ބުރާސްފަތި, 24 އޭޕްރިލް 2025

ފައިޒާ ވެކްސިންގެ ދެވަނަޑޯޒު ޖަހާނީ އަންނަ އާދީއްތަ ދުވަހު

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް 12 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒުޖަހާ ގޮތަށް ހަމަޖައްސައިފިއެވެ. ވެކްސިންޖެހުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ.

އަޙްމަދިއްޔާގެ ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހުމަށް އާދީއްތަ ދުވަހު އެންމެ ފުރަތަމަ ތާވަލް ކޮށްފައިވަނީ ގްރޭޑް 6 ގެދަރިވަރުންނަށެވެ. އެއީ، ހެނދުނު 9:00 އަށެވެ. ގްރޭޑް 7 އަދި 8 ގެ  ދަރިވަރުންނަށް ވެކްސިން ޖަހަން ފަށާނީ ހެނދުނު 10:00 ގައެވެ. ގްރޭޑް 9 ގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ 11:00 އެވެ. ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ މެންދުރުފަހުގެ 1 ޖަހާއިރުއެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒުޖަހަން ދަރިވަރުން އިސްލާމީ މަރުކަޒުގައި. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ވެކްސިން ޖެހުމަށް ދަރިވަރުން ހާޒިރުވާއިރު ވެކްސިން ފުރަތަމަ ޑޯޒު ފުރިހަމަކުރިކަމުގެ ކާޑާއި، ވެކްސިން ކޮންސެންޓްފޯމް ހިފައިގެން ދިއުމަށް ސްކޫލުންވަނީ އަންގާފައެވެ. އަދި ރަނގަޅު ނާސްތާއެއް ކޮށްގެން ދިޔުމަށާއި ފެންފުޅިއެއް ގެންދިއުން ވަރަށް މުހިއްމު ކަމަށްވެސް ސްކޫލުންވަނީ އަންގާފައެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ވަނީ މިދިޔަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ފަށާފައެވެ. ސްކޫލު ތަކުގެ ދަރިވަރުންނަށް ޖަހަނީ ފައިޒާ ވެކްސިންއެވެ. އަޙްމަދިއްޔާގެ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ އޮގަސްޓް މަހުގެ 21 ވަނަދުވަހުއެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒުޖަހަން ދަރިވަރުން އިސްލާމީ މަރުކަޒުގައި. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ގިނަ ކުދިންނަށް ވެކްސިން ޖެހުމުން އެކަމުގެ ސަބަބުން ރައްކާތެރި މާހައުލެއް ގާއިމްވެގެންދާނެ ކަމަށާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންވެސް އެދެނީ ހުރިހާ ދަރިވަރުންވެސް ވެކްސިން ޖެހުމަށް ކަމަށް ސްކޫލުގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލީ އާސިމްވަނީ ވިދާޅުވެފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *