ސީނިއަރ މެނޭޖްމެންޓްގެ އެންމެ އިސް ބޭފުޅުންނާ ޕްރިންސިޕަލް ބައްދަލު ކުރައްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ އެންމެ އިސް ބޭފުޅުންނާއި ޕްރިންސިޕަލް މުޙައްމަދު ރަޝީދު އިއްޔެ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމަކީ، ސްކޫލްގެ އެކި ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތަކުގެ ތެރޭގައި، ކިޔަވައިދިނުމާއި ދަރިވަރުންގެ މެދުގައި ހިންގާނެ ބައެއް ހަރަކާތްތަކާއި ކުދިންގެ ކުރިއެރުމަށް ކުރެވިދާނެ މަސައްކަތްތަކާބެހޭގޮތުން ވާހަކަދައްކާ ޚިޔާލު ބަދަލު ކުރެވުނެވެ.

ސީނިއަރ މެނޭޖްމެންޓްގެ އެންމެ އިސް ބޭފުޅުންނާ ޕްރިންސިޕަލް ބައްދަލު ކުރެއްވުން. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މި ބައްދަލުވުމުގައި ޕްރިންސިޕަލް އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކުދިން ބަރާބަރަށް ސްކޫލަށް ގެނައުމާއި  އެކުދިންގެ ފެންވަރު މަތިކުރުމަށްޓަކައި އެކި ޕްރޮގްރާމްތައް ހިންގުމާއި އަޙްމަދިއްޔާ ކުދިންނަށް އެކި އެކި ހުނަރުތައް ތަރައްގީ ކުރެވޭނެ ޕްރޮގްރާމްތަކެއް ކުދިންނަށް އަމާޒުކޮށްގެން ހިންގުން ހިމެނެއެވެ. އަދި ޖުމްލަގޮތެއްގައި ދަރިވަރުންގެ ކުރިއެރުމާއި ސްކޫލްގެ ނަތީޖާ ރަނގަޅުކުރުމާބެހޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާކޮށް ޚިޔާލުބަދަލު ކުރެވުނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *