އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީތަޢުލީމް ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަފްލާ އިއްޔެ ބާއްވައިފިއެވެ. ފިރިހެން ކުލާސްތަކުގެ ދަރިވަރުންނަށް ހަފްލާ ބޭއްވީ ހަވީރު 4:15 ގައެވެ. އަންހެން ކުލާސްތަކުގެ ދަރިވަރުންނަށް ހަފްލާ ބޭއްވީ ރޭގަނޑު 8:15 ގައެވެ. ޝަރަފްވެރިމެހްމާނަކީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. ޙަފްލާގައި ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ގްރޭޑް 10 އަށް ކިޔަވައިދެއްވި މުދައްރިސުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގްރޭޑް 10އޭގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

ގްރޭޑް 10ބީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ޢައިޝަތު ސީތާއެވެ.

ގްރޭޑް 10ސީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލް ޢަލީ އާސިމްއެވެ.

ގްރޭޑް 10ޑީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ޝިއުނާ އިބްރާހީމްނަޞީރެވެ.

ގްރޭޑް 10އީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލް ޢަލީ އާސިމްއެވެ.

ގްރޭޑް 10އެފްގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލް އަޙްމަދު ޝަފީޤެވެ.
ގްރޭޑް 10ޖީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލް މޫސާ ޞަލާޙެވެ.

މިރަސްމިއްޔާތުގައި ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންގެ ތެރެއިން ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ފިލާ ދިނުންވެސް އޮތެވެ. ހަނދާނީފިލާ ބައްސަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
ގްރޭޑް 10 ން 1 ވަނަ ދަރިވަރަކަށް ހޮވުނީ ގްރޭޑް 10ޑީގެ އާމިނަތު ލަޔާން ރަޝީދެވެ. އޭނާއަށް ލިބުނީ 88 އިންސައްތައެވެ. 2 ވަނައަށް ހޮވުނީ 10 ޖީގެ ރަޒާން އިބްރާހީމް ރަޝީދެވެ. ރަޒާނަށް ލިބުނީ 87.5 އިންސައްތައެވެ. 85 އިންސައްތަ ހޯދައިގެން 3 ވަނަ ލިބުނީ 10 ސީގެ އާމިނަތު މައިހާ ޝިހާމަށެވެ. ޙަފްލާ ނިމުނީ ގައުމީ ސަލާމުންނެވެ.