ޑައިގްނޯސްޓިކް ޓެސްޓު މިމަހު އަށާވީހުގައި ފަށަނީ

ގްރޭޑް 10ގެ ދަރިވަރުންނަށް ޑައިގްނޯސްޓިކް ޓެސްޓް މި އޮގަސްްޓް މަހަށް ތާވަލްކޮށްފިއެވެ. މިއަހަރު ގްރޭޑް 10ގެ ދަރިވަރުންގެ ފުރަތަމަ ޓެސްޓު މި އޮގަސްޓު މަހުގެ 28ގައި ފަށާގޮތަށް މިހާރު ޓައިމްޓޭބަލް ވަނީ ތައްޔާރުކޮށް ދަރިވަރުންނަށް ބަހާފައެވެ. މިގޮތުން އޮގަސްޓް އަށާވިސްވާ ހޮނިހިރު ދުވަހު ބާއްވާ މިޓެސްޓަކީ މި ދަރިވަރުން ގްރޭޑް ނުވައެއްގައި ދަސްކުރި ބައިތަކުން ދެވޭ ޓެސްޓެކެވެ. ޓެސްޓު ޓޮޕިކްސްތަކާއެކު ޓައިމް ޓޭބަލް ދީފައިވާއިރު މި ޓެސްޓުގެ ނަތީޖާއަށް ބަލައި ގިނަ ކަންކަން ނިންމާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޚާއްޞަކޮށް ސްކޫލުގެ މަގާމްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން މި ޓެސްޓުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. އަދި ހަމަ އެހެންމެ ބައެއް މާއްދާތަކުން ކޯ / އެކްސްޓެންޑަޑް ކަނޑައެޅުމުގައިވެސް މި ޓެސްޓަށް ބަލާނެއެވެ.

ފާއިތުވެދިޔަ އަހަރު ގްރޭޑް 9ގެ ދަރިވަރުންގެ ފަހު ސެމެސްޓަރގެ ޓެސްޓު ދީފައިވަނީ އޮންލައިންކޮށެވެ. ކޮވިޑްގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން އޭރު އޮންލައިންކޮށް ޓެސްޓު ނަގާފައިވުން އެންމެ އެދެވޭ ގޮތުގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރަން ދަތިވިކަމަށް ސްކޫލުން ފާހަގަކުރެއެވެ. އެހެންކަމުން މިޓެސްޓަކީ އެގޮތުންވެސް މުހިއްމު ޓެސްޓެއްކަމަށް ސްކޫލުން ފާހަގަކުރެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *