ބުރާސްފަތި, 24 އޭޕްރިލް 2025

ޕްރީ ޕްރައިމަރީ ދަރިވަރުންގެ ކުރެހުންތައް ބެލެނިވެރިންނަށް ދައްކާލައިފި!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޕްރީ އަދި ޕްރައިމަރީއަށް ޚާއްޞަކޮށްގެން ބޭއްވުނު ކުރެހުމުގެ ހުނަރު ދައްކާލުމުގެ ހަރަކާތުގައި ބައިވެރިވި ދަރިވަރުންގެ ކުރެހުންތަކުގެ ތެރެއިން ޕްރީ ސްކޫލްގެ ދަރިވަރުންގެ ކުރެހުން އެ ދަރިވަރުންގެ ބެލެނިވެރިންނަށް މިއަދު މެންދުރުފަހު ދައްކާލައިފިއެވެ. މިއަދު މިބޭއްވުނީ ބޭބީ ނާސަރީ، ނާސަރީ އަދި އެލްކޭޖީ ، ޔޫކޭޖީ ދަރިވަރުންގެ ކުރެހުންތަކެވެ.

ޕްރީސްކޫލް ދަރިވަރުންގެ ކުރެހުންތައް ބެލެނިވެރިން ބައްލަވާލައްވަނީ.. އަހްމަދިއްޔާ ފޮޓޯ: ހަރުޝާ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ހެޑް ލީޓިންގ ޓީޗަރ މަރިޔަމް އަޒްލާ ވިދާޅުވީ މިއީ މުދައްރިސުންގެ ދުވަހާ ގުޅިގެން ދަރިވަރުންގެ ޝުޢޫރުތައް ފާޅުކުރުމަށްޓަކައި ކުރެހި ކުރެހުންތަކެއް ކަމުގައެވެ. މިކުރެހުންތައް ބައްލަވާލެއްވުމަށް ބެލެނިވެރިންނަށްވަނީ ފުރުޞަތުވަނީ ދީފައެވެ. ދަރިވަރުންގެ ކުރެހުންތައް ދައްކާލުން އޮތީ ވަކިވަކި ކުލާސްތަކަށް ވަކި ގަޑިތަކެއް ހަމަޖައްސައި އެ ކުލާހަކަށް ކަޑައެޅިފައިވާ ގަޑިއެއްގައި ދަރިވަރާއެކު ބެލެނިވެރިޔާ ވަޑައިގަންނަވާ ގޮތަށެވެ. އަދި އެދަރިވަރެއްގެ ކުރެހުން ބެލެނިވެރިން ބައްލަވައިގަންނަވަން ބޭނުން ފުޅުނަމަ، އެފުރުސަތު ވެސް ވަނީ ހަމަޖައްސާފައެވެ. މި ކުރެހުންތަކުގެ 700 އައިޓަމް ހިމެނޭ ކަމަށާއި ބެލެނިވެރިންގެ ތަރުހީބު މިކަމަށް ވަރަށް ބޮޑަށް ލިބުނުކަމަށް އަޒުލާ ވިދާޅުވިއެވެ.

ޕްރީސްކޫލް ދަރިވަރުންގެ ކުރެހުން ބެލެނިވެރިން ބައްލަވާލައްވަނީ… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

"މި ކަހަލަ ކަންތައް ކުރާތީ ބެލެނިވެރިން ތިބެނީ ވަރަށް އުފާވެފައި. ކުރެހެމުގެ ފުރުޞަތު ކުދިންނަށް ދޭތީ. އަދިވެސް ގިނައިން ބާއްވަން ބެލެނިވެރިން އެދެނީ." އަޒުލާ ވިދާޅުވިއެވެ

މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 1 ން 6 ގެ ދަރިވަރުންގެ ކުރެހުންތައް ދައްކާލާފައެވެ. މި ހަރަކާތުގައިވެސް ހަތްސަތޭކައެއްހާ ކުރެހުންތައް ސްކޫލުގެ ހޯލުގައި ބެހެއްޓިފައި ހުއްޓެވެ. މިކުރެހުންތަކުގެ ތެރެއިން ކޮންމެ ކުލާހަކުން އެންމެ ރަނގަޅު ފަސް ކުރެހުމެއް ހޮވައި އެ ދަރިވަރުންނަށް ސެޓިފިކެޓް ދޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ޕްރީ ސްކޫލްގެ ދަރިވަރުންގެ ކުރެހުންތަކަށް ބެލެނިވެރިންގެ ތަރުހީބު ލިބިގެންދިޔަ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ބުރާސްފަތި ދުވަހުވެސް ދަރިވަރުންގެ ކުރެހުންތައް ދައްކާލުން އޮތީ ވަކިވަކި ގްރޭޑުތަކަށް ގަޑިތަކެއް ހަމަޖައްސައި އެ ގްރޭޑަކަށް ކަޑައެޅިފައިވާ ގަޑިއެއްގައި ދަރިވަރާއެކު ބެލެނިވެރިޔާ ވަޑައިގަންނަވާ ގޮތަށެވެ. މިހަރަކާތް ވެގެން ދިޔައީ ދަރިވަރުންގެ ހުނަރުތައް ދައްކާލުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އަދި މިއީ ވަރަށް ކާމިޔާބުކަމާއެކު ގެންދެވުނު ހަރަކާތެކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *