ޔުނިޓް ޓެސްޓް ފެށިއްޖެ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މިއަހަރުގެ ފުރަތަމަ ޔުނިޓް ޓެސްޓް މިއަދު ފެށިއްޖެއެވެ. މިއަދު ޓެސްޓް ފެށީ ގްރޭޑް 7 ،8 އަދި 9 ގެ ދަރިވަރުންނަށެވެ. ގްރޭޑް 7 އަދި 9 ގެ ދަރިވަރުންނަށް މިއަދު ހެނދުނު 7 ޖެހިއިރު ބޭއްވީ ދިވެހިބަހުގެ ކަރުދާހެވެ. ގްރޭޑް 8 ގެ ދަރިވަރުންނަށް އޮތީ އިނގިރޭސިބަހުގެ ކަރުދާހެވެ. 7 ގެ ދަރިވަރުންނަށް 11:45 ގައި އޮންނާނީ އިސްލާމެވެ. 8 ގެ ދަރިވަރުންނަށް އިސްލާމް ކަރުދާސް އޮންނާނީ 12 ޖަހާއިރުއެވެ. 9ގެ ދަރިވަރުންނަށް 11:45 ގައި އިނގިރޭސިބަހުގެ ކަރުދާސް އޮންނާނެއެވެ. ކޮންމެ ކަރުދާހެއްގެވެސް ވަގުތުގެ ދިގުމިނަކީ 45 މިނެޓެވެ. ޔުނިޓް ޓެސްޓް މިހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. ކޮންމެ ދުވަހަކުވެސް ދެ މާއްދާއަކުން ޓެސްޓް ދެވޭނެއެވެ.

ގްރޭޑް 10 ގެ ޔުނިޓް ޓެސްޓްތައް ފެށޭނީ އަންނަ ބުދަ ދުވަހުއެވެ. މިޓެސްޓްތައް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދެވޭނެއެވެ.

މިއަދު ޔުނިޓް ޓެސްޓް ފެށުމާއި ގުޅިގެން މިހަފްތާގެ ނިޔަލަށް ދަރިވަރުންގެ ސެޝަން ނިމޭ ގަޑިތަކަށްވަނީ ބަދަލުގެނެވިފައެވެ. ގްރޭޑް 7 އަދި 9 ގެ ދަރިވަރުންނަށް ސެޝަން ނިމޭނީ 12:30 ގައެވެ. ގްރޭޑް 8 އަދި 10ގެ ދަރިވަރުންނަށް ސެޝަން ނިމޭނީ 12:45 ގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *