ޕްރައިމަރީ އަދި ޕްރީސްކޫލް ކުދިންގެ ކުރެހުމުގެ ހުނަރު ދައްކާލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރައިމަރީ އަދި ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ކުރެހުމުގެ ހުނަރު ދައްކާލުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ދަރިވަރުންގެ ޤާބިލިއްޔަތާއި ހުނަރު ކުރެހުމުން ހުށަހަޅައި ދިނުމެވެ. އަދި މިއީ ދަރިވަރުންނަށް އުފާވެރި މާހައުލެއްގައި ކުރެހުމުގެ ފުރުސަތު ދިނުމުގެ މަޤުޞަދުގައި ސްކޫލުން ހިންގި ހަރަކާތެކެވެ.

މި ހަރަކާތުގައި ބައިވެރިވި ކޮންމެ ދަރިވަރަކަށް ވެސް އެ ދަރިވަރަކު ބޭނުން އެއްޗެއް ކުރެހުމުގެ ފުރުސަތުވަނީ ދީފައެވެ. މީގެއިތުރުން މިހަރަކާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންގެ ކުރެހުންތައް އެއް ޕްލެޓުފޯމަކުން ފެންނާނެ ގޮތް ހެދުމަށް ސްކޫލުން ވަނީ ހަމަޖައްސާފައެވެ. އަދި މި ހަރަކާތުގައި ބައިވެރިވި ދަރިވަރުންގެ ކުރެހުންތަކުގެ ތެރެއިން ކޮންމެ ކުލާހަކުން ވެސް އެންމެ ރަނގަޅު ފަސް ކުރެހުމެއް ހޮވާ ސެޓްފިކެޓު ދޭގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

މިފަދަ ކޮންމެ ހަރަކާތަކީވެސް އެތައްބައެއް ޝާމިލުވެގެން ހިންގޭ ހަރަކާތްތަކެކެވެ. އަދި މީގެއިތުރުން މިކަހަލަ ހަރަކާތްތައް މިހާ ކާމިޔާބުކަމާއެކު ހިންގެނީ ސްކޫލާއި ބެލެނިވެރިންނާއި ދެމެދު އޮންނަ ބަދަހި ގުޅުމުގެ ސަބަބުންނެވެ. ކުރިއަށް އޮތްތާގައި ވެސް މިފަދަ އެހެން ޕްރޮގްރާމުތައް ކުރިއަށްދާނެ ކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *