އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ހިންގައިފިއެވެ. އެންމެ ފުރަތަމަ ބޭއްވުނީ ހޭންޑުބޯލް މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރީ ޕްރީ ސްކޫލްގެ ޓީޗަރުންނާއި ޕްރައިމަރީ ޓީޗަރުންނެވެ. ކޮންމެ ބަޔަކުންވެސް ހަތަރު ޓީމު ވާދަކުރިއެވެ. ފައިނަލްގައި ޕްރީސްކޫލު ޓީޗަރުންނާއި ވާދަކޮށް ޕްރައިމަރީ ޓީޗަރުން ކާމިޔާބުކުރިއެވެ. ހޭންޑުބޯލް މުބާރާތުގެ ޗެމްޕިއަންސް ޓީމަކަށް ޕްރިމަރީ ޓީޗަރުންގެ ޓީމުހޮވުނެވެ.

ރޭ ބޭއްވުނު ކެއްކުމުގެ މުބާރާތުގައި ވާދަކުރީ ޕްރީ ސްކޫލުބައިން ދެ ޓީމާއި ޕްރައިމަރީ ބައިން ދެޓީމެވެ. ޕްރައިމަރީ ބައިން ވާދަކުރީ ބިދޭސި ޓީޗަރުންގެ ޓީމަކާއި ދިވެހި ޓީޗަރުންގެ ޓީމެކެވެ. އަދި މި މުބާރާތައް އިންސާފުކޮށްދިނުމަށްޓަކައި ބޭރުން ތިން ފަނޑިޔާރުން ވެސް ގެނެވުނެވެ. މި މުބާރާތް އިފްތިތާޙުކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. އަދި މީގެ އިތުރުން ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އައިޝަތު ސީތާ ވެސް ބައިވެރިވެވަޑައިގަތެވެ.

ފަނޑިޔާރުންގެ ކުރިމަތީގައި މުބާރާތުގައި ބައިވެރިވި ހަތަރު ޓީމުގެ ކެއްކުން ކުރިއަށް ގެންދިޔައީ ވަރަށް ޖޯޝާ ފޯރިއާއެކުއެވެ. ކެއްކުމުގެ ވަގުތު ތަކުގައި ވެސް ފަނޑިޔާރުންގެ ޓީމުން އެކި ސްޓޭޝަން ތަކަށް ޒިޔާރަތްކޮށް ވަރަށް ގާތުން ބަލަމުން ގެންދިޔައެވެ. ކެއްކުމަށްޓަކައި 3 ގަޑިއިރުގެ ވަގުތު ވަނީ ކޮންމެ ޓީމަކަށް ވެސް ދީފައެވެ. އެކިއެކި ނަންނަމުގައި ޓީމުތަކަށް ވަނީ ނަންދީފައެވެ.

ރޭގެ މި ކެއްކުމުގެ މުބާރާތުގެ ނަތީޖާ ވަގުތުން އިޢުލާން ކުރެވުނެވެ. މުޅިމުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދީ ޕްރައިމަރީ ބައިން ބައިވެރިވި ދިވެހި ޓީޗަރުންގެ ޓީމު "ރަނިންގެ ސުފުރާ" ޓީމެވެ. ދެވަނަ ބިދޭސީ ޓީޗަރުންގެ ޓީމު " ކްކިންގ އިޒު ފަން" ޓީމެވެ. ތިންވަނަ އަށް ގޮސްފައިވަނީ ދެ ޓީމެވެ. އެއީ ޕްރީ ސްކޫލުބައިން ބައިވެރިވި ދެ ޓީމެވެ.

މި މުބާރާތުގައި ބައިވެރި ވި ޓީޗަރުން ހާމަކޮށްދިނީ ހަމައެކަނި އެނގެނީ ކްލާސްރޫމުތަކުގައި ދަރިވަރުން ގޮވައިގެން އުޅެން އެކަނި ނޫންކަމެވެ. ކޮންމެ މައިދާނެއްގައި ވެސް މިއީ ކާމިޔާބު ބައެއްކަމެވެ.