ގްރޭޑް 11 ގެ ދަރިވަރުންނަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމް... އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ގްރޭޑް 11 އަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފި

2021 ވަނަ އަހަރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 11 އަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފިއެވެ. އޮރިއެންޓޭޝަންގެ ފުރަތަމަ ބުރު ބޭއްވީ 15 ސެޕްޓެމްބަރ 2021 ވީ ބުދަ ދުވަހުއެވެ. އެދުވަހުގެރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވީ ރަނގަޅު ނަތީޖާއެއް ހޯދުމަށް އޭލެވެލަކީ ވަރަށް މުހިއްމު މަރުހަލާއެއް ކަމުގައެވެ. އަދި މިފުރުޞަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހުރިހާ ދަރިވަރުންވެސް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

ސްކޫލްގެ ގަވާޢިދުތަކާއި އަދި އޭލެވެލް ކިޔަވާ މާއްދާތަކުގެ ކަރުދާސްތައް ކަނޑައެޅިފައި ހުންނަ އުސޫލްތަކާއި އިމްތިހާންތަކުގެ ތާވަލް ތަކާއިބެހޭ މަޢުލޫމާތު ދެއްވީ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙެވެ.  އެއަށްފަހު އޮތީ ހަތަރު މާއްދާއެއްގެ ޕްރެޒެންޓޭޝަން ހުށަހެޅުމެވެ. އެއީ، ދިވެއްސާއި އިސްލާމާއި ހިސާބާއި އަދި އިނގިރޭސިއެވެ. ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވީ މާއްދާތަކުގެ ހެޑް އޮފް ޑިޕާޓްމަންޓެވެ.

16 ސެޕްޓެމްބަރ 2021ވީ ބުރާސްފަތިދުވަހު އޮރިއެންޓޭޝަންގެ ދެވަނަބުރު ބޭއްވީ ބިޒްނަސް ދަރިވަރުންނާއިސައިންސްދަރިވަރުންނަށް ވަކިންނެވެ.  ބިޒްނަސް ދަރިވަރުންނަށް އެކައުންޓިން އިކޮނޮމިކްސް އަދި ބިޒްނަސް ސްޓަޑީސްގެ ޕްރެޒެންޓޭޝަން ތައް ހުށަހެޅުން އޮތެވެ. އަދި ސައިންސް ދަރިވަރުންނަށް ފިޒިކްސް ކެމިސްޓްރީ ބަޔޮލޮޖީ ގެ ޕްރެޒެންޓޭޝަން ހުށަހެޅުންވެސް ކުރިއަށް ގެންދެވުނެވެ. މިހުރިހާ ޕްރެޒެންޓޭޝަންތައްވެސް ހުށަހަޅުއްވައި ދެއްވީ އެ މާއްދާއެއްގެ ހެޑް އޮފް ޑިޕާޓްމަންޓެވެ.

ގްރޭޑް 11 ގެ ދަރިވަރުންނަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމް… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މިފެށޭ ހަފްތާގައި ދަރިވަރުން ކުލާސްތަކަށް ހާޟިރުވެ އެދަރިވަރުންގެ ޓީޗަރުންނާ ބައްދަލުވުމުން މާއްދާތަކާގުޅޭ  އިތުރު މައުލޫމާތާއި ތަމްރީންދިނުން އޮންނާނެއެވެ. އަދި ހަމައެއާއެކު ކެރިއަރ ގައިޑެންސާއިގުޅޭ އެކިއެކި ސެޝަންތައް ނަގައިދިނުންވެސްކުރިއަށް ގެންދާނެކަމަށް އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވިދާޅުވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *