އަޙްމަދިއްޔާގެ މުދައްރިސުންގެ ދުވަސް ވަރަށް ކުލަގަދަ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި މުދައްރިސުންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި މިއަދު ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ސާނަވީ ގްރޭޑް ތަކުގެ ދަރިވަރުންގެ ޕްރިފެކްޓުންގެ ފަރާތުން މިއަދު ހެނދުނު އެސެމްބްލީއެއް ބޭއްވިއެވެ. މި އެސެމްބްލީ ޤުރުއާންގެ ބަރަކާތުން ފައްޓަވައިދެއްވީ އިސްލާމް މުދައްރިސް މުޙައްމަދު ރިޟާ އެވެ. ކިޔެވި އާޔަތްތަކުގެމާނަ އިއްވައިދެއްވީ ޤުރްއާން މުދައްރިސް ރިޒްނާ އިބްރާހީމެވެ. އެސެމްބްލީގައި ދިދަ ނަންގަވައިދެއްވީ ސްކޫލްގެ އިކޮނޮމިކްސް ޓީޗަރ ސުނިލް ކުމާރާއި ހިސާބު ޓީޗަރު ނާޞިރު އިޤްބާލެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި އެސެމްބްލީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މި އެސެމްބްލީގައި ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ދެއްކެވި ވާހަކަފުޅުގައި އިންސާނާގެ ހިތުގެ އެންމެ މުހިއްމު ގުނަވަނަކީ ހިތް ކަމާއި ހަމަ އެފަދައިން ސްކޫލެއްގެ އެންމެ މުހިއްމު ބަޔަކީ އެސްކޫލެއްގެ މުދައްރިސުން ކަމުގައި ވިދާޅުވިއެވެ. މުދައްރިސުން ނެތި ސްކޫލެއް ނޯންނާނެ ކަމާއި އަދި މުދައްރިސުން ނެތި ދަރިވަރުންނެއްވެސް ނުތިބޭނެކަމަށް ވެސް ވިދާޅުވިއެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި އެސެމްބްލީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

" ސްކޫލެއްގެ އެންމެ ބޮޑު އެންމެ މުހިއްމު އެއް ރައުސްމާލަކީ ޓީޗަރުން ކަމަށް ވާހިނދު ޓީޗަރުންގެ ދުވަހެއް ފާހަގަ ކުރެވޭއިރު މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގެ އަގު މިގޮތަށް ވަޒަންކުރުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމާއެކު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެންމެހާ މުދައްރިސުން އަޙްމަދިއްޔާގެ ކާމިޔާބީއަށްޓަކައި ކޮށްދެއްވަމުންގެންދަވާ އެންމެހާ ބުރަ މަސައްކަތްޕުޅުތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރާއި މަރުޙަބާ ދަންނަވަން." ޕްރިންސިޕަލް ވިދާޅުވިއެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި އެސެމްބްލީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އެސެމްބްލީގައި ދަރިވަރުންގެ ޝުޢޫރުފާޅު ކުރުންވެސް އޮތެވެ. އަދި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޓީޗަރުންނަށް ހަދިޔާ ދިނުންވެސް ކުރިއަށް ގެންދެވުނެވެ. މިގޮތުން އެސެމްބްލީގައި ސާނަވީ ގްރޭޑް ތަކުގައި މަސައްކަތް ކުރައްވާ ހުރިހާ މުދައްރިސުންނަށްވެސް ހަދިޔާ ދެވުނެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި އެސެމްބްލީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ދެން އޮތީ މުދައްރިސުން ކުލާހުގައި ކިޔަވައިދެއްވާ ގޮތާބެހޭ ގޮތުން ގްރޭޑް 10 ސީގެ ދަރިވަރުން ތައްޔާރު ކޮށްފައިވާ އައިޓަމްތަކެއް ހުށަހެޅުމެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ކޭކުފެޅުމުގެ ރަސްމިއްޔާތު… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ދުވަހުގެ މުނާސަބަތާ ގުޅިގެން ކޭކު ފެޅުން ބޭއްވުނީ މިއަދު ހެނދުނު 9 ޖެހިއިރު އެވެ. ކޭކުފަޅުއްވައިދެއްވީ ސާނަވީ މުދައްރިސުންގެ ތެރެއިން އެންމެ ގިނަދުވަހު މަސައްކަތް ކުރެއްވި އެކައުންޓް މުދައްރިސް ސިރިނިވާސަން އާއި އެންމެފަހުން ސްކޫލާ ގުޅިވަޑައިގެންނެވި އިންގްލިޝް ލިޓްރޭޗަރ އަދި އިންގްލިޝް ކޮމިޔުނިކޭޝަން ސްކިލްސްގެ މުދައްރިސް ރަންޖިތުއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *