އެކައުންޓިންގ އިން މުޅި ދުނިޔޭގެ 1 ވަނަ ހޯދި އާދަމް އަނޫސަށް ރައީސް އެވޯޑް ހަވާލުކޮށްދެއްވަނީ

އޭލެވެލް ގަދަ 10 ގައި އަޙްމަދިއްޔާގެ 32 ދަރިވަރުން

2019 ވަނަ އަހަރުގެ އޭލެވެލް އިމްތިހާން ގެ ގަދަ 10 ގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 32 ދަރިވަރުން ހިމެނިއްޖެއެވެ. އެ ދަރިވަރުންނަށް އެވޯޑު ދިނީ، ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. ރާއްޖެ އާއި ދުނިޔެ އިން އެއްވަނައިގައި ހިމެނުނު ދަރިވަރުންނަށް މެޑަލް އާއި އެވޯޑު ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އޭލެވެލް ގަދަ 10 އަށްދިޔަ އަޙްމަދިއްޔާ ދަރިވަރަކަށް ނާއިބު ރައީސް ފައިޞަލް ނަސީމް އެވޯޑް ހަވާލުކޮށް ދެއްވަނީ.. ފޮޓޯ: މިހާރު

 

ރާއްޖޭގެ ގަދަ 10 ގައި އަޙްމަދިއްޔާގެ 32 ދަރިވަރުން ހިމެނުނު އިރު އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 އަށް އަޙްމަދިއްޔާގެ 6 ދަރިވަރަކުވަނީ ހޮވިފައެވެ. އެއީ އާދަމް އަނޫސް 12 އެލް (އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ )،  އަޙްމަދު މިޞްބާހު ޢަލީ 12 އެލް (އެކައުންޓިންގ އިން މުޅި ދުނިޔެއިން 2 ވަނަ )، ޢައިޝަތު ނިޝްމާ ޙަސަން 12އެޗް (އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 3 ވަނަ )، ޢައިޝަތު ހަމްނާ ޢުމަރު 12އެޗް (އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 5 ވަނަ)،  ޢައިޝަތު ރީޝާ 12އެޗް (އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 6 ވަނަ)، އަދި މަރިޔަމް އިޝްރާ ރަމީޒު 12ޖޭ (ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 6 ވަނަ)އެވެ.

އޭލެވެލް ގަދަ 10 އަށްދިޔަ އަޙްމަދިއްޔާ ދަރިވަރަކަށް ނާއިބު ރައީސް ފައިޞަލް ނަސީމް އެވޯޑް ހަވާލުކޮށް ދެއްވަނީ.. ފޮޓޯ: މިހާރު

މީގެ ތެރެއިން އާދަމް އަނޫސް ވަނީ އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ ހޯދުމުގެ އިތުރަށް މުޅި ރާއްޖެއިންވެސް 1 ވަނަ ހޯދާފައެވެ. އަދި މަރިޔަމް މާވީން މުޞްޠަފާ ވަނީ މުޅިރާއްޖެއިން  ދިވެހިން 1 ވަނަ ހޯދާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *