އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ދަރިވަރުންނަށް ފައިޒާ ވެކްސިން ޖެހުން މާދަމާ.

ސްކޫލުކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން މާދަމާ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ތާވަލްކޮށްފިއެވެ. އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް މި މަހުގެ 15 ވަނަ ދުވަހު ފަށާފައިވާއިރު ސްކޫލު ތަކުގެ ދަރިވަރުންނަށް ޖަހަނީ ފައިޒާ ވެކްސިންއެވެ.

ގިނަ ކުދިންނަށް ވެކްސިން ޖެހުމުން އެކަމުގެ ސަބަބުން ރައްކާތެރި މާހައުލެއް ގާއިމްވެގެންދާނެ ކަމަށާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންވެސް އެދެނީ ހުރިހާ ދަރިވަރުންވެސް ވެކްސިން ޖެހުމަށް ކަމަށް ސްކޫލުގެ ސީނިއާރ އެސިސްޓެންޓް ޕްރިންސިޕަލް އަލީ އާސިމް ވިދާޅުވިއެވެ.

"ޑޮކްޓަރުގެ އެއްވެސް އިއުތިރާޒެއް ނެތްނަމަ ހުރިހާ ދަރިވަރުންވެސް ވެކްސިން ޖެހުން މުހިއްމު." އާސިމް ވިދާޅުވިއެވެ. ގްރޭޑްތަކުގެ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވެކްސިންގެ ސަބަބުން ބަލީގެ ނުރައްކާ ކުޑަވާނެ ކަމަށާއި އެހެންކަމުން ހުރިހައި ބޭފުޅުންވެސް މިކަމަށް އެއްބާރުލުން ދެއްވުމަށް ސީނިއާރ އެސިސްޓެންޓް ޕްރިންސިޕަލް އަލީ އާސިމް ގޮވާލެއްވިއެވެ.

ގްރޭޑް 10 ގެ ބެލެނިވެރިންގެ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރެއިން.. މި ބައްދަލުވުމުގައި ދަރިވަރުންނަށް ވެކްސިން ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް ސްކޫލުން ވަނީ ގޮވާލާފައި.އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންގެ ތެރެއިން މާދަމާ  އެންމެ ފުރަތަމަ ތާވަލް ކޮށްފައިވަނީ ގްރޭޑް 7ގެ ދަރިވަރުންނެވެ. މިގޮތުން ހެނދުނު 09ގައި ގްރޭޑް 7ގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ތާވަލްކޮށްފައިވާއިރު ގްރޭޑް އަށެއްގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ތާވަލްކޮށްފައިވަނީ ހެނދުނު 10:30އެވެ. އަދި 11:30ގައި ގްރޭޑް 9ގެ ދަރިވަރުންނަށް ތާވަލްކޮށްފައިވާއިރު ގްރޭޑް ދިހައެއްގެ ދަރިވަރުން މާދަމާ ވެކްސިން ޖެހުމަށް ދާން ޖެހެނީ މެންދުރު 2 ޖަހާއިރުއެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ މައި މަރުކަޒު ހުންނަނީ އިސްލާމީ މަރުކަޒުގައެވެ. މީގެ އިތުރުން އާޓް ގެލެރީގައި ސެންޓަރެއް ގާއިމް ކޮށްފައިވާއިރު އިތުރު ސެންޓަރުތައް ގާއިމް ކުރުމަށް އެޗް.ޕީ.އޭ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *