާ އަލިފާން އެންދުން އިތުރުކުރެއެވެ. އަދިހަމަ އެހެންމެ ކުފުރާއި ޝިރުކުގެ ކިޔެވެލިތައް ކިޔެވުމަށްފަހު، ޞިހުރުގެ ކަލިމަތައް ލިޔުމަށްފަހު، ސިހުރުވެރިޔާ ޖިންނީންގެ މަދަދަށް އެދެއެވެ. އެއަށްފަހު ޖިންނީގެ އެދުމުގެ މަތިން، އެޖިންނި އެދޭގޮތަކަށް ޖަނަވާރެއް ކަތިލުމަށް ނުވަތަ ވަކި ބާވަތެއްގެ ކާތަކެތި ކެއުމަށް ނުވަތަ ވަކި ވަގުތެއް ވަންދެން އެކަނި އަނދިރި ތަނެއްގައި އިނުމަށް އަމުރު ކުރެއެވެ. އެއަށްފަހު ސިހުރުވެރިޔާ ކުރަން ބޭނުންވާ ކަންތައްތައްކަމުގައިވާ ސިހުރު ހެދޭ މީހާ ބަލިކޮށްލުން، ވިސްނުން ބަދަލުކޮށްލުން، ނުވަތަ އަނބިންނާއި ފިރިން ދުރުކުރުން ފަދަ ކަންކަން ޖިންނިއަށް ހުށަހަޅައެވެ. އެ ޖިންނިއަށް މިކަންކަން އެނގިގެންދަނީ ސިހުރު ހެދޭ މީހާގެ އިސްތަށި ނުވަތަ ނިޔަފަތި ފަދަ ތަކެތީގެ ވަހުންނެވެ. ދެން، އެޖިންނި އެމީހާގެ ފަހަތުން ގޮސް އެކަންކަން ކުރާނެ ވަގުތު ހޯދައެވެ. އެމީހަކީ މާތް ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯނުލަނބާ މީހެއްނަމަ ޖިންނީގެ މަސައްކަތަށް ފަސޭހަވެގެން ދެއެވެ. އެމީހަކީ ތަޤުވާވެރި ފަރާތެއް ނަމަ އެކަން ކުރުމަށް އުނގޫ ވެގެން ދެއެވެ. އެގޮތުން، އެޖިންނިއަށް އެކަން ކުރުމަށް ދަނޑިވަޅެއް ލިބޭތޯ ބަލައެވެ. އަދި ކިރިޔާވެސް ދަނޑިވަޅެއް ލިބިއްޖެނަމަ އެ ސިހުރު އެމީހަކަށް ޖައްސައެވެ (އަބްދުލް މުއީދު ޙަސަން، 2008). މިފަދައިން ސިހުރުވެރިން ސިހުރުހަދަމުން ދެއެވެ. އަދި މިނޫންވެސް އެކި ގޮތްގޮތަށް މިކަންކަން ކޮށް އުޅޭކަމަށް ފޮތްތަކުގައި ބަޔާންވެގެން ވެއެވެ.
ސިހުރު ހެދުމަކީ ބޮޑުވެގެންވާ ފާފައެއް ނަމަވެސް މި ސައްތައިން ސައްތަ އިސްލާމީ ދިވެހި މުޖުތަމަޢުގައި ވެސް ސިހުރުގެ ކަންތައް ވަރަށް ބޮޑު ކަމަށް ކުރިން ވެސް ވާނީ ދެންނެވިފައެވެ. އަދި އެއީ ވަކި ދުވަސްވަރަކަށް ޚާއްޞަ ކަމެއް ނޫންކަން ވެސް ފެންނާން އެބައޮތެވެ. އެގޮތުން، ދިވެހި ވަޒަން ބަހުރުވައިގެ ތެރޭގައި ހިމެނޭ ރައިވަރާއި ޅެންތަކުންނާއި އޭރާއި މިހާރުގެ ދިވެހި ވާހަކަތަކުންނާއި، ޑްރާމާތަކާއި ތަމްސީލުތަކުންނާއި ރަސްކަމުގެ ދުވަސްވަރުގެ އެކި ހާދިސާތަކުން ސިހުރުވެރިކަން ރާއްޖޭގައި ފުޅާ ދާއިރާއަކަށް ކޮށްފައިވާކަން ހާމަވެއެވެ. އެގޮތުން، އެކިއެކި ރައިވަރުތަކުގައި ފަންޑިތައިގެ ވާހަކަ ގެނެސްފައިވެއެވެ. އެ ގޮތުން ހައްވާފުޅު މަސްދަތް ފިޔޮހި ހިއްޕަވައިގެން ފިލާގަނޑު މައްޗަށް ގޮސް ފުރަތަމަ ކާށީގައި ޤަހުރަލް އަޢުދާ ލިޔެ، ދެވަނަ ކާށީގައި ޚައިބަރުފަނާ ލިޔެ، ތިންވަނަ ކާށީގައި އަރި ދުޢާ ލިޔުއްވައި އަވަދިވެގެން ޞަލަވާތް ފާތިޙާ ކިޔަވައި އަވަދިވެގެން، އެކިއެކި އެދުރުބޭކަލުންނާއި ވަލީ ވެރީންނަށް ފާތިޙާކިޔަވައި ނިމުމުން ސިހުރަށް ކިޔަވާން ފެއްޓެވި ކަމަށާއި، ކިޔެވެލި ނިމުމާ އެކު، ކަޅުހިލަދާ މަޅުމަތީ ބަހައްޓަވައި ކާށިޖަހަން ތައްޔާރުވެލި ކަމަށް އެ ވާހަކައިގައި އޮތުމުން އޭރު ވެސް ސިހުރުހާހޫރައިގެ ކަންތައް އޮތް މިންވަރު ހާމަވެއެވެ. މީގެއިތުރުން، "ދޮންމޮހޮނާއި މިޔަރު"، ބިންމާ އިބްރާހީމް ވަޙީދު ލިޔުއްވާފައިވާ "ހެކިވެރިޔާ" ވާހަކައާއި އަދި "މިހާރު" ނޫހުގައި ހަގީގަތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ "ޖިންނިއެއްގެ ޝަކުވާ"، މި ވާހަކަ އާއި "އެދުރު"ގެ ނަމުގައި "މިހާރު" ނޫހުގައި ލިޔުންތެރިއަކު ލިޔެފައިވާ "ދިހަ އެއް: ހަމަ އެންމެ ކަމެއް" މިފަދަ ވާހަކަތަކުން ވެސް ރާއްޖޭގައި ސިހުރުގެ ވާހަކަތަކާއި ސިހުރުގެ ކަން ކަން ކޮށް އުޅުނުކަމާއި މިހާރު ވެސް އެ ނުބައި ޢަމަލު ކުރަމުންދާކަން ހާމަކޮށްދެއެވެ. ދޮންހިޔަލަ އާއި އަލިފުޅު ވާހަކައިގައި ވެސް ސިހުރުހަދާ ވާހަކަ އައިސްފައިވެއެވެ. މީގެއިތުރުން، މިފަދަ ދިވެހި ފިލުމުތަކާއި ވާހަކަތަކުގެ ގެ އިތުރުން ދިވެހި ލަވަތަކުން ވެސް ސިހުރުގެ ވާހަކަތައް ފެންނާން އެބަހުއްޓެވެ. އެގޮތުން، ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލުވެގެން ދިޔަ ލަވައެއް ކަމަށްވާ، "ފަޚުރަކަށް ވާނޭ ކަމަށް ހިތާ، އަދު މަށަށް ކަނބުލޯ ލިބުން…" މި ލަވައިގައި ވެސް ސިހުރުވެރިކަމާ ގުޅުންހުރި ވާހަކައެއް އައިސްފައި ވެއެވެ. އެގޮތުން، ކަނޑުމަތި އެޅުމުން އެކަމަށް މައިތިރި ހެދުމަށްޓަކައި ދިއްގަރު ރިހާކުރު ނެތުމުން އެކަން ނުކުރެވުނު ވާހަކަ މި ލަވައިގައި ގެނެސްފައިވެއެވެ. އަދި މި ފަހަކުން އުފެއްދި ވެބްސީރީޒެއް ކަމަށްވާ "ހުވާ" ސީރީޒްގައި މީހަކު އޭނާގެ ކުރީގެ އަނބިމީހާ އަނބުރައި ހޯދުމަށްޓަކައި ސިހުރުވެރިއަކު މެދުވެރިކޮށް ހަދާ ސިހުރުހެދުމުގެ މަންޒަރުތަކެއް ހިމަނާފައިވެއެވެ. އެ ގޮތުން އޭނާގެ ކުރީގެ އަނބިމީހާގެ އިސްތައްޓެއް ހޯދުމާއި، މަރުވެފައިވާ މީހެއްގެ ގުނަވަނެއް ހޯދުން ފަދަ ކަންތައްތަކެއް އެ ވެބްސީރީޒް ގައި ހިމެނެއެވެ. ވަޒަން ބަހުރުވައިގެ ތެރެއިން އިހުއެވޭލާ ޒަމާނުގެ ދިރިއުޅުން އެންމެ ބޮޑަށް ފެންނާން އޮތީ ރައިވަރުންނެވެ. ތިރީގައި މި ހިމަނައިލަނީ ރައިވަރެއްގައި ސިހުރު ފަންޑިތައިގެ ވާހަކަ އައިސްފައިވާ ގޮތެވެ.
އެހެލި މަސް އޮޑީގާ
ފެހިކަހާ ތެޔޮ އުނގުޅުވާ ވެހިދި ރުކު ބޮންތިއެއްގާ މިހިނދު މިދުއާށޭ ލިޔާ ފެހިމަސް ހިބަރު ދުރުވެދާނޭ ވެހި މަސް އައިން ލެފިދާނޭ |
ދޮންހިޔަލަ އާއި އަލިފުޅު ވާހަކައިގައި މަސްވެރިކަމަށް ސިހުރުހަދާ ވާހަކަ އޮތް ގޮތަށް މި ރައިވަރުގައި ވެސް މި ވަނީ މަސްވެރިކަމަށް ސިހުރު ފަންޑިތައިން ވާގި ހޯދާ ވާހަކައެވެ. އެގޮތުން ހިބަރު ދުރުކޮށް މަސްއައިން އޮޑިއާ ކައިރި ކުރުމަށް ދިވެހި ރުކުގެ ބޮންތިއެއްގައި ދުޢާއެއް ލިޔާ ވާހަކަ މި ރައިވަރުގައި މި ވަނީ ގެނެސްދީފައެވެ. އެ ގޮތުން ހައްވާފުޅު މަސްދަތް ފިޔޮހި ހިއްޕަވައިގެން ފިލާގަނޑު މައްޗަށް ގޮސް ފުރަތަމަ ކާށީގައި ޤަހުރަލް އަޢުދާ ލިޔެ، ދެވަނަ ކާށީގައި ޚައިބަރުފަނާ ލިޔެ، ތިންވަނަ ކާށީގައި އަރި ދުޢާ ލިޔުއްވައި އަވަދިވެގެން ޞަލަވާތް ފާތިޙާ ކިޔަވައި އަވަދިވެގެން، އެކިއެކި އެދުރުބޭކަލުންނާއި ވަލީ ވެރީންނަށް ފާތިޙާކިޔަވައި ނިމުމުން ސިހުރަށް ކިޔަވާން ފެއްޓެވި ކަމަށާއި، ކިޔެވެލި ނިމުމާ އެކު، ކަޅުހިލަދާ މަޅުމަތީ ބަހައްޓަވައި ކާށިޖަހަން ތައްޔާރުވެލި ކަމަށް އެ ވާހަކައިގައި އޮތުމުން އޭރު ވެސް ސިހުރުހާހޫރައިގެ ކަންތައް އޮތް މިންވަރު ހާމަވެއެވެ. އެ ޒަމާނުގައި ލިޔެވިފައިވާ މިފަދަ ގިނަ ވާހަކަތަކުން ދިވެހިންގެ އާދަކާދައާއި ސަގާފަތް ދައްކުވައިދެއެވެ. މީގެއިތުރުން، "ދޮންމޮހޮނާއި މިޔަރު"، ބިންމާ އިބްރާހީމް ވަޙީދު ލިޔުއްވާފައިވާ "ހެކިވެރިޔާ" ވާހަކައާއި އަދި "މިހާރު" ނޫހުގައި ހަގީގަތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ "ޖިންނިއެއްގެ ޝަކުވާ"، މި ވާހަކަ އާއި "އެދުރު"ގެ ނަމުގައި "މިހާރު" ނޫހުގައި ލިޔުންތެރިއަކު ލިޔެފައިވާ "ދިހަ އެއް: ހަމަ އެންމެ ކަމެއް" މިފަދަ ވާހަކަތަކުން ވެސް ސިހުރުގެ ވާހަކަތަކާއި ސިހުރުގެ ކަން ކަން ކޮށް އުޅުނުކަމާއި މިހާރު ވެސް އެ ނުބައި ޢަމަލު ކުރަމުންދާކަން ހާމަކޮށްދެއެވެ. ދޮންހިޔަލަ އާއި އަލިފުޅު ވާހަކައިގައި ވެސް ސިހުރުހަދާ ވާހަކަ އައިސްފައިވެއެވެ. މީގެއިތުރުން، މިފަދަ ދިވެހި ފިލުމުތަކާއި ވާހަކަތަކުގެ ގެ އިތުރުން ދިވެހި ލަވަތަކުން ވެސް ސިހުރުގެ ވާހަކަތައް ފެންނާން އެބަހުއްޓެވެ. އެގޮތުން، ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލުވެގެން ދިޔަ ލަވައެއް ކަމަށްވާ، "ފަޚުރަކަށް ވާނޭ ކަމަށް ހިތާ، އަދު މަށަށް ކަނބުލޯ ލިބުން…" މި ލަވައިގައި ވެސް ސިހުރުވެރިކަމާ ގުޅުންހުރި ވާހަކައެއް އައިސްފައި ވެއެވެ. އެގޮތުން، ކަނޑުމަތި އެޅުމުން އެކަމަށް މައިތިރި ހެދުމަށްޓަކައި ދިއްގަރު ރިހާކުރު ނެތުމުން އެކަން ނުކުރެވުނު ވާހަކަ މި ލަވައިގައި ގެނެސްފައިވެއެވެ. އަދި މި ފަހަކުން އުފެއްދި ވެބްސީރީޒެއް ކަމަށްވާ "ހުވާ" ސީރީޒްގައި މީހަކު އޭނާގެ ކުރީގެ އަނބިމީހާ އަނބުރައި ހޯދުމަށްޓަކައި ސިހުރުވެރިއަކު މެދުވެރިކޮށް ހަދާ ސިހުރުހެދުމުގެ މަންޒަރުތަކެއް ހިމަނާފައިވެއެވެ. އެ ގޮތުން އޭނާގެ ކުރީގެ އަނބިމީހާގެ އިސްތައްޓެއް ހޯދުމާއި، މަރުވެފައިވާ މީހެއްގެ ގުނަވަނެއް ހޯދުން ފަދަ ކަންތައްތަކެއް އެ ވެބްސީރީޒް ގައި ހިމެނެއެވެ. އެހެންކަމުން ވަޒަން ބަހުރުވައިގެ ބާވަތްތަކުންނާއި، ފިލުމުތަކާއި ލަވަތަކުން ސިހުރުވެރިކަމުގެ ވާހަކަތައް ފެންނަން ހުރިކަމީ ދިވެހި ސަގާފަތުގެ ތެރޭގައި ސިހުރުވެރިކަމުގެ ނުބައި އަމަލު މޫލާފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެކެވެ.
(ނިމުނީ)