މަތީ ސާނަވީ ކުދިންގެ އަންބާ ޝޯވއަށް ވަރަށްބޮޑު ތަރުހީބެއް

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ކުދިންގެ ޓެލެންޓް ޝޯވ " އަންބާ" މިއަދު ހަވީރު ސްކޫލް މާލަމުގައި ބާއްވައިފިއެވެ. މިޝޯވ އަކީ ގައުމީދުވަހުގެ މުނާސަބަތުގައި ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އުފައްދައި ކުދިންގެ ހުނަރުތައް ދައްކާލުމަށް ގައުމީ ދުވަސް ތީމެއްގެ ގޮތުގައި ނަގައިގެން ބޭއްވި ޓެލެންޓް ޝޯވ އެކެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވިދާޅުވީ، މި ޓެލެންޓް ޝޯވއަށް ހީވެސް ނުކުރާވަރުގެ ތަރުހީބެއް ލިބުނު ކަމުގައެވެ.  އައިޓަމްތަކުގައި ގްރޭޑް 11ގެ 100 އެއްހާ ކުދިން ބައިވެރިވި ކަމާއި މިޝޯވގެ އައިޓަމްތައް ބެލުމަށް ވަރަށް ގިނަ އަދަދެއްގެ ކުދިންވެސް ހާޒިރުވި ކަމުގައެވެ.

އަންބާ ޝޯވ ގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އަންބާ ޝޯވ ގައި ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އުފައްދައިދޭ ކަހަލަ ލަވައާއި ނެށުމާއި މަދަހަ އާއި ބަންޖާއި ރައިވަރާއި ގައުމީ ޑްރާމާއާއި ބޮޑުބެރު ފަދަ ވަރަށް ގިނަ އައިޓަމްތައް ހިމެނުނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *