އަޙްމަދިއްޔާއަކީ މަސައްކަތް ކޮށްގެން ނަތީޖާ ޙާޞިލްކުރާ ސްކޫލެއް. ޕްރިންސިޕަލް

އަޙްމަދިއްޔާއަކީ މަސައްކަތް ކޮށްގެން ނަތީޖާ ޙާޞިލްކުރާ ސްކޫލެއް ކަމުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. އަޙްމަދިއްޔާގެ މުދައްރިސުންނާއި މުއައްޒަފުންނަށް މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ އަޙްމަދިއްޔާއިން ބޭނުންވަނީ އަހްމަދިއްޔާގެ ކުދިން މުޖުތަމަޢަށް ނުކުންނައިރު އެކުދިންނަކީ، ބޭނުންހިފޭ ރަނގަޅު ކުދިންނަށް ހަދަން ކަމުގައެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރޭބޭއްވި ހަފްލާގެ ތެރެއިން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ނިމިގެން ދިޔަ އެސްއެސްސީ އަދި އޯލެވެލް އިމްތިހާން ގެ ނަތީޖާއަށް ބަލާލިކަމުގައި ވިޔަސް އަޙްމަދިއްޔާއަށްވުރެ އެހެން ސްކޫލްތަކުގެ ނަތީޖާ އުޅެނީ މާ ފަހަތުގައި ކަމުގައިވެސް ވިދާޅުވިއެވެ. އަދި އެކާމިޔާބީތަކުގެ ތަފްސީލްތައްވެސް ޕްރިންސިޕަލް ދެއްވިއެވެ. ދާދިފަހުން ނަތީޖާ ލިބުނު ހަޔަރ ސެކަންޑަރީ ސްކޫލް ސެޓިފިކެޓް (އެޗް.އެސް.ސީ) އިމްތިހާންގައިވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި އެއް ސްކޫލަކީވެސް އަޙްމަދިއްޔާކަން ފާހަގަ ކުރެއްވިއެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި އޮންލައިންކޮށް ކުލާސްތައް ކުރިއަށް ގެންދިޔައިރު އެންމެ ރަނގަޅަށް އެންމެ ފުރިހަމައަށް ކުލާސްތައް ކުރިއަށް ގެންދިޔަ ސްކޫލަކީވެސް އަހްމަދިއްޔާކަން ފާހަގަކޮށް އެންމެހާ މުދައްރިސުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރޭބޭއްވި ހަފްލާގެ ތެރެއިން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

"މިއަދު އަޙްމަދިއްޔާގެ ހުރިހާވެސް ވާރިސުންނަކީ އަހްމަދިއްޔާގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުން. އެހެންވީމާ ތިބޭފުޅުން މިސްކޫލަށްޓަކައި ތިޔަ ކުރައްވަމުން ގެންދަވާ ގުރުބާނީ އަޅުގަނޑު ހަމަ ވަރަށް އުފަލާއެކީގައި ފާހަގަކޮށް އެންމެހާ ބޭފުޅުންނަށް، މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ޓީޗަރުންނާއި އިދާރީ މުވައްޒިފުންނާއި އަދި އަޙްމަދިއްޔާއަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި އެންމެހާ ބޭފުޅުންނަށް ފަށްފަށްކޮށް ޝުކުރު ދަންނަވަން." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލްގެ ވާހަކަފުޅަށްފަހު އޮތީ ޕްރީސްކޫލް ޕްރައިމަރީ، ސާނަވީ އަދި މަތީސާނަވީ އިދާރީ މުއައްޒަފުންގެ ގްރޫޕް ފޮޓޯ ނެގުމެވެ. އެއަށްފަހު ޚާއްޞަފަރިއްކޮޅަށް އިންސާފުކުރެވެމުން ދިޔައެވެ. ފަރިއްކޮޅުގެ ވަގުތުގައި މުނިފޫހިފިލުވުމުގެ އައިޓަމްތަކެއް ކުރިއަށް ގެންދެވުނެވެ. އެގޮތުން ޕްރީސްކޫލް ޕްރައިމަރީ، ސާނަވީ އަދި މަތީސާނަވީ މުދައްރިސުންގެ ލަވައާއި އައިޓަމްތައް ހުށަހެޅުން ހިމެނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *