އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންނަށް އިތުރުގަޑީގެ ކުލާސްތައް މިރެއިން ފެށިގެން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިފިއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް ޝިއުނާ އިބްރާހީމް ނަޞީރު ވިދާޅުވީ އިތުރުގަޑީގެ ކުލާސްތައް މިބާއްވަނީ، އަވަހަށް ސިލްބަސް ކަވަރުކޮށް ކުދިންނަށް އިތުރު އެހީ ފޯރުކޮށްދީ ޕާސްޕޭޕަރުތައް ހަދައި އިމްތިހާނަށް ކުދިން ތައްޔާރު ކޮށްދިނުމަށް ކަމަށެވެ.
"ނަތީޖާއަށް ބަލާލާއިރު ފާހަގަވަނީ ގަވާއިދުން ސްކޫލަށް އަންނަކުދިން ގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް. ކުޑަކޮށް ދަށްވެފައި ތިބޭ ކުދިންނަކީ އެކްސްޓަރާ ކުލާސްތަކާ އަދި ސްކޫލްގެ ރެގިޔުލަރ ކުލާސްތަކަށް ނާންނަ ދަރިވަރުން." ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ ، ގަވާއިދުން އެކްސްޓްރާ ކުލާހަށް އަންނަނަމަ އެކުއްޖަކަށް ލިބެންވާ މެކްސިމަމް ނެރެދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމާއި ހުރިހާ ކުދިންވެސް ބަރާބަރަށް ގަޑިއަށް ކުލާސްތަކަށް ހާޒިރުވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައެވެ.
ގްރޭޑް 10ގެ އިތުރުގަޑީގެ ކުލާސްތައް އޮންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 7:00 ން 9:15 އަށެވެ.