އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް މޮނީޓަރ ބެޖު ހަވާލުކުރުމުގެ ރަސްމިއްޔާތު ސްކޫލް މާލަމްގައި ބާއްވައިފިއެވެ. ބެޖު ހަވާލު ކޮށްދެއްވީ އިއްޔެ ސްކޫލް މާލަމުގައި ބޭއްވި ޚާއްޞަ އެސެމްބްލީއެއްގައި ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. މި ރަސްމިއްޔާތުގައި ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ އައިޝަތު ޝީތާ ވެސް ބައިވެރިވެވަޑައިގެން ދަރިވަރުންނަށް މޮނީޓަރ ބެޖު ހަވާލުކޮށްދެއްވިއެވެ. މި ރަސްމިއްޔާތުގައި ސްކޫލުގެ ބައެއް އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއީ ގިނަ ދަރިވަރުންތަކެއްގެ ހިތުގައި ކިޔެވުމަށް ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުން ސްކޫލުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ފާއިތުވި ދޮޅު އަހަރުގައި މިކަން ނުކުރެވި ގޮސްފައިވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެންނެވެ. ނަމަވެސް އަލުން އާ ފެށުމަކުން މިއަދު މިވަނީ މިކަން ފަށާފައެވެ.

ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން މި ފަދަ އެތައް ކަންތައްތަކެއް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި ހިންގަމުން ދެއެވެ. ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު އެހެން ޕްރޮގްރާމްތައް ރާވާ ހިންގުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.