އޯލެވެލް އިމްތިހާންގެ ނަތީޖާ ދޫކުރަން ފަށައިފި

މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިއަހަރު އިމްތިހާން ގައި ބައިވެރިވި 198 ދަރިވަރުންނަށް ނަތީޖާ ދޫކުރަންފެށީ މިއަދުގެ މެންދުރުފަހު 2:30 އިން ފެށިގެންނެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ އޯލެވެލް ނަތީޖާތައް ހުރިހާ ސެންޓަރުތަކަށް މިހާރު ފޮނުވާފައިވާ ކަމަށާއި، ނަތީޖާ ދޫކުރުމުގެ މަސައްކަތް އެ ސެންޓަރުތަކުން ކުރިއަށް ގެންދާނެ ކަމަށެވެ. އޯލެވެލްގެ ނަތީޖާ ފޮނުވި މިއަދު ހެނދުނު 10 ޖެހިއިރު ފޮނުވި ނަމަވެސް އެސްއެސްސީ އިމްތިޙާނުގެ އިސްލާމާއި ދިވެހި މާއްދާގެ ނަތީޖާ ސެންޓަރުތަކަށް ދޫކުރީ މިއަދުގެ މެންދުރުފަހު 1 ޖެހި އިރުއެވެ.

ހުރިހާ ސްކޫލްތަކުން ދަނީ ނަތީޖާ ދޫކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. މާލޭގެ ގިނަ ސްކޫލްތަކުން ދަނީ މިއަދު މެންދުރުފަހު ނަތީޖާ ދޫކުރަން ފަށައި އެކަން އޯލެވެލް ހެދި ދަރިވަރުންނަށް އަންގާފައެވެ.

އޯ ލެވެލް އިމްތިހާނު ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށެވެ. އެކަމަކު ކޮވިޑު-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދާތީ ވަކި މުއްދަތެއް ނެތް ކަމަށް އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނު ފަސްކުރީ އެވެ. ނަމަވެސް ޕްރިންސިޕަލުންނާ މަޝްވަރާ ކުރުމަށް ފަހު ނިންމީ މި އަހަރުގެ މެއި/ޖޫންގައި އިމްތިހާނު ބާއްވާށެވެ.

ކޮވިޑާ ގުޅިގެން ލަސްކުރި އޯލެވެލް އިމްތިޙާން ބޭއްވީ މި އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހުއެވެ. އޯލެވެލް އިމްތިހާނުގައި 234 ސެންޓަރަކުން 5،955 ދަރިވަރަކު އިމްތިޙާނު ހެދިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *