ބުރާސްފަތި, 24 އޭޕްރިލް 2025

އަޙްމަދިއްޔާ ގްރޭޑް 11 ގެ ބެލެނިވެރިންނަށް އޮރިއެންޓޭޝަން ބާއްވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރުންގެ ބެލެނިވެރިންނަށް އޮރިއެންޓޭޝަން ރޭ ބާއްވައިފިއެވެ. ރޭގެ ބައްދަލުވުމުގައި ބެލެނިވެރިންނާ މުޚާޠަބު ކޮށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، ގަވާޢިދުން ދަރިވަރުން ސްކޫލަށް ފޮނުއްވުމަށެވެ. އެއީ ގްރޭޑް 11 ގައިވެސް އެކުދިން އޭއެސް ލެވެލް ފެންވަރުގެ އިމްތިހާނެއް ހަދާނެކަމާއި ގްރޭޑް 12 ގައި ފައިނަލް އިމްތިހާން ހަދާނެތީކަމުގައެވެ. އެހެންކަމުން ގްރޭޑް 11 އަކީވެސް ވަރަށް މުހިއްމު މަރުހަލާއެއްކަމާއި ގްރޭޑް 12 އަކީވެސް ވަރަށް މުހިއްމު މަރުހަލާއެއް ކަމުގައެވެ. އެހެންކަމުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި  ބެލެނިވެރިން ކޮށްދެއްވަންވީ ކަމަކީ ދަރިވަރުން ބަރާބަރަށް ގަވާޢިދުން ސްކޫލަށް ފޮނުއްވައިދެއްވުން ކަމުގައެވެ.

" ކޮންމެ އަހަރަކީވެސް ދަރިވަރުންގެ އިމްތިހާނުތަކުގެ ނަތީޖާ ތަކާ ދޭތެރޭ ތިޔަބޭފުޅުން ފިކުރު ހިންގަވައި ދަރިވަރަކު ވަކި މާއްދާއަކުން ދަށް ވަމުން ދާކަމަށް ވަންޏާ މިމާއްދާއެއްގެ ޓީޗަރުންނާ ބައްދަލު ކުރައްވާ އެމާއްދާއަކުން ދަށްވަނީ ކީއްވެގެންތޯ ކޮބައިތޯ އިތުރު އެހީ ބޭނުންވޭތޯ، މީހަގީގަތުގައި އޭލެވެލަށް ކިޔަވަމުންދާއިރުގައި ބެލެނިވެރިން ސަމާލުކަން ދެއްވަންވީ ކަމަކީ." ޕްރިންސިޕަލް ވިދާޅުވިއެވެ.

ގްރޭޑް 11 ގެ ބެލެނިވެރިންނަށް ބޭއްވި އޮރިއެންޓޭޝަން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ރޭ ސްކޫލްގެ ހޯލްގައި ބޭއްވި މި އޮރިއެންޓޭޝަންގައި ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ތަޢާރަފްކޮށް އެރުވުމާއި، އޭލެވްލްއަށް ކިޔަވާ ދަރިވަރުންނަށް އަޙްމަދިއްޔާގައި ހުރި ފުރުޞަތުތަކާ ބެހޭ މައުލޫމާތު ދީފައިވެއެވެ. މިމަޢުލޫމާތުތައް ދެއްވީ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙެވެ. އަދި މީގެ އިތުރުން ސްކޫލްގެ އާންމު ގަވާޢިދުތައް ބެލެނިވެރިންނަށް އޮޅިންފިލުވައި ދެއްވިއެވެ. އަދި ހަމައެހެންމެ އަހްމަދިއްޔާގެ އޭލެވަލްގައި ކިޔަވާ ދަރިވަރުންގެ ކިބައިން އުއްމީދު ކުރާ ކަންތައްތަކަކީ ކޮބައިކަން ބެލެނިވެރިންނާއި ހިއްސާކޮށްފައިވެއެވެ.

ގްރޭޑް 10ނިންމާ ދަރިވަރުން ބައިވެރިވާ އޯލެވެލް އިމްތިހާނުތަކާ ޚިލާފަށް އޭލެވެލް އިމްތިހާނުތަކަކީ ވަކި ވަކި ޔުނިޓްތަކުން އިމްތިހާނުތަކުގައި ބައިވެރިވެވޭގޮތަށް އޮންނަ އިމްތިހާނުތަކެކެވެ. އެހެންކަމުން އޭލެވެލްގެ ޕޭޕަރުތައް އޮންނަ ގޮތާއި މި އިމްތިހާނުތަކާ ބެހޭ މައުލޫމާތާއި އިމްތިހާނު އޮންނަ ތާރީޚުތައްވެސް މިރޭގެ އޮރިއެންޓޭޝަންގައި ބެލެނިވެރިންނާ ހިއްސާކޮށްފައިވެއެވެ. މީގެތެރޭގައި މާއްދާތަކަށް ފީ ދައްކަން ޖެހޭ ދަރިވަރުންނަށް އެކަން އޮންނާނެ ގޮތުގެ މަޢުލޫމާތުވެސް ދެއްވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *